އުމަރު ނަސީރު، އާންމުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ: މިހާރު
25 ޖުލައި 2019 - 00:21
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ތަމަޅަ ޓައިގަރުން އަރައި އުދުވާނީ ހަމަލާ ދިން ދުވަހު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ވަރުގަދަ ލީޑަރެއްގެ ސިފަތައް ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ތައުރީފް ކުރައްވައިފި އެވެ.
ސަލްސާ ރެސްޓޯރަންޓުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި ގޮތުގައި އެ ދުވަހު މައުމޫން އަމަލު ކުރެއްވީ ވަރަށް ހިކުމަތްތެރިކަމާއެކުގަ އެވެ. ދިވެހިން ސަލާމަތް ކުރަން އިންޑިއާ ސިފައިންނަށް ދައުވަތު ދީ އެ މީހުން ރާއްޖެ ގެނެސް، އަދި އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ވަރަށް ހިކުމަތްތެރިކަމާއެކު ނޫނީ އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ތަމަޅަ ޓައިގަރުން، ކޮންމެ ވަގުތެއްގައި ވެސް މައުމޫން ހޯދައި ގައިކޮޅުގައި ބަޑި ޖައްސައިގެން ސިފައިންގެއަށް ގެންގޮސްދާނެ ކަމުގެ ބިރު އެ މަނިކުފާނަށް އޮތް ކަމަށެވެ. އެކަމަކު ސިފައިންގެއަށް ގުޅާފައި އެ މަނިކުފާނު އެންގެވީ އަތުލައިގެން، ސިފައިންގެ ކުރިމައްޗަށް ގެންގޮސް އަވަހާރަކޮށްލިޔަސް އެތަނުގެ ގޭޓު ނުހުޅުވަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައްލަވާ، މިއީ އަޅުގަނޑުމެންގެ ލީޑަރުންނަކީ. ކިހާ ވަރުގަދަ އިންސްޓްރަކްޝަނެއްތޯ މި ދެއްވަނީ. މަރާލިޔަސް ގޭޓު ނުހުޅުވައްޗޭ. ތިމަންނަގެ އަނގައިން ބުންޏަސް ގޭޓު ނުހުޅުވައްޗޭ، މިހިރީ ލީޑަރުންގެ ގައިގާ ހުންނަ ފަންވަރާއި ޖޯޝް،" މައުމޫނާއެކު ކުުރިން ޕީޕީއެމްގައި އުޅުއްވައި އަދި އޭރު އެ މަނިކުފާނަށް ލަފާ ދޭ ކޮމެޓީގެ މެމްބަރުކަން ވެސް ކުރެއްވި އުމަރު ވިދާޅުވި އެވެ.
އުމަރު އިސްކޮށް ހުންނަވައިގެން މިރޭ ޖަލްސާއެއް ބޭއްވީ ނޮވެމްބަރު 3ގެ އެއް މޭސްތިރިޔާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށެވެ. ކުރިން އޭނާ ޖަލްސާ ބޭއްވުމަށް ނިންމެވީ ކާނިވާ ސަރަހައްދުގައި ނަމަވެސް ފަހުން އެ ހަރަކާތް ރެސްޓޯރަންޓަކަށް ބަދަލު ކުރީ އެވެ.
އުމަރުގެ މި ޖަލްސާގައި ބައިވެރިވީ ވަރަށް މަދު ބައެކެވެ. އަދި އިދިކޮޅު ސިޔާސީ އެއްވެސް އިސް މީހަކު އެތަނަކުން ނުފެނެ އެވެ. އުމަރާއި ޖަލްސާގައި ބައިވެރިވި ބައެއް މީހުން ތިބީ ސިފައިން ލާ ކަހަލަ، ކެމަފްލާޖް ޓީޝާޓެއްގަ އެވެ.
މިރޭގެ ޖަލްސާގައި އުމަރު ވަނީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ގެންގުޅެފައިވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލުތުފީ އެތަނުގައި ހުރީ ލަންކާގެ މަސްރަހު ހޫނުވެފައި ވުމުން މަޖުބޫރު ވެގެންނެވެ. އަދި އެކަން ނިމި، މަސްރަހު ފިނިވުމާއެކު ލުތުފީ ދޫކޮށްލީސް ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނެސް، ޖަލަށް އަނބުރާ ގެންދިޔަ ނަމަވެސް އެތަނުގައި މާގިނަ ދުވަހު ނުބަހައްޓައި ގެއަށް ދޫކޮށްލާނެ އެވެ.
ބާޣީ ލުތުފީގެ ނަމުން މަޝްހޫރުވެފައިވާ ލުތުފީ ފިލައިގެން ސްރީ ލަންކާގައި އުޅުނުތާ ނުވަ އަހަރު ފަހުން، މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ވަނީ ލަންކާގެ އެމްބަސީ އަށް ގޮސް އަމާން ދީފަ އެވެ. އެކަމަކު، އެ ވާހަކަތައް ސަރުކާރުން ހާމަނުކޮށް، ފޮރުވައިގެން އުޅެނިކޮށް އެކަން ފަޅާ އަރުވާލީ އުމަރެވެ. ލުތުފީ ރާއްޖެ ގެނެސް، ޖަލަށް ގެންދިއުމަކީ ކާމިޔާބީއެއްގެ ގޮތުގައި އުމަރު ސިފަ ކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލިވަހިީދު
25 July 2019
ލުތުފީ މިހާރު އެހެރީ ގެނެސް ޖަލުގައި. ކަލޭމެން ވެރިކަމުގައި ތިބި އިރު އެކަމެއް ނުވި. ދެންކޮން ހާސަރެއް ދަމާކަށް. ލުތުފީ ލުތުފީ ކިޔައިގެން ތިއުޅެނީ ހިތުން އަމިއްލައަށް މެޑަލް ޖަހަންވެގެން. އެއަށްވުރެ މާރަނގަޅެއްނު ތަޅައި ރޯނާކޮށް ނުކުޅެދޭ މީހަކަށް ހެދި މީހާގެ ވާހަކަ ދައްކައި އޭނާގެ ހިތްހަލާސް ހޯދިއްޔާ. އޭރުން އާޚިރަތުގައިވެސް އޭގެން މަންފާއެއް ކޮށްފާނެ.
ޝޮކްތެރަޕީ
25 July 2019
ރައްޖެއަ އިންޑިޔާ ސިފައިން ގެންނަން ޖެހޭވަރުގެ ކަމެއްނުންމީ. މިކަމުގެ ސަބަބުން އިންޑިޔާ އެދަނީ ފައިދާ ނަގަމުން. ރައްޖެއަކީ ފަހުރުވެރި ބަތަލުން ތިބި ޤައުމެ. މުސްސަދި ޤައުމެ. ދިވެހި ރާއްޖެ ބަލަހައްޑާނީ ހަމަ ދިވެހިން.
މަގޭ ޚިޔާލު
25 July 2019
ފައިސާއާއި ނުފޫޒާނުލާ ނަސީދަށް އުމަރަށް ވާވަރުވެސް ނުވާނެ.. އުމަރު ފަހަތުގައި ތިބީ އިޚުލާސްތެރިން. ނަސީދު ފަހަތުގައި އުޅެނީ މަގާމާއި ފައިސާގެ ކޮންމެވެސް މިންވަރެއް ލިބޭތޯ އުޅޭބަޔަކު.. މިބުނީ ތެދެއްކަން ފެންނާނެ ނަސީދުގެ އާރާއި ބާރު ފޮހެވޭ ދުވަހަކުން.. މައުމޫނަށް ޖެހިފައި ހުރި ހާލުން އިބުރަތެއް ހާސިލު ކުރަމާތޯ؟
ސީސީސީ
25 July 2019
ޢުމަރާ ތިވެސް ޖަލްސާއެއް ؟
ބަނާނާ ސަރުކާރު
25 July 2019
3ނޮވެމްބަރުގެ ހަމަލާ އަށްފަހު މައުމޫނު އަމަލުކުރީ ދިވެހި ރައްޔިތުން ބޭނުންވިގޮތަކަށްނޫން. އަދި އިސްލާމީ ގައުމެއްގަ ހުކުމް ތަންފީޒުކުރަން އޮންނަގޮތަކަށްވެސްނޫން.. ހާކިމާއަށްވެސް ލިބިގެން ނުވާ ބާރުތަކެވޭ އެހައްގުތަކަށް މައުމޫނު ބާރުފޯރުވީ މިއީ މައުމޫނުގެ ނުފޫޒުން ކުރިކަމެ 3ނޮވެމްބަރުގަ ޝަހީދުންގެ އާއިލާއަށް ގިސޯސް ހިފުމުގެ ފުރުސަތެނުދޭ. އަނެއްކޮޅުން ދިވެހި ގައުމަށްލިބުނު މިފަދަ ބޮޑުގެއްލުމުގެ ހުކުމަކީ 25އަހަރުކަމުގަ ވެގެންނުވާނެ.
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
25 July 2019
ހަދަހާ ބޮޑު ކުރައުޑަކޭ އެތޯޕިޔާގެ ތެރެރިސްޓުން ބޭނުންކުރާ ވައްތަރުގެ ކެމަ ފުލެޖު ފާޑެއްގެ ބާފޮތިން ހެދުންލައިގެން އެއްޮތް ފެނުނު ވަރުގަދަ ކުރައުޑެއް.. ހަމަ ކޮސްވެއްޖެ... އަހާލާ ހިތްވޭ ޗަނަލް 13 ވެސް ތިޔަ ބިންދާލީ ވަރުގަދަ ރެކޯރޑެއް ހިލޭ އެއާރޓައިމުދީގެން ކަބަރުލިބޭގޮތުގައި ވަރުގަދަ ރެކޯރޑެއް،
ނަޒުނާފަޒުނާ
25 July 2019
ކޮން ދިމާލަކުން ލިބުނު ޑޮކްޓަރުކަމުގެ ފާހެއްތަ ތި ދެ ކުދިން ތި ގެންގުޅެނީ؟
މަޑޭ
25 July 2019
ބާއްވަވަންއުޅުއްވި ޖަލްސާ ބޮނޑުނަގުލަށްދިޔައީ. ޢުމަރުގެތަރި އޮއްސިއްޖެކަން އަދިވެސް ވިސްނޭކަށް ނުވޭބާ! އަނެއްކާވެސް އިސްތިހާރެއްވެލަން ބޭނުންވަނީދޯ. ވަރުއެރުވޭތޯ ބެލިދާނެއެވެ. އެކަމަކު ރައްޔިތުންނަށް ޢުމަރު އެނގިއްޖެއެވެ. ދަސްވެއްޖެއެވެ. ތިމާގެއަނގަ މިނަށްވުރެ ގަދަކޮށް ތިމާއަށްުވުރެ މޮޅުމީހަކު ނެތޭހިތާމީހާއަށްވާ ހުރިހައިގޮތެއް ޢުމަރަށާއި އަދިއެހެންކުއްޖަކަށް އެބަވެއެވެ. ފިޔަޖެހުން އެކެއްގެ ހުއްޓިއްޖެއެވެ. އަނެކާގެ ހުއްޓެންއުޅޭ ކަހަލައެވެ.
މިޝްކާ
25 July 2019
މައުމޫނަކީ ދިވެހި ރާއްޖޭ މިދެކޭ ތަރައްޤީގެ ބާނީ، ޕްލީޒް ހަޖަމް
ކަރެކްޝަން
25 July 2019
ތަރައްގީ އެންމެ ސްލޯކޮށް ގެނުވި ބާނީ. އެކަމުވެސް އެންމެ ރަގަޅު ވެރިކަމެއް ކުރެއްވި ބޭފުޅާ.
1.5 މިލިޔަން
25 July 2019
3 ނޮވެމްބަރުގެ ހާއިނުންގެ މައްޗަށް ( މައުމޫން ) ހުކުމް ތަންފީޒް ކުރިނަމަ މިއަދު މީވާހަކަ ދައްކާކަށް ނުޖެހުނީސް . އހ
އުސްތާޛު ސޮބާ
25 July 2019
މައުމޫނު ވަނީ އޭނާގެ ވާޖިބު އަދާކޮށްފައި، ޚާއިނުން މަރަން ހުކުމް ކުރުމުން އެހުކުން ޖަލަށް ބަދަލުކޮށްފައި އެހެންވީމާ މިއަދުގެ ވެރިން އެހުކުން ތަންފީޒުކޮށްދިނީމާ އެވީ
ފުޓްލޫސް
25 July 2019
ދެރައީ ނޮވެމްބަރ 3 ވެސް ސިޔާސީ ކުރާތީ. މީއީ ދެ ބަހެއް ނެތި ހުރިހާ ދިވެހީން އެއްބަސްވާން ޖެހޭ އަމަލެއް. ގައުމުގެ މިނިވަންކަން ކުޑަ ވަޤުތުކޮޅަކަށް ގެއްލިގެން ދިޔަ ދުވަހެއް. އަހަރެމެން އެކަކުވެސް މިގޮތަށް ވާން ނޭދޭނެ.
ސޫލާސިރާޒު
25 July 2019
މައުމޫނުމެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ، ވެރިކަމުގައި ހުރެ ގައުމު އެއްކޮށް މަސްތުވާތަކެއްޗަށް ހުސްކޮށްލީމާ އަދި ޖައްވަށް ހަވަޔަށް ފަޒާޔަށް ބަޑިޖެހީމާ ދެން އެނެމެނަށްވެސް އެގޭނެ ތިނެއް ނޮވެންބަރަކީވެސް ސިޔާސީ ކަންކަމާ މުޅިން އެކަހެރިވެފައިވާކަމެއް ނޫންކަން
ހުސް ވަގުން
25 July 2019
މިހާރު ކޮން ނޮވެމްބަރު 3 ތޯ....