ދުނިޔެ / ޕާކިސްތާން

ދަރިފުޅު މަރާލި ކަމަށް ބައްޕަ އިންކާރުކޮށްފި

ސާމިއާގެ ބައްޕަ (ވ) އަދި ކުރީގެ ފިރިމީހާ ޗައުދަރީ މޫނު ނިވާކޮށްގެން ކޯޓަށް ހާޒިރު ކުރަނީ.

18 ސެޕްޓެމްބަރ 2016 - 07:56

ޕަންޖާބު (ސެޕްޓެމްބަރު 18) - ޕާކިސްތާނުގައި މިދިޔަ ޖުލައި މަހު އަންހެން ކުއްޖަކު މަރާލި ކަމުގެ ކުށުގައި ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަ އެ ކަމަށް އިންކާރުކޮށްފި އެވެ.

އާއިލާ އިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރާ ސާމިއާ ޝާހިދުގެ ބައްޕަ ޗައުދަރީ މުހައްމަދު ޝާހިދު ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ބީބީސީ އަށް ބުނީ އޭނާ ދަރިފުޅު ނުމަރާ ކަމަށެވެ. ސާމިއާ މަރާލުމުގެ ތުހުމަތުގައި އޭނާގެ ކުރީގެ ފިރިމީހާ ޗައުދަރީ މުހައްމަދު ޝަކީލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ ބްރެޑްފޯޑުގައި ދިރިއުޅޭ ސާމިއާ ޝާހިދު، 28، ޕަންޖާބަށް ޖުލައި މަހު ދިޔައީ އޭނާގެ އާއިލާގެ މީހުންނާ ބައްދަލު ކުރުމަށެވެ. އިނގިރޭސި ވިލާތާއި ޕާކިސްތާނުގެ ރަށްވެހިކަން ވެސް އޮންނަ ސާމިއާގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މުޚްތާރު ކަޒަމް ތުހުމަތުކޮށްފައި ވަނީ އެކަން ކޮށްފައި ވަނީ އާއިލާގެ ތެރޭން ކަމަށެވެ.

ސާމިއާ ފުރަތަމަ ކައިވެނިކުރި ޗައުދަރީ ޝާހިދުގެ ކިބައިން ވަރި ސާބިތު ނުކޮށް އިތުރު ކައިވެންޏެއް ކޮށްފައިވާ ކަމަށް ބީބީސީ އަށް ލިބިފައިވާ ލިޔުންތަކުން އެނގެ އެވެ. އަދި ސާމިއާ ދެ ވަނަ އަށް ކައިވެނި ކުރި ކަޒުމް އަށް އެކަން ނޭނގޭ ކަމަށް ވެސް ވެ އެވެ.

އާއިލާ އިން ހަމަލާދީ ސާމިއާ ޝާހިދު މަރާލީ ޕާކިސްތާނުގައި އުޅޭ އޭނާގެ ރަހުމަތްތެރިން ކައިރިއަށް ޒިޔާރަތްކުރުމުން.

ތަހުގީގުގައި ޗައުދަރީ ޝަކީލް ވަނީ ސާމިއާ މަރާލީ ކަރުގައި ސްކާފެއް އައްސައިގެން ކަމަށް އެއްބަސްވެފަ އެވެ. ސާމިއާ މަރާލުމުގެ ކުރިން ޗައުދަރީ ޝަކީލް ވަނީ އޭނާ ރޭޕްކޮށްފައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ކުރިން ވަނީ ބުނެފަ އެވެ. ސާމިއާގެ ބައްޕަ ޗައުދަރީ މުހައްމަދު ހައްޔަރުކުރީ ސާމިއާ މަރާލުމަށް އެހީތެރިވެދީފައިވާތީ އެވެ. ޕާކިސްތާނުގައި ތިބި ސާމިއާގެ ތިމާގެ މީހުން ފުރަތަމަ ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ސާމިއާގެ ޕޯސްޓް-މޯޓަމްގެ ނަތީޖާ ދައްކާފައި ވަނީ އޭނާ މަރާލާފައި ވަނީ ކަރުގައި ހިފައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ސާމިއާ ދެ ވަނަ އަށް ކައިވެނި ކުރި ކަޒަމް ބުނެފައި ވަނީ ސާމިއާ މަރާލީ އެ ދެ މީހުންގެ ކައިވެންޏާ މެދު އާއިލާ އިން ހިތްހަމަ ނުޖެހޭތީ ކަމަށެވެ. ސާމިއާގެ ކުރީގެ ފިރިމީހާ ޗައުދަރީ ޝަކީލް ވެސް ވަނީ ކަޒަމް ކައިރިން ވަރިވެގެން އޭނާއާ ދެ ވަނަ ފަހަރަށް ކައިވެނި ކުރުމަށް ސާމިއާގެ ކިބައިން އެދިފައިވާ ކަމަށް ކަޒަމް ބުންޏެވެ.

އެކަމަކު ސާމިއާގެ ބައްޕަ މުހައްމަދު ޝާހިދު ކޯޓަށް ގެންދިޔަ މަގުމަތީގައި ބީބީސީއާ ވާހަކަ ދައްކަމުން ބުނީ އޭނާ ދަރިފުޅު މަރާލި ކަމަށް ކުރާ ތުހުމަތަކީ މުޅިން ދޮގު ކަމަށެެވެ. އަދި ދަރިފުޅު ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ބުންޏެވެ. މުހައްމަދު ޝާހިދު ވެސް ބުނީ ސާމިއާ ކުރީ އެންމެ ކައިވެންޏެއް ކަމަށާއި އެއީ ޗައުދީ ޝަކީލްއާ ކަމަށެވެ. އަދި ސާމިއާ ދެ ވަނަ ކައިވެންޏެއް ކުރި ކަމަށް ބުނެ ހަދާފައިވާ ލިޔުންތަކާއި ފޮޓޯ އަކީ ފޭކް އެއްޗެއް ކަމަށް ވެސް ބުންޏެވެ.

ސާމިއާ މަރާލުމުގެ ކުރިން އޭނާ ރޭޕްކުރި ކަމަށް ކުރާ ތުހުމަތާ ގުޅިގެން ބީބީސީން ސުވާލު ކުރުމުން މުހައްމަދު ޝާހިދު ވަނީ "ފިރިމީހާ އަށް އަނބިމީހާ ރޭޕްކުރާނީ ކިހިނެއްތޯ؟ ސުވާލު ކޮށްފަ އެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 64%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454