ހީނާމާގޭ ހުރި ސަރަހައްދު ސާފު ކުރަނީ.
17 އޯގަސްޓް 2019 - 11:21
ހ. ހީނާމާގޭ ހުރި ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް ނަގައި އަލުން ޕާކިން ޒޯނެއް ހަދަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސައިކަލް ޕާކް ކުރެވޭ ގޮތަށް ހީނާމާގޭގައި ޕާކިން ޒޯނެއް ހަދާފައި ވަނިކޮށް މިދިޔަ ސަރުކާރުގައި އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މެކޭނިކަލް ޕާކިން ސިސްޓަމެއް ބެހެއްޓި އެވެ. އެކަމަކު، މެކޭނިކަލް ޕާކިން ސިސްޓަމްގެ ބޭނުން އެއްވެސް ގޮތަކަށް ހިފޭ ގޮތެއް ނުވެ، އެ ސިސްޓަމްގައި ދަބަރު ޖެހި އެވެ.
އެ ތަނުގައި އެންމެ ފުރަތަމަ ޕާކިން ޒޯނެއް ހެދީ 300 އެއްހާ ސައިކަލް ޕާކް ކުރެވޭ ގޮތަށެވެ. ހީނާމާގޭ ހުރި ހުސް ބިމުގައި ބެހެއްޓީ ސައިކަލަށް ހާއްސަ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ.
ހީނާމާގޭ ހުރި ސަރަހައްދު ސާފު ކުރަނީ.
މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ހީނާމާގޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނަގައި އަލުން ޕާކިން ޒޯނަކަށް ހަދަން ނިންމީ މަޖީދީމަގުގައި ޕާކް ކުރުން މަދުކޮށް، ހިނގާބިނގާވެ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އެތަނުގައި ހަތަރު ފުރޮޅުލީ އުޅަނދާއި ދެ ފުރޮޅުލީ އުޅަނދަށް ވެސް ޕާކް ކުރެވޭނެ ގޮތް ހަދާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.
"މީގެ ކުރިން ހެދި ޕާކިން ޒޯނާ ތަފާތުވާނެ. އަޅުގަނޑުމެން އާންމުކޮށް ޕާކިން ޒޯންތައް މި ދަނީ ތިމާވެއްޓާ ރައްޓެހި ގޮތަށް ފެހިކޮށްގެން،" ޝަމާއު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އެތަނުގެ މަސައްކަތް ނިންމުމެވެ.
ހީނާމާގޭ ހުރި ސަރަހައްދު އެންމެ ފުރަތަމަ ހެދި ޕާކިން ޒޯން.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މި މަހުގެ ހަތް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވީ ކުރީގެ ސަރުކާރުން ބެހެއްޓި ޕާކިން ސިސްޓަމްތައް "ބާ ދަގަނޑަށްވެ" އެއްލާލަން ޖެހިފައިވާ ކަމަށެވެ. ޕާކިން ސިސްޓަމްތަކެއް ހަދާފައި ހުއްޓަސް، ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޖެހިފައިވާ މާލެ އަށް ލުޔެއް ހޯދުމަށް މި ސަރުކާރާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދިއްޔާ ސްކޫލާއިި ފިނޭންސް މިނިސްޓްރީ ކުރިމައްޗާއި ވެލާނާގޭ ކައިރީގައި އާއި އެމްއެމްއޭ ކައިރީގައި އާއި މާފަންނު ސަހަރާ ކައިރީގައި ޕާކިން ޒޯންތަކެއް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެ.
18 August 2019
ތިއޮތީ ޖަޒީރާ ވެފައި. ތަހުޒީބު ދުނިޔޭގައި ގެންގުޅޭ ޕާކިންސިސްޓަމް ނަގާ ދަބަރަށްވާން މާލޭގެ ކޮންމެވެސް ހުސްބިމެއްގައި ބާއްވާފައި ތިއޮތީ ރައިޔަތުން ނަށް ވަރަށް ފައިދާ ކުރަވެނި ކަމެއް އެޖެންޑާ 19 ގައި ދަށުން ކޮށްދީފައި. ތިހަދާ ޖަޒީރާ ޕާކުތަކުގައި ފުޅިބައްތި ޖަހާލަދޭނަމަ ރޭގަޑު ތިޔަތަންތަން ތަންކޮޮޅެއް ޖަޒީރާވާނެ. އެކަމަކު މިހާރުވެސް އެޖެންޑާ 19 އަށޤ ފެތޭ.
ސޯލްޓް
18 August 2019
ސިޓީކައުންސިލަކީ ބޮޑު އަންގައެއް އޮއްނަބަޔެއް. ކުރެވޭ އެއްވެސްކަމެއް ނެތް. ވެސްޓްޕާކް ސަރަހައްދުގެ މަގުތައް ރަގަޅުކުރަން ފެށި. މުޅި މާލޭއަށް ގިނަވެގެން އުޅޭ ބުޅާތަކާއި ކޮތަރުގެ އުދަގުލުން ސަލާމަތްކަން ހޯދާނުދެވުނު އަދި މަގުތަކުގައި ކޮންސްޓުރަކްޝަން ތަކުން ބޭރުކުރާ ފެން ހޮޅިއަށްވެސް އެނޫންގޮތެއް ނޮހޯދުނު. ޝިފާ އަދި ޝަމާއު ގެ އިސްތިއުފާއަށް ގޮވާލަން.
ސޯލްޓް
18 August 2019
މި ސަރުކާރުން ކުރި ވަރަށް ރަގަޅު ކަމެއް ތި ބޭނުންކުރެވޭ ޕާކިންގ ސިސްޓަމް ނެގިކަން. މީހަމަ ފައިސާ ދައުލަތުން ކާންވެގެން ކުރިކަމެއް. ވިސްނާލި ކޮއްމެމީހަކައްވެސް އެގޭނެ ތި ޕާކިންގ ސިސްޓަމްގެ ބަހައްޓައިގެން ވި ފަސޭހަ އެއްނެތްކަން.
ޝާރީފު
18 August 2019
މިމަސައްކަތަކީ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމެޓީއިން ކުރިއަށްގެންދާ މަސަކަތެއް. ކޮމެޓީގެ ބަހެއްނެތި މިއޮތީ ޝަމާއު ނަންވެފަ. ކައުންސިލްގެ ގިނަމަސަކަތްތައްވެސް ރަސްމީ ޓްވިޓަރ އިން ހާމަކުރުމުގެ ބަދަލުގައި ހާމަކުރަނީ މޭޔަރ ނުވަތަ ޝަމާއު ގެ އަމިއްލަ ޓުވިޓަރއިން.
ނެޑް
18 August 2019
ޕާކިންގް ސިސްޓަމޭ ކިޔައިގެން ހިންގި ބޮޑު ޖަރީމާއެއް.
ސިދާ
17 August 2019
ވިޔަފާރިވެރިންގެ މިސްކިއްކައިރީގައިހެދި ޕާކިން އޭރިޔާގައިވެސް އެއްވެސް އަލިކަމެއްނެތް ކަންތަށް ކުރަނީ އަމާބުނީމައި ފަރަށް ދާގޮތަށް.
އަލިބެއްޔާ، އެކުވެރިސުވައިދީބް
17 August 2019
ދެރަ ކަމެއް. މިއަށްވުރެ ޒިންމާދާރު ކަމާއެކު ކަންކަން ކުރަން ވެއްޖެ ނޫންތޯ... ފިކުރާ ޚިޔާލާ ތަފާތު ވިޔަސް ދައުލަތުގެ ޚަޒާނާއިން (ރައްޔިތުންގެ ޓެކްސް ފައިސާއިން) ކުރާހޭދަ އިސްރާފު ނުކުރަމާތޯ... މާދަމާ މަގާމުތަކާ ހަވާލުވާ ފަރާތްތަކުން މިއަދު ކޮށްފައި ހުރި މަސައްކަތް ތަޅާނަގައި އެއްލާލަންވީތޯ؟ ކޮންބައެއްތޯ ޒިންމާ ނަގާނީ؟ މި ކަންކަމަށް ނިމުމެއް ނެތެއްނޫންތޯ... ކޮންމެ ބަޔަކުވެސް މައްސޫލިއްޔަތާ ޒިންމާއާ ހަވާލުވަނީ ގައުމާ ރައްޔިތުންނަށް ޚިދުމަތްކުރަން.
ދޮން ބުޅާ
18 August 2019
ހަލާކުވެފަ ހުރި އެއްޗިހި ހަރުކޮށްފަ ހުރީ
ސައްހަ ކަރެޕްޝަން
17 August 2019
ގަލޮޅު ދަންޑުގައި ތިޔަހުރި ފިހާރަތަށް ނަގައި ޕާކިން ހަދަން ވީނުން ވަކިބަޔަކަށް ފައިޑާ ހޯދައިދޭން ސަރުކާރުން ހިންގާ ތަނެއް ތީ
އޮރެންޖް
18 August 2019
އޭރުންވެސް އެވީ ވަކި ބަޔަކަށް (ސައިކަލްދުއްވާ މީހުނަށް) ފައިދާ ހޯދާދިނުން. ތިޔަ އެއްޗެހި އެތެރެކުރުން މަދުކުރަންވެއްޖެ.
މާވެޔޮމިސްކިތް
17 August 2019
މާވެޔޮމިސްކިތް ރޯދަޔަތް ހުޅުވަންބުނި އަދި އަދައްވެސް އެއްވެސް މަސައްކަތެއްނުކުރޭ އެމިސްކިތް ނިންމުމަކަށް. މީވާނުވާގަ އޮތް ސަރުކާރެއްތަ!
މޭޔަރު
17 August 2019
މާލޭސިޓީ ތަންކޮޅެއްބޮޑީ. އެހެންވީމަ މާލޭގެ ދެކުނު ފަރާތުގަ އެކިނަންނަމުގަ ކޮށިތައްހުންނަނީ.