މިދިޔަ މަހުގެ 22 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
08 އޯގަސްޓް 2019 - 21:57
ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވުމުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވި ނަމަވެސް އެގޮތަށް އަމަލުކުރައްވާފައި ނުވާކަން ހާމަވެއްޖެ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގައި، ރިލްވާން ގެއްލުވާލި މައްސަލައިގެ ހުކުމް އިސްތިއުނާފުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެ، އެކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގަތެވެ. ޖަވާބުގައި ބިޝާމް ވިދާޅުވީ އިސްތިއުފާނު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
"އެ މައްސަލައިގަ އަޅުގަނޑުމެން ވާނީ މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދިފަ. އެހެންވިޔަސް އެ މައްސަލަ އަކީ މިހާރު މަރުގެ ކޮމިޝަނުން، ޕްރެޒިޑެންޝަލް ކޮމިޝަނުން ވެސް ބައްލަވުމުން ގެންދަވާ މައްސަލައަކަށް ވާތީވެ އެއާ ގުޅިގެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް ތަފާތުވެދާނެ ކަމަށްޓަކައި، ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ބިޝާމް ވިދާޅުވި އެވެ.
ނަމަވެސް ހުކުމް އިސްތިއުނާފުކޮށްފައި ވޭތޯ ބެލުމަށް ރިލްވާންގެ އާއިލާގެ ފަރާތުން އިއްޔެ ހައި ކޯޓަށް ފޮނުވި ސިޓީގެ ޖަވާބު މިއަދު ދީފައި ވާއިރު އޭގައި ބުނެފައި ވަނީ އެ މައްސަލަ "އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދި" ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
މިއަދަކީ ރިލްވާން ގެއްލުނުތާ ފަސް އަހަރު ފުރުނު ދުވަހެވެ.
ހުކުމް އިސްތިއުނާފުކުރާނެ ކަމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޕީޖީން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވަނީ ދެއްވައިފަ އެވެ. އޭގެ ފަހުން ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ފާހަގަވެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. ކުށް ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މސްދަރު
09 August 2019
ބިސާމަށް މަގާމުދިނީ މީހުނަށް އަނިޔާކުރަންތޯ.
ޢާޒިމާ އިސްކޫރު
09 August 2019
ބިސާމު ދޮގު ހެދިޔަސް ް އޯކޭވާނެ އިބޫ އަދި ނަޝީދުއަށް
އަލިފުތު
09 August 2019
ބިސާމަކީ އިބޫ އާ އަންނި ގެ ޑީލެއް، ރައްޔަތުންނަށް އޮތް މިންވަރަކީ ހުސްއަނގަތެޅުން. އެހެންވީމަ ބޭރުކުރާށޭ ކިޔައިން އަނގަ ތަޅުވާނެ މަޖުލިހު މެންބަރުންނަށް ދަންދެން. ދިރިހުރި ޖޯކެއް
ޙަސަން މަނިކު
08 August 2019
މަޖްލިހުގައި ބިޝާމް ބުނެފައިވަނީ ރައީސް އޮފީހަށް މާގިނައިން ދާން ޖެހެނީ ، ޑްރަގް ކައުންސިލްގެ ބައްދަލުވުންތައް އޮންނާތީއޭ.. ޑްރަގް ކައުންސިލްގެ ކިތަށް ބައްދަލުވުން ފާއިތުވި 5 އަހަރުގެ ތެރޭގައި ބޭއްވުނުތޯ މިހާރު ނޫހުން ބައްލަވާ ދެއްވުން އެދެން.
އީދުކަޅުބެ
08 August 2019
މައްސަލައެއް އިސްތިއުނާފު ކުރެވެނީ ހުއްދަ ލިބިގެންތޯއެވެ؟ ބަލަ ދަށު ކޯޓުން މައްސަލަ ނިމުނުގޮތާމެދު ހިތްހަމަނުޖެހޭނަމަ، ކަނޑައެޅިފައިއޮންނަ މުއްދަތުގައި އިސްތިއުނާފުކުރެވޭނެއެވެ. އިސްތިއުނާފުނުކޮށް މުއްދަތު ފާއިތުވެފައިވަނީ މައްސަލަ ނިމުނުގޮތް ޕީޖީއަށް ރަނގަޅުވީމައެވެ. ނޫނީ މަތިން އެންގިގޮތަށް ޢަމަލުކުރީއެވެ. ދެންމިހާރު ކޮންމެހެން ދޮގުހަދާނެކަމެއްނެތެވެ. އަވަހަށް އިސްތިއުފާ ދެއްވާށެވެ.
ހަސަން
08 August 2019
އިސްތިއުނާފް ކުރުމަށް ހުށައަޅަނީ ހުކުމް ކުރިކޯޓަކަށް.
ކޮލެޖު ބޯއި
08 August 2019
ބިޝާމު ދޮގުހެދިތޯ ކަނޑައަޅަން އެބަޖެހޭ ތަހުގީގުކުރަން
ޔުނި ބޯއީ
09 August 2019
އާނ ރަނގަޅު ތަހުގީގުކޮށް ކޮމިޓީ ހަދައި ކޮމިޝަންހަދާ މޮޅު ވާހަކ ދައްކަން ތިބޭ، މިދިޔަ ސަރުކާރުން ޖަލަށްލީ އެންމެން ނަށް ޒިންމާނަގަންޖެހޭ މީހާ އަކީ މި ސަރުކާރަށް ވަކިކުރެވޭވަރު މީހަކަށް ނުވި، ދެރަވަރު ވޯޓު ލާން ގޮސް ކިޔޫގަ ހުރެވުނު މޮޔަ ހީވޭ
އައިމޮން
08 August 2019
ތި ބިސާމަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރޭނެ! ރައްޔިތުންނަކީ “ގަޅި” ބަޔެއްކަމަށް ސަރުކާރުންވެސް އަދި މަޖްލީހުންވެސް ދެކެނީ! ބިސާމަކީ ރައީސް އިބޫ އާއި މަޖްލިސް ރައީސް ނަޝީދުވެސް މާބޮޑަށް ގަޔާވާ ހިތްކިޔާ މީހެއްކަމަށް މިހާތަނަށް ޕްރޫވްކޮށްދީފަވަނީ! ނިކަމެތިންނަށް އިންސާފެއް ނުލިބޭނެ ދުވަހަކުވެސް! މިލިއަނުން ބަދަލުނަގައިދީ ޖަޒީރާ އިންސާފު ލިބޭނީ ޕާޓީއަށް މަރުދޭ ހަރަދުކުރާ މަހުޖަނުންނަށް އެކަނި! ދެރަ ނިކަމެތިން ތެޔޮލާށޯ ބުނާކަހަލަ
ބަނާނާ
09 August 2019
100ގެ ކޮމެންޓެއް. ނިންމާލިބައި އެއީ ފެންނަންއޮތް ހަގީގަތް.
ތަމީމް
08 August 2019
ބިސާމުގެ އިތުބާރު ނެތް ކަމަށް، މަޖިލީހުން ނިންމަން ޖެހޭ!
ޕުރޭ
08 August 2019
މި އޮތީ ކަނޑައެޅިގެން ދޮގު ހެދިކަން ސާބިތުވެފައި. ދެންވެސް މަޤާމުގައި ބަހައްޓަން އުޒުރެއް ހޯދާ. އިންސާފޭ ކިޔާ އަނގަހުޅުވައްޗޭ ގިނަގިނައިން. ބޯ ހަލާކު.