އެމްއެންޔޫން ބޭއްވި ދަސްވެނިވުމެއްގައި އެ ޔުނިވާސިޓީގެ އިސްވެރިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ---ފޮޓޯ: ރައީސް އޮފީސް
22 އޯގަސްޓް 2019 - 14:31
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ޔުނިވާސިޓީން ކުރި އިއުލާނެއްގައި ބުނީ ކައުންސިލްގެ މެމްބަރުކަމަށް، އަށް ދާއިރާއަކުން ބޭފުޅުން ބޭނުންވާ ކަމަށެވެ. އެހެންވެ އެ ދާއިރާތަކަށް، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އީމެއިލުން ފޮނުވާ ނަމަ ބުރާސްފަތި ދުވަހުގެ ރޭ 12:00 ގެ ކުރިން [email protected] އަށް ފޮނުވޭނެ އެވެ.
1- ތައުލީމު ދިނުމާއި އުނގެނުން
2- ސިއްހަތު
3- ޝަރީއަތާއި ގާނޫނު
4- ފިނޭންސް/ ބިޒްނަސް/ އެކައުންޓިން/ ޓޫރިޒަމް
5- ސައިންސް/ ޓެކްނޮލޮޖީ/ އިންޖީނިއަރިން
6- ތިމާވެށި/ ކްލައިމެޓް ޗޭންޖް
7- އާޓްސް/ ކަލްޗާ/ ސްޕޯޓްސް
8- ގައުމީ ސަލާމަތްތެރިކަން/ ޑިޒާސްޓާ މެނޭޖްމަންޓް
ނަވާރަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކައުންސިލްގައި ހިމެނެނީ މަގާމުގެ ހައިސިއްޔަތުން ހިމެނޭ ދެ މެމްބަރުންނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު އައްޔަންކުރައްވާ އަށް މެމްބަރުންނާއި އިންތިޚާބުކުރާ އަށް މެމްބަރުންގެ އިތުރުން ކައުންސިލަށް ފެނިއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކެވެ.
ޔުނިވާސިޓީ ކައުންސިލަކީ، ޔުނިވާސިޓީ ހިންގާ އެންމެ އިސް ފަރާތެވެ. އެގޮތުން ޔުނިވާސިޓީ ހިންގުމާއި ކޮންޓްރޯލްކުރުމާއި އިދާރީ އަދި ތައުލީމީ މަގުސަދުތައް ހާސިލްކުރަން ކޮލެޖާއި ފެކަލްޓީ އާއި ސެންޓަރާއި ސްކޫލާއި ޑިވިޜަނާއި އިންސްޓިޓިއުޓް ފަދަ ތަންތަން އުފެއްދުމާއި އުވާލުން ހިމެނެ އެވެ.
އެމްއެންޔޫގެ އާ ކައުންސިލް އެކުލަވާލަނީ، ޔުނިވާސިޓީގެ ގާނޫނަށް މި ފަހުން މަޖިލީހުން ގެނައި ބަދަލުގެ ސަބަބުންނެވެ. އެއާއެކު އެތަނުގައި ހުންނެވި ޗާންސެލަރުންނާއި ވައިސް ޗާންސެލަރުންގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރުން ވެސް ވަނީ ވަކިކޮށްފަ އެވެ. އެތަނުގެ ޗާންސެލަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑރ. ހަސަން ހަމީދު އަދި ވައިސް ޗާންސެލަރަކަށް ޑރ. މުހައްމަދު ޝަރީފް ހަމަޖައްސަވައިފަ އެވެ.
އެ އިސްލާހު މި މަހުގެ 5 ވަނަ ދުވަހު ތަންފީޒުކުރަން ފެށިއިރު، އެއަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އާ ކައުންސިލް އުފައްދަންޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އާ ކައުންސިލް އުފައްދާނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
23 August 2019
ޔުނިވަރސިޓީގެ ދުވަސް މިދިޔައީ
ޙަސް
23 August 2019
މިއީ އެއްވެސް މުސާރައެއްލިބޭ މަގާމެއްނޫން.
ސުވާދީބުރާނީ
22 August 2019
މިފޮޓޯއިންވެސް ފަވާޒުގެ އެޓިޓިއުޑް ފެނޭ އެބަ.
މަޖިލިސް
22 August 2019
ކައުންސިލުން ކުރަންޖެހޭ ކަމަކާ ލިބޭ އެއްޗަކާ ބުނެލަދީބަލަ؟
އަހްމަދު33
22 August 2019
ދެން މި ނިމުނީ. ސިޔާސީ ބާރުވެރި ފަރާތްތަކަށް ކައުންސިލް ކޮންޓްރޯލް ކުރަން ދިނީމަ ތިޔަ ވީ ގޯސް. މި ގައުމުގަ ޔުނިވަރސިޓީއެއްވެސް ސިޔާސީ ބައެއްގެ އަތްމަތީގަ ނޫނިއްޔާ އޮވެގެން ނުވަނީބާ؟ ރައީސް އައްޔަން ކުރާ 2 މީހުން މަގާމުގެ ގޮތުން ކައުންސިލްގަ ތިބޭ. ދެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރު އައްޔަން ކުރާ 8 މީހަކު ތިބޭ. ދެން މި ތިބެނީ ހިންތިހާބު ވާ ފަރާތްތައް. 19 މެންބަރުން ތިބޭ އިރު 10 މީހުންނަކީ ގައުމުގެ ރައީސްގެ ބާރުގެ ދަށުގެ ތިބޭ ބައެއް. ޗީޑި.