މުތިއާ މުރަލިތަރަން.
01 އޯގަސްޓް 2019 - 07:21
ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް މުތިއާ މުރަލިތަރަންގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން އިންޑިއާ އިން ތައްޔާރުވެއްޖެ އެވެ.
އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ އެމްއެސް ސްރިޕަތީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގައި މުތިއާގެ ރޯލް ކުޅޭނީ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އެވެ.
ޑިސެމްބަރު މަހު ޝޫޓިން ފަށާ މި ފިލްމު ޕްރޮޑިއުސްކުރަނީ ސައުތުގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީގެ ފިލްމު ކުންފުނި ސުރޭޝް ޕްރޮޑަކްޝަންސް އާއި ދާރް ފިލްމްސް ގުޅިގެންނެވެ. ރާނާ ކްރި ޓްވީޓެއްގައި ބުނީ ލަންކާގެ ކްރިކެޓް ލެޖެންޑެއްގެ ވާހަކަ ކިޔައި ދިނުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
Suresh Productions and I are proud to be associated with Dar films in telling the story of a legend thru a legendary actor. #VijaySethupathi as #MuttiahMuralidharan soon!! @SureshProdns #DAR
— Rana Daggubati (@RanaDaggubati) July 30, 2019
އިންޑިއާގެ ކުޅިވަރު ލެޖެންޑުންގެ ފިލްމުތައް ހަދައިގެން، ބެލުންތެރިންގެ ބޮޑު ތަރުހީބެއް މިހާތަނަށް ހޯދާފައިވާ އިރު، މިއީ އިންޑިއާ އިން ލަންކާގެ ކުޅިވަރު ތަރިއެއްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާ ފުރަތަމަ ފަހަރެވެ.
ލަންކާގައި އުފެދުނު އެންމެ ހުނަރުވެރި ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުތިއާ، 47، އަކީ މިހާރު ލަންކާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަނެވެ. އޭނާ ޓެސްޓް ކްރިކެޓުން ރިޓަޔާކޮށްފައި ވަނީ 2010 ގަ އެވެ.
ލަންކާގެ ކެންޑީ އަށް އުފަން މުތިއާ ވަނީ ކްރިކެޓުން ލަންކާ އަށް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައި ދީފަ އެވެ.
މުތިއާގެ ރޯލް ކުޅޭނީ ވިޖޭ ސެތުޕަތީ.
މުތިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް އިންޑިއާ އިން ހަދަން ނިންމި އިރު، އޭނާ ވަނީ އިންޑިއާގައި ބާއްވާ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގައި އިންޑިއާގެ ޓިމްތަކަކަށް ވެސް ކުރިން ކުޅެ، ބައެއް ޓީމްތަކުގައ މެންޓޯއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy