ބޯރަމް.
31 ޖުލައި 2019 - 07:24
ޔޫޓިއުބް ޗެނެލްތައް ހިންގައިގެން މުއްސަނދިވާ މީހުން ބައިވަރެވެ. އެކި ކަހަލަ ވީޑިއޯތަކުން އާންމުންގެ ސަމާލުކަން ހޯދައިގެން ބޮޑެތި ވިޔަފާރި ކުންފުނިތަކުން ސްޕޮންސާ ލިބި، ސަބްސްކްރައިބަރުންގެ އަދަދު ވެސް އުފުލިގެންދާ މީހުންގެ ތެރޭގައި މިހާރު ކުޑަކުދިން ވެސް ގިނަ އެވެ.
މިއީ އެފަދަ ކުއްޖެއްގެ ވާހަކަ އެވެ. އުމުރުން އަދި އެންމެ ހަ އަހަރެވެ. ބޯރަމްގެ ނަމުން މަޝްހޫރު ދެކުނު ކޮރެއާގެ މި އަންހެން ކުއްޖާ މިހާރު ވަނީ 9.5 ބިލިއަން ވޮން (8 މިލިއަން ޑޮލަރު) އަށް ފަސް ބުރީގެ ލަގްޒަރީ އެޕާޓްމަންޓެއް ގަނެފަ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި، ކުޅޭ އެއްޗެހި ޔޫޓިއުބްގެ ދެ ޗެނެލެއްގައި ރިވިއުކޮށްގެން މިހާރު ސަބްސްކްރައިބަރުންގެ އަދަދު 30 މިލިއަނަށް ވުރެ މަތި އަންހެން ކުއްޖާ އަގުބޮޑު އެޕާޓްމަންޓް ގަތީ ސޯލްގެ އެންމެ މަޝްހޫރު އެއް ޑިސްޓްރިކްޓް ކަމަށްވާ ގަންނަމް އިންނެވެ.
ޔޫޓިއުބް މެދުވެރިކޮށް ބޯރަމް ހޯދަމުން އަންނަ މުއްސަނދިކަމާ އެކު އޭނާގެ މިލްކިއްޔާތު ބަލަހައްޓަން ހާއްސަ ކުންފުންޏެއް ވެސް އާއިލާ އިން "ބޯރަމް ފެމިލީ" ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. ބޯރަމް އަށް ޔޫޓިއުބުން ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ އިރު، ދަރިފުޅުގެ މި މަސައްކަތް މެނޭޖް ކުރުމުގެ ފަހަތުގައި ތިބީ އޭނާގެ މައިންބަފައިންނެވެ.
ފޯބްސް އިން މިދިޔަ އަހަރު ބުނި ގޮތުގައި ޔޫޓިއުބްތައް ޗެނެލްތައް މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދާފައި ވަނީ ރަޔަންސް ޓޯއި ރިވިއުގެ ނަމުގައި ޗެނެލެއް ހިންގާ އެމެރިކާގެ 7 އަހަރުގެ ރަޔަން ކާޖީ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުއްޖާ އަށް 22 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
31 July 2019
ދިވެހިރާއްޖޭގައި އުފައްދާ ވީޑިއޯތަކާއި ލަވަތަކާއި ފިލްމުތައް މި ޖެހެނީ ކޮންމެ ވެސް ޗެނަލަކަށް "ހަދިޔާ" ކޮށްލަން. ޔޫޓިއުބަށް ލިޔަކަސް، ވިއު ކިތަންމެ ގިނަ ވިޔަކަސް ލޯ ލާރިއެއްހާ މިންވަރު ވެސް ލިބޭނެ ގޮތެއް ނެތް. މިވެސް ޤައުމެއް. ބޮޑުތަނުން ކަޓުވާލާ މީހުންނަށް ފައިސާ ކަޓުވާލެވެނިކޮށް އެ ނިމުނީ. ރައްޔިތުން ތަރައްޤީވާން ނޭދޭ "ބޭފުޅުން" މި ޤައުމުން ނައްތާލެވިގެން ނޫނީ، ހަޤީޤީ ތަރައްޤީއެއް ނުފެންނާނެ.