އަދީބު ފިލި ޓަގް ބޯޓު: އެ ބޯޓުގެ މައްސަލައެއް ފުލުހުން ދަނީ ބަލަމުން
06 އޯގަސްޓް 2019 - 21:25
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވަން އުޅުއްވި ޓަގު ބޯޓުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، އަދީބު މިދިޔަ ހަފުތާގައި ކަނޑުމަގުން ފިއްލަވަން މަސައްކަތްޕުޅު ކުރެއްވީ "ވާގޯ 9" ނަމަކަށް ކިޔާ ބޭރުގެ ޓަގު ބޯޓެއްގަ އެވެ. ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ އެ ބޯޓުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އަދީބު ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުންނެވެ.
ފުލުހުން މިއަދު ބުނީ އެ ޓަގު ބޯޓާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާތީ އެ ބޯޓު ރާއްޖެ އައުމުން އެ ބޯޓު ހިފަހައްޓަން ކަސްޓަމްސް އަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އެކަމަކު، އެ ބޯޓުގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މި ބޯޓާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އަދީބު ހިފެހެއްޓުމަށް ފަހު، މިހާރު ވަނީ ރާއްޖެއަށް ފޮނުވާލައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު މިހާރު ހުންނެވީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
07 August 2019
ހުރިހާވެސް މައްސަލައަކީ ތިޔަ ޓަގްބޯޓު! ޓަގްބޯޓަށް އަދަބުދޭންވާނެ!
ބާގިރު
07 August 2019
އަދީބު ފިލުވަން ޓަގުބޯޓު ވަސްވާސްދިންކަމައް ފުލުހުންގެ އިންޓެލްއަށް މައުލޫމާތު ލިބިފާވޭ
ލޮލާ
07 August 2019
އެންމެ ފަހުން ޓަގް މައްސަލައަކަށް ވެ ގޮޅިއަށް ވެސް.! ހެހެހެހެ. ފަނީ ގައި.
ކަކުނިބޯ
07 August 2019
ދެން ތިޔަބޯޓުއާދޭތަ ހެހެހެ. ތިޔައީ ޑުރާމާ
އަޙްމަދު1526
07 August 2019
އެންމެ ފަހުން ބޯޓު ކުއްވެރި ވެގެން މި ނިމުނީ!
އާދަނުބޭ
07 August 2019
މީހަމަ ޑްރާޟއެއް ކަމށް ވޯޓުޅީ ރައްޔިތުންވެސް ދެކެނީ. މިކަމަށް ފިޔަވަޅުނާޅާފިނަމަ، ފެއިލްވިކަމަށް ނިންމާނީ.
ކުޑަކަތީބް
07 August 2019
ތި މައްސަލަ ނިމޭއިރު ވާނީ އަދީބު ނިދާފަ އޮއްވާ ތަގްބޯޓްގަ ޖަހައިގަނެގެން އޭނަ ގެންދިޔައީ ކަމަށް!
މާލިމީ
07 August 2019
ތިޔަ ޓަގު ބޯޓުވަނީ ރާއްޖޭގެ އެތަށް ގާނޫނަކާއި ޙިލާފު ވެފަ. މައްސަލަ ތަހުގީގުކޮށް ބަލާފަ، ބޮޑު އަދަދަކުން ޖޫރިމަޢިނާ ކުރަންޖެހޭ. އެކަމަކު ކުރިއާލާ މައްސަލަ ބަލާކަމަށް އެންގުމުން އެ ޓަގުބޯޓެއް ދެން ރާއްޖެ އެއް ނާންނާނެ. ދިވެހި ސިފައިންނާއި ފުލުހުން ވިސްނުންތެރި ކަމާއެކު، ކޮރަ ޕްޝަނަށް ދީލާނުލާ، މައްސަލަ ނިމެންދެން ތިޔަބޯޓު ހިފަހައްޓާފައި ވާކަމަށް ހީކުރަން.
ޟޭކުސްތާން
06 August 2019
ޓަގުބޯޓު ދެން އާދޭތަ ރާއްޖެއައް ހިޔަނިވެސް ނޫވާނެ ތިހަބަރުލިބިެްޖެއްޔާ
ވާސަރީ
06 August 2019
އެންމެފަހުން ގޮޅިއަށް ދާން ޖެހޭނީ ތިޔަ ޓަގުބޯޓު ކަމަށް ވާނީ