އަތަމާ އަބްދުއްލަތީފް: އޭނާ މިއަދު ވަނީ އަވަހާރަވެފައި
29 ޖުލައި 2024 - 14:50
ދިވެހިން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދެއްވި އަބްދުއްލަތީފް ހުސައިން (އަތަމާ އަބްދުއްލަތީފް) އަވަހާރަވެއްޖެ އެވެ.
އަތަމާ އަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.
އަތަމާ އަބްދުއްލަތީފަކީ ރާއްޖޭގައި ހައްޖަށް ދިވެހިން ގެންދިއުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެއްވި ދެއްވި ބޭފުޅެކެވެ. އަތަމާ ހައްޖު ގްރޫޕްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން އޭނާގެ ބެއްލެވުމުގެ ދަށުން ހައްޖު ގްރޫޕެއް ވެސް ހިންގެވި އެވެ.
އަބްދުއްލަތީފްގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން 1991 ވަނަ އަހަރު ހާއްސަ ހިދުމަތުގެ ދާއިރާއިން ދައުލަތުން އިނާމު ވެސް ދެއްވި އެވެ.
މީގެ އިތުރުން އެހެން ބައެއް ވިޔަފާރިތަކުގައި ވެސް އަބްދުއްލަތީފް ހަރަކާތްތެރިވެ ވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބްލާ2024
30 July 2024
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މެން
29 July 2024
އަތަމާ އަބްދުލްލަތީފް އަފަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވާ، ފާފަ ފުއްސަވާންދޭވެ.
ބުޅާގޯނި
29 July 2024
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
48343
29 July 2024
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ރަދީފްއޮފިޝަލް
29 July 2024
ހެޔޮ ރަހްމަތް ލައްވާށި.އާމީން
ހާމިދު ޝާހިދު
29 July 2024
އަތަމާ އަބްދުލްލަތީފް އަފަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވާ، ފާފަ ފުއްސަވާންދޭވެ.
ކަލީމް
29 July 2024
އަތްފޯރާ އަގެެއްގައި ދިވެހިން ހައްޖަށް ގެންގޮސްދެއްވި ބޭކަލެއް. މާތް ﷲ ހެޔޮ ރަހުމަތް ލައްވާށި