ދ. ވާނީގައި ފުލުހުންގެ ތަމްރީން ހަދަމުން ދަނިކޮށް ގެނބިގެން މިއަދު މަރުވި ޅ. ނައިފަރު އާރާސްތުގޭ އަބްދުލް ބާސިތު.
25 ޖުލައި 2019 - 13:57
ދ. ވާނީގައި ފުލުހުންގެ ތަމްރީން ހަދަމުން ދިޔަ، އުމުރުން 19 އަހަރުގެ ޒުވާނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މަރުވީ ޅ. ނައިފަރު އާރާސްތުގޭ އަބްދުލް ބާސިތު އެވެ.
ފުލުހުން ބުނީ ފުލުހުންގެ ރެކްރޫޓް ޓްރެއިނިންގެ ސްވިމިން ސެޝަނެއްގައި ހިނގި ހާދިސާއެއްގައި 19 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެކަން ހިނގަން މެދުވެރިވި ސަބަބު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްގެ ހާއްސަ ޓީމަކުން މިހާރު ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުވަރު
25 July 2019
ގެނބިގެންވާނީ ޝަހީދު.އެހެންވެ އެ ފުރާނައަކީ ތާހިރު ، ރަހުމަތް ލިބިގެންވާ ފުރާނައެއްް.
ފޮގުބަ
25 July 2019
މޫދުގަޔާ ކަނޑުގަ ތަމްރީނު ފުލުހުން ތަމްރީނު ހަދަމުންދާއިރު ސަލާމަތީ ކަންކަން ނުބަލާތި ލިބޭ ހިތާމަ ސަރުކާރުން ޒިންމާނަގަން ޖެހޭނެ އެކުއްޖާގެ އާއިލާޔަށް މަރުގެ ދިޔަ ދޭންވާނެ
ޟަސީ
25 July 2019
އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން
ދޮންކޮއްކޯ
25 July 2019
އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން.. ކޮޅުނެއްކޮޅަށް ހިތާމަހުރި! އަޅެފަހެ މިމީހުން މި ހަދަނީ ކޮންފަދަ ޓްރޭނިންއެއްތަ ؟؟ މިއީ ކިތައްވަނަ ޒުވާނާ ؟؟ އެއްވެސް ޤައުމެއްގައި ފުލުހުންނަކީ ވަރުގަދަ މިލިޓަރީ ޓްރެއިނިންގް ދޭބައެއްނޫން! އެމީހުންނަކީ ތަޙްޤީްު ކުރާ ބައެއް! ރާއްޖޭގައި މިކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން! ނޫނީ ފުލުހުން އުވާލާފަ ހަމަ އެކަނި ސިފައިން ތިބޭ ގޮތަށް ހަދާ! މިކަހަލަ ތަމްރީނުގެ ކަންތައް ބޮޑަށް އެނގޭނީވެސް ސިފައިންނަށް!
ހުތާ
25 July 2019
ތަހިގީގު ކުރަންޖެހޭ
ސަނަޙު
25 July 2019
މިދިޔަ އަހަރު ވެސް ޓްރައިނިންގ ހަދަމުން ދިޔަ ކުއްޖަކު ނިޔާވި. މިއީ ކަންބޮޑުވާކަމެއް. ޓްރެއިނިން ގެ ސެފްޓީ ސްޓާންޑާރޑް ފެއިލް ވެފައިވާކަން މިއިން ދައްކައިދެނީ. ޓްރެއިނިން ގެ ނަމުގައި އިންސާނިޔަތާއި ޚިލާފު ކަންކަން ވެސް ކުރާކަން ތުންތުންމަތިން އަޑުއިވޭ.
ްލިސްއަށް
25 July 2019
މަރުވުމަށްފަހު އެބުރި ދިއުންވަނީ ﷲ ގެ ހަޟްރަތަށް.
ސަތޭކަ
25 July 2019
ސުބުޙާނަﷲ. މީހެއްގެ ޅަ ދަރިއެއް މަރުވެގެން އެދިޔައީ. ސިފައިންނާއި ފުލުހުންގެ ޓްރެއިނިންގައި މުސްލިމް އިންސާނިއްޔަތާ ޚިލާފު ކަންތައް ހިނގާ. ތިޔަ މަރުގެ މައްސަލައިގައި ދެން ބުނާނެ ފިޓްޖެހުނީއޭ.
އަދާލަތު
25 July 2019
އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. ޢާއިލާޔަށް ކެތްތެރިކަމާއި ދުޅަހެޔޮކަން ދެއްވާށި. އާމީން
އެޖެންޑާ ނަވާރަ
25 July 2019
ފުލުހުންގެ ތެރެއަށް މީހުން ނުވަންނަނީ ފުލުހުންގެ މިފަދަ ކަންކަމުގެ މިޒަމާނާ ބަލާފަ ފެންވަރު ދަށްވީމަ.. މިކަން ބަލައި ތަހުގީގުކުރަންޖެހޭ.. މިކަމުންވެސް ބުރައިގެންދާނީ ފަތަން ދަސްކޮށްދޭންގޮސް ހުރިމީހާ.. ވެރިން އުލްފަތު ފޮޅުވަނީ..