ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އުކުޅަހު ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވަނީ. ފޮޓޯ: ހުސައިން ވަހީދު/މިހާރު
26 އޯގަސްޓް 2019 - 10:25
އއ. އުކުޅަހުގައި ސަރުކާރުން ހެދި ކޮންވެންޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.
އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން އެންމެ 25 ދުވަހުގެ ތެރޭގައި ނިންމި ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ރަސްމިއްޔާތުގައި ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ސައިންސް އެންޑް ކޮމިޔުކޭޝަން މިނިސްޓަރު މުހައްމަދު މަލީހާއި އިންޑިއާގެ އެމްބެސެޑަރު ސަންޖޭ ސްދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އުކުޅަހު ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ 7.8 މިލިއަން ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ޖުމުލަ 20.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި ތަނެކެވެ. އަމީން ކޮންސްޓްރަކްޝަނުން އެތަނުގެ މަަސައްކަތް ފެށީ ޖުލައި 27 ގަ އެވެ. ކޮންވެންޝަން ސެންޓަރު އިމާރާތްކުރި އިރު އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އާދަމް ސާޖިދު "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ނިސްބަތުން އެންމެ އަވަހަށް ނިންމައިލި މަސައްކަތެވެ. އެގޮތުން 10،000 އަކަފޫޓްގެ ކޮންވެންޝަން ސެންޓަރުގެ މައިގަނޑު މަސައްކަތްތައް އެންމެ 23 ދުވަހުގެ ތެރޭގައި ވަނީ ނިންމާލައިފަ އެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޕްރޮފެސަރު ހަސަން އުގައިލްއާ ބައްދަލުކުރައްވަނީ. ފޮޓޯ:ހުސައިން ވަހީދު/މިހާރު
އުކުޅަހު ކޮންވެންޝަން ސެންޓަރު އިމާރާތްކުރީ އެރަށުގެ އިރުމަތީ ފަރާތުގައި އެންމެ ގިނަ ގެސްޓްހައުސްތައް ހުރި ހިސާބުގައި އޮތް 15،474 އަކަފޫޓްގެ ބިމެއްގަ އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ އެ ސެންޓަރު އަޅަން ބިން ކަނޑައެޅީ ބައިނަލްއަގުވާމީ ސައިންސް އެންޑް ޓެކްނޮލޮޖީ ކޮންފަރެންސެއް އުކުޅަހުގައި ބޭއްވުމުގެ ފުރުސަތު ޕްރޮފެސަރު އުގައިލް ހޯއްދަވައި ދެއްވި ހިސާބުން ކަމަށެވެ.
ސެންޓަރުގެ މަސައްކަތް ކުރިން ރޭވި ވަރަށް ވުރެ ސަރުކާރުން އަވަސްކުރީ، ޝައުކަތު ވިދާޅުވި ގޮތުގައި، ސައިންސްވެރިންގެ ކޮންފަރެންސް، އާންމު ނަމުން ނަމަ ސްކިމާ ކޮންފަރެންސް، ބާއްވާ ތާރީހު އަވަސްވުމުންނެވެ.
-400 މީހުންގެ ޖާގައިގެ ހޯލެއް
- ވެއިޓިން އޭރިއާ
- އެގްޒެކެޓިވް މީޓިން ރޫމެއް އަދި ވީއައިޕީ މީޓިން ރޫމެއް
- ދެ ކްލާސް ރޫމް
- 8 ފާހާނާ (އަންހެން، ފިރިހެން ވަކިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާތައް ހިމެނޭ ގޮތުން)
- ތިން ގުދަން.
- ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީސް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީދާ
26 August 2019
21 މިލިއަން ރުފިޔާ؟؟؟! ހާދަ ބޮޑު އިސްރާފެކޭ ދޯ؟
އަބްދުއްالله
26 August 2019
އުކުޅަހު ދޮހޮއްކޮ އަށް ސަލާން.
މަރިއަބު
26 August 2019
ރައީސަށް ފަށްފަށުން ޝުކުރިއްޔާ. ދެންވެސް އެމްޑީޕީ
ޝާޑު
26 August 2019
ސާބަހޭ މިނިސްޓަރ ޝާހިދު.. ސަރުކާރުން މިކޮށްދިން ބޮޑު މަސައްކަތަށް ޝުކުރު އަދާކުރަން. އަދި އުކުޅަހުގައި ކޮންފަރެންސް ބާއްވައި ދެއްވާތީ އަދުގެ ރައީސަށް ޝުކުރިއްޔާ.
ހޮޓްކިންގ
26 August 2019
ތީ އައްޑޫގައި އިމާރާތް ކުރިފަދަ ބޮޑު އިސްރާފެއް. ދެއްކުންތެރިކަމަށްކުރި ވަގުތީ ކަމެއް. ދެން ފެންނާނީ ވީރާވާތީ ހުސްޝަކުވާއަންނަތަން.
ބަބުރަންޖީ ހާޖީ
26 August 2019
2000ގެ ކުރީގެ އަހަރެއްނަމަ ސުރުޚީގައި އޮންނާނީ "އުކުޅަހުގެ ދަރުބާރުގެ ހުޅުވައިފި"
454545
26 August 2019
އިންޑިއާއެއް ކަމަކު ތިަޔ ކުރީ ރަގަޅު ކަމެއް. ދެން ކަލޯ ހިތަދޫން ދޭ ޕޮލިސް އެކަޑަމީން ހިފައިގެން ފަޅު ރަށަކަށް. އެތަން އަހަރެމެން ބޭނުން ގެސްޓް ހައުހާ އުޅޭ ހައުސް ހަދަން. ގަންވެސް އެއޮތީ. ކަލޯމެން ތިޔަ އެކަޑަމީއެއް އަޅަން. މާ ފައްކާވާނެ.