ލަންކާއާ އެކު މާލޭގައި ކުޅުނު މެޗުގެ ތެރެއިން ހުޒަންޓެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 އޯގަސްޓް 2019 - 21:53
ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތުގައި މިއަދު ނޭޕާލާ ދެކޮޅަށް ކުޅެ މޮޅުވެ ސެމީ ފައިނަލަށް ދިއުމަކީ މީގެ ދެ އަހަރު ކުރިން މާލޭގައި އޮތް ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެ އަތުން ނޭޕާލް ހޯދި މޮޅުގެ ރަނގަޅު ބަދަލުހިފުމެކެވެ. ގައުމީ ވޮލީޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނީ މިއީ ރާއްޖޭގެ ޓީމަށް ދެން ކުރިއަށްދާން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މާލޭގައި 2017 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ނޭޕާލުން ވަނީ 3-1 ސެޓުން ރާއްޖެ ބަލިކޮށް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ރާްއްޖެ ކަޓުވާލައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައި ވެސް ނޭޕާލުން ވަނީ ރާއްޖެ ތިން ސެޓުން ބަލިކޮށްފަ އެވެ. އެ ހުރިހާ ކަމަކަށް ނިމުން އައީ މިރޭ ނޭޕާލުގެ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭން ސީދާ ތިން ސެޓުން އެ ގައުމު ބަލިކުރުމުންނެވެ،
ހުޒަންޓެ ބުނީ މިއަދު ޓީމުގެ މީޓިންގައި ވެސް އެންމެ ބޮޑަށް ބެލީ ނޭޕާލް އަތުން ޖެހިޖެހިގެން ތިން ބަލިނުވުމަށާއި ބަދަލުހިފަން މި ލިބުނު ފުރުސަތުގެ ބޭނުން ހިފާލުމަށް ކަމަށެވެ.
"އަޅުގަނޑު ބުނިން ނޭޕާލުން ރާއްޖެ ދެ ވަނަ ފަހަރަށް ބަލިކޮށްފައޭ އެ އޮތީ. މި ތިން ވަނަ ބައްޔަކަށް މި ބަލިވެއްޖިއްޔާ ވާނެއޭ. އެއްވެސް ކުޅުންތެރިއަކު ބޭނުމެއް ނުވޭ މިއަދު އެ މީހުންގެ އަމިއްލަ ފަސްގަނޑުގައި ރާއްޖެ ޓީމު ބަލިވާކަށް. އެ މީހުން ރާއްޖެ އައިސް ރާއްޖެ ކުޅުންތެރިން ބަލިކުރި އިހުސާސް އެނގޭނެ. އެހެންވީމަ މިއަދު ބޭނުމެއް ނުވޭ މި ތާގައި ވެސް ކުޅެގެން ބަލިވާކަށް،" މިހާރު އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ ހުޒަންޓެ ބުންޏެވެ.
ނޭޕާލް އަތުން ރާއްޖެ މޮޅުވީ 25-22، 25-21 އަދި 25-14 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ހުޒަންޓެ ހިމެނެ އެވެ.
ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ބަލިވިއިރު، އެ މެޗަށް އެންމެ ބޮޑަށް އަސަރުކުރީ ދެ ވަނަ ސެޓުގައި ބޮޑު ލީޑެއްގައި އޮވެ ސޮއްސާލި ހިސާބުންނެވެ. ހުޒަންޓެ ބުނީ ކިރްގިސްތާން މެޗަށް ފަހު ވެވެން އޮތް އެންމެ ރަނގަޅަކަށް ނޭޕާލާ ދެކޮޅަށް ތައްޔާރުވީ މި މުބާރާތަށް ތައްޔާރުވި ޓާގެޓާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި މުބާރާތަށް އައީ ވެސް ވަރަށް ބޮޑު ޓާގެޓެއް ހާސިލްކުރަން. ކޮންމެ އަކަސް މިއީ ރާއްޖެ ޓީމަށް ވަރަށް މުހިއްމު މެޗެއް. ބަލިވެއްޖިއްޔާ މުބާރާތުން ކެޓީ. އެހެންވީމަ އެއްވެސް ކުޅުންތެރިޔަކު ވެސް އެއްވެސް އޮފިޝަލަކު ވެސް ކޯޗިން ސްޓާފަކު ވެސް ބޭނުމެއްނުވާނެ މި މެޗުން ބަލިވާން،" ވެ. ފެލިދު އަށް އުފަން ހުޒަންޓެ ބުންޏެވެ.
"ވަރަށް ބުރަ މަސައްކަތް ޓީމުން ކުރެވިއްޖެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން ހީކުރަން ކުރިއަށް ހުރި މެޗުތަަކުން މި އަށް ވުރެ ވަރުގަދަ އަޒުމާއި ފޯރީގައި ކުޅެ މޮޅުވާނެ ކަމަށް."
މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ކިރްގިސްތާނާއި ތުރުކުމެނިސްތާން އެެވެ. ރާއްޖެ އާއި އުޒްބެކިސްތާން ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 15:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޓިން ބަޝީރު
22 August 2019
"..ހުޒަންޓެ ބުނީ ކިރްގިސްތާން މެޗަށް ފަހު ވެވެން އޮތް އެންމެ ރަނގަޅަކަށް ނޭޕާލާ ދެކޮޅަށް ތައްޔާރުވީ މި މުބާރާތަށް ތައްޔާރުވި ޓާގެޓާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ." މަށަކަށް މިބުނާ އެއްޗެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ. އިއްޔެ އެމެޗުން ބަލިވާމަ ދެން ދިއައީ ހޮޓަލަށް ގޮސް ނިދީ އަނެއްދުވަހު ހޭލައިގެން އައީ ނޭޕާލްއާކުޅެން. 24 ގަޑިއިރު ނުވޭ. ދެން ކޮން އިތުރު ތައްޔާރެއް. އިތުރަށް ނިދީތަ؟
ވިގޫ ތާކިހާ
22 August 2019
އެހެންތަ މަހީކުރީ ދާދި އެއްވަރު ޓީމަކާ ކުޅެ ލިބުނު މޮޅެއްކަމަށް. ދެން މައްސަލައެއްނެތް އެކި މީހުން ސިފަކުރާނީ އެކިގޮތަށް. އެގޮތުގެ މަތިން ބަލަމާ ކިރްގިސްތާން އަތުން ބަލިވީ ރާއްޖެ ބަލިވެގެނެއްނުން. އެއީ ބޭކާރު މެޗެއް މޮޅުވާން އެއްމެޗުން( މިމެޗުން) މޮޅުވެގެން ސެމީއަށް ދެވެންއޮއްވާ!!
ޙަސަން ފަރީދު
25 August 2019
ސާބަސް....... ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދިޔައިމަ ވާގޮތް ނޭނގޭ ދޯ! އޭރުން އަނެއްކޮޅުން އަންނާނީ އެއްވަނަ ޓީމް.