އަރަފާތު ބިމަށް ގަދަވަޔާއެކު ވާރޭ ވެހެނީ-- ފޮޓޯ: އަފްޒަލް
10 އޯގަސްޓް 2019 - 19:16
ހައްޖުގެ މަތިވެރި އަޅުކަމުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ތިބި އަރަފާތު ބިމަށް ވަރަށް ބޯކޮށް ވާރޭވެހި، ބައެއް ފޭލިގެތައް ވެއްޓިއްޖެ އެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ނެތެވެ.
މިވަގުތު އަރަފާތުގައި ހުރި ޕީއެސްއެމްގެ ނޫސްވެރިޔާ މުހައްމަދު އަފްޒަލް "މިހާރު" އަށް ބުނީ ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ޓެންޓްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ދިވެހިން ތިބި ޓެންޓްތަކަށް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"ސަތަރިތަކުގައި ފެންބޮޑުވެ ހަލާކުވުމުގެ ކުރިން ދިވެހިން ވަނީ އެތަންތަނުން ފެން ހިއްކާފައި. ހުރިހާ ދިވެހިން ވެސް ތިބީ ޓެންޓްތަކުގައި،" އަފްޒަލް ބުންޏެވެ.
އަރަފާތު ބިމަށް މި ގޮތަށް ވާރޭ ވެހުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ނަމަވެސް އަވި ގަދަކޮށް ދުވަހެއްގައި މޫސުން ކުއްލިއަކަށް ގޯސްވެ، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހެން ފެށީ އެވެ.
Heavy rains lash Arafat on the second day of Haj. (KT Video: Sahim Salim) https://t.co/tySZd65Yjy pic.twitter.com/cnbArToqBE
— Khaleej Times (@khaleejtimes) August 10, 2019
މައްކާއާ 12 މޭލު ދުރުގައި އޮންނަ އަރަފާތު ބިމުގައި މިއަދު އިރުއޮއްސެންދެން ހައްޖުވެރިން ތިބޭނެ އެވެ. އޭގެ ފަހުން ދަތުރު ފަށާނީ މުޒުދަލިފާއަށް ދިއުމަށެވެ. އަދި މާދަމާ ޖަމްރާއަށް ހިލަ އުކުން އޮންނާނެ އެވެ.
ސައުދީ އަރަބިއްޔާގެ ހައްޖާއި އުމުރާއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުއްފައްތާހު މަސްހަތު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ސައުދީގެ ރަސްމީ ފަރާތްތަކުގެ އެއްވެސް ޕްލޭނަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އަފްޒަލް ބުނީ އަރަފާތުން ފުރުމަށް ވާން ޖެހޭ ތައްޔާރީތައް ދިވެހިން މިހާރު އަންނަނީ ވަމުން ކަމަށެވެ.
މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް ވިއްސާރައިގެ ތޫފާނެއް މި ވަގުތު ވަނީ އައިސްފަ އެވެ. އެގޮތުން ޔޫއޭއީގެ ބައެއް ސަރަހައްދުތަކަށް ވެސް ވަރަށް ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
11 August 2019
ބަރަކާތުގެ ވާރޭ. ހޫނުކަންފިލައިގެން ގޮއްސި އިރާދުއްކުރެއްވިއްޔާ. ދިވެހި ހުރިހާ ހައްޖާޖީންނާ އަދި ހުރިހާ ހައްޖާޖީންނަށް މަބްރޫރް ހައްޖެ ދެއްވަށި. އާމީން
ޣޣ
11 August 2019
ބަރާކާތުގެ ވާރޭ. ވާރޭގެ ސަބަބުން އަރަފާތް ބިން ފިނިވެއްޖެ. ރަހުމަތެއް. ސައުދި އަރަބިއްޔާ އަކީ ހޫނުގަދަ ގައުމެއް. މިހާރު ފިނި
ޥާނުވާ
11 August 2019
ކިހިނެއް މިވަނީ؟
ޣޣ
11 August 2019
ބަރާކާތުގެ ވާރޭ. ވާރޭގެ ސަބަބުން އަރަފާތް ބިން ފިނިވެއްޖެ. ހޫނުގަދަކަން ފިލައި ގޮއްސި
11 August 2019
ބަރަކާތުގެ ވާރޭ. އަރަފާތް ބިމުގެ ހޫނުކަން ފިލައިގެން ގޮއްސި އިރާދުކުރެއްވިއްޔާ. ސައުދި އަރަބިއްޔާ އަކީ ހޫނު ގައުމެއް
ސަލީމް
10 August 2019
އަލްޙަމްދުލިﷲ