ވިޔަފާރި / ސ. ފޭދޫ

އައްޑޫ މެޑިސިޓީން މޯބައިލް އެޕެއް ތައާރަފުކޮށްފި

އައްޑު މެޑިސިޓީ-- ފޮޓޯ: އެއޯ ނިއުސް

އައްޑޫ ފޭދޫގައި ހިންގާ "އައްޑޫ މެޑިސިޓީ" ކްލިނިކްގެ ކަސްޓަމަރުންނަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

މި އެޕް ތައާރަފު ކޮށްދެއްވީ އިއްޔެ ބޭއްވި ރަސްމިޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދް ނިޙާދެވެ.

މިއީ، ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުންތައް ފަސޭހަކަމާ އެކު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަނުން ލިބޭނެ ހިދުމަތްތައް:

1- ޓޯކެން ނަމްބަރު ބެލުން.

2- ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެއްދުން.

3- ތަނުން ލިބޭ ހިދުމަތްތަކުގެ ތަފްސީލުތައް ހޯދުން.

4- ޑޮކްޓަރުންގެ ޝެޑިއުލް ބެލުން.

5- ވިޒިޓިން ކޮންސަލްޓޭޝަންތަކަށް އަންނަ ޑޮކްޓަރުންގެ މައުލޫމާތު ހޯދުމާއި އެޕޮއިންޓްމަންޓް ހެއްދުން.

6- ކްލިނިކްގައި ކުރިއަށް ގެންދާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ހޯދުން.

އައްޑޫ މެޑިސީޓިން ބުނީ މި އެޕްލިކޭޝަން ހަދާފައި ވަނީ އައްޑު އަކީ ބޮޑު އަތޮޅަކަށް ވެފައި، އެ ކްލިނިކުން ޚިދުމަތް ހޯދުމަށް އަތޮޅުތެރެއިން ދާ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައި އިތުރު ވަގުތު ކްލިނިކްގައި ހޭދަނުވެ، ޚިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އައްޑޫ ހުޅުމީދޫ އާއި ފުވައްމުލަކުގައި އުޅޭ މީހުންނަށް ރަށުގައި ތިބެގެން، އައްޑޫ މެޑިސިޓީގެ ޑޮކްޓަރުންގެ މައުލޫމާތު ބެލުމަށް ފަހު އެޕޮއިންޓްމަންޓް ހައްދައި، އެ ދުވަހުން އެ ދުވަހަށް ޚިދުމަތް ހޯދުމުގެ ފުރުސަތު އެޕްގެ ޒަރީއާ އިން ފަހިވާނެ ކަމަށް އެ ކްލިނިކުން ބުނެ އެވެ.

އައްޑޫ މެޑިސިޓީ އެޕް.

މީގެ އިތުރުން، އިން ހައުސް އަދި ވިޒިޓިން ޑޮކްޓަރުނަށް ސުވާލު ހުށަހަޅައި، މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް، ކްލިނިކަށް ގުޅައިގެން އެކަން ކުރެވޭނެ ކަމަށް ވެސް އައްޑޫ މެޑިސިޓީން ބުންޏެވެ.

އައްޑޫ މެޑިސިޓީގެ މި އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

6 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 8%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއްދޫ ވައްޑެ

17 August 2019

އައްޑޫ އައްޑޫ އައްޑޫ. މޯބައިލް އެޕް ރާއްޖޭގެ އެހެން ހިސާބުތަކުން ނަހަދަނީތަ؟ އައްޑޫ ވެގަނެގެން އުޅުނަސްތީބޮޑުވަރު!

The name is already taken The name is available. Register?

އައިކަން

18 August 2019

މިކަހަލަ އެޕެއް ނަހަދާތީއޭ މީތި ސަޅިވެގެން މިއުޅެނީ. ގިނަމީހުން ހަދަނީ ކުޅޭކުޅޭ އެއްޗިއްސޭ. ބުރޯ މިއެޕް ހެދީވެސް އައްޑޫ ފޭދޫ ޒުވާނެކޭ.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

16 August 2019

ޔާމީންގެ ވެރިކަންވައްޓާލުމަށާއި ސޯލިޙް ވެރިކަމަށް ގެނައުމަށް އަހަރުމެން އައްޑޫ މީހުން ވޯޓްދީފައިވާނީ ސޯލިޙްގެ ވައުދު ނާމާގެ ހުށަހެޅުމަށް ބަލާފަ. * * ރައީސް ސޯލިޙްއާއި އަހަރުމެން ބޮޑު ޢުރުބާނީއެއްވެގެން ވުޖޫދުކުރި MDP ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށްނިކުތް މުޙައްމަދު ނިހާދަށްވެސް އައްޑޫގެ ތަރައްޤީގެ ބޭނުމަށްނޫނީ އަހަރުމެން ވޯޓްދީފައިނުވާނެ. * * މަޖިލިސް މެންބަރުންނަކީ ތަރައްޤީގެކަންކަންކުރާމީހުނަށްނުވިޔަސް މަޖިލީހުގައި މިވާހަކަ ދައްކާން ޖެހޭނެ.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

16 August 2019

އައްޑުއާއި ގުޅޭ ރަނގަޅު ހިދުމަތެއް. ADK އަދި TreeTop Hospital އައްޑުއަށް ދިއުމުގެ ކުރިން ރާއްޖޭގެ އެންމެގިނަ އަދި އެންމެ މަޤުބޫލު ޑޮކްޓަރުން ތިބި އައްޑޫސިޓީގައި ސިޓީމީހުންގެ ޒަމާނީ State of the Art Hospital އެއް ޤާއިމް ކުރުމަށް ވިސްނާންޖެހޭ. * * މިކަންކުރުމަށްޓަކާ IMDC، މެޑިކާ އަދި މެޑިސިޓީ ފަދަ އައްޑުއަށް ނިސްބަތްވާ ތަންތަން އެކުވެގެން ނުވަތަ Merge ކޮށްގެން ވަގުތުނަގާނުލާ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އައްޑޫގައި ހެދުމަށް ވިސްނާންޖެހޭ.

The name is already taken The name is available. Register?

މަސްފަތަފޮޅި

17 August 2019

ނައީމަށް ވެސް އަދި ޑރ ޝަކީލާ އާއި ދަމާސް އަށް ވެސް ގެއްލުންނުވެ ފައިދާހުރި ގޮތަކަށް މޮޅަށް މިކަންކުރެވޭނެ ޙިޔާލެއް ކަމަށްދެކެން. އަނެއްކާ މިޒަމާނުގައި ކުންފުނިތައް އެކުވެގެން މިފަދަ ކަންކަން ކުރުމަކީ އާކަމެއްނޫން.

The name is already taken The name is available. Register?

ސާބަސް123

16 August 2019

މި އެޕުން ފޯރުކޮށްދޭ ޙިދުމަތްތަކަކީ މިހާތަނަށް ޓްރީޓޮޕުންވެސް ނުލިބޭ ފަސޭހައެއް. ވަރަށް ސަޅި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454