ހަމަލާތަކުގެ ސަބަބުން ސީރިއާގެ އިދްލީބް ވަނީ ވީރާނާވެފައި. --ފޮޓޯ:އޭއެފްޕީ
01 ސެޕްޓެމްބަރ 2019 - 16:00
އިދްލީބް (ސެޕްޓެމްބަރު 1) - ސީރިއާގެ އިދްލީބް ޕްރޮވިންސްގައި ހަރަކާތްތެރިވަމުން ދިޔަ އަލްގައިދާ ޖަމާއަތުގެ ލީޑަރުންތަކަކަށް އަމާޒުކޮށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައި ވަނީ މިސައިލް ހަމަލާ އަމާޒުކުރީ އެމެރިކާގެ ރައްޔިތުންނާއި އެ ގައުމުގެ ޕާޓްނަރުންނަށް ހަމަލާދީފާނެ ކަމުގެ ބިރު އޮތް މީހުންނަށް ކަމަށެވެ. އަލްގައިދާގެ ޓްރޭނިން ކޭމްޕަށް ދިން ހަމަލާގައި 40 މީހުން މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ސީރިއާ ސަރުކާރަށް ވަފާތެރި ސިފައިން ވަނީ އިދްލީބް ހިފުމަށް އެޕްރީލް މަހު އޮޕަރޭޝަނެއް ފަށައިފަ އެވެ. އދ. އިން ތަކްރާރުކޮށް ބުނަމުން ދަނީ އިދްލީބުގައި ދޭ ހަމަލާތަކުގެ ސަބަބުން އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމަށެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށީ މާޗް 2011 ގަ އެވެ. ހަނގުރާމައިގައި ބައިލައްކަ މީހުން މަރުވެފައިވާ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި 5.6 މިލިއަން މީހުން ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްމަތިން
01 September 2019
ޢެމީހުންގެ ޙައްްޤު ކޮބާ. ދެން އެކި ޖަމާޢަތް އުފެދިދާނެ