ރިޔާސީ ކޮމިޝަންތަކުގެ ރައީސް ހުސްނުއް ސުއޫދު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުން-- ފޮޓޯ: މަޖިލިސް
02 ސެޕްޓެމްބަރ 2019 - 14:58
މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑްރާފް ރިޕޯޓް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު އަރުވައިފި އެވެ.
އެ ރިޕޯޓް ނަޝީދާ ހަވާލުކުރީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއެކު މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. ނަޝީދު ވަނީ އެ ރިޕޯޓްގެ ކޮޕީތައް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުންނަށް ދެއްވައިފަ އެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދު، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަރުވައިފި pic.twitter.com/5QIGEgyw3r
— People's Majlis (@mvpeoplesmajlis) September 2, 2019
ސުއޫދާއި ނަޝީދު ބައްދަލު ކުރެއްވުން---
ސުއޫދު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލައިފަ އެވެ. ސުއޫދު ވިދާޅުވިގޮތުގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލީ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.
މި ތަހުގީގަށް އިޝާރާތްކުރައްވައި، ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަވި ކަންކަމަށް އަވަހަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ހަރުކަށި ފިކުރުގެ މީހުންނަށް ނިސްބަތްކޮށް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ވަކި ހިއްޕާލާފައިވާ "އަނދިރި ދައުލަތް" އެއްކޮށް ރޫޅާލަންޖެހޭ ކަމަށެވެ. ފުލުހުން ފުރިހަމަ އަށް ދައުރު އަދާކުރަންޖެހޭ ކަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
Sooud ge maruthakuge thahuqeequn fenifaievaa kankamaai gulheygothun dhauvaa kuriah gendhiun avas kohdhevvumah edhen. Raajjeygai vaki hippalaafavaa an’dhiri dhaulaiy ekkoh roolhaalan jehey. Maldives Police Service e muassasa ge furihama dhauru adhaa kuranjehey.
— Mohamed Nasheed (@MohamedNasheed) September 2, 2019
ނަޝީދު މިއަދު ކުރެއްވި ޓްވީޓް---
ނަޝީދު މިއަދު ވަނީ ރިލްވާންގެ އާއިލާއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ދީނީ ހަރުކަށި ވިސްނުމުގެ މީހުން ރާއްޖޭގައި އުޅޭ ގޮތާއި އެ މީހުންގެ އަމަލުތައް ހުންނަ ގޮތުގެ ތަފްސީލު ވެސް އިއްޔެ ސުއޫދު ވަނީ ދެއްވައިފަ އެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ވައްކަންތަކުގައި ވެސް އެ މީހުންގެ ދައުރު ބޮޑު ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބައެއް ވިޔަފާރިތައް ހިންގައިގެން ލިބޭ ފައިސާ ޓެރަރިޒަމަށް ހަރަދުކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ދީނީ ހަރުކަށި ފިކުރުގެ މީހުންނަކީ ކޮބާކަމާއި އެމީހުން ހިންގާ ވިޔަފާރިތަކަކީ ކޮބައިކަން ވެސް އެނގިފައިވާ ކަމަށް ސުއޫދު އިއްޔެ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީޔ
03 September 2019
ކޮން ހައިސިއްޔަތަކުން؟ މަޖިލިހަކީ ގާނޫނު ހަދަން ހަވާލު ކުރި ފަރާތް.
ރިޕޯޓަރު
02 September 2019
މަރުގެ މައްސަލަތައް ބަލާނެ ކަމަށް އިއުލާންކުރީ ރައީސުލްޖުމްހޫރިއްޔާ. ތަހްގީގު ކޮމިޝަން އެކުލަވާލީ ރައީސުލްޖުމްހޫރިއްޔާ. ގާނޫނެއް ހަދަން މަޖިލީހަށް ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ. ގާނޫނު ތަސްދީގުކޮށް އަމަލުކުރަން އަމުރުކުރީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓެއް އެރުވި ޚަރަބެއް ނެތް. ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ނާރުވައި އެހެން ބޭފުޅަކަށް ރިޕޯޓު އެރުވުމުގެ ބޭނުމަކީ ކޮބައިބާ؟
ކުނބު
02 September 2019
ރިލްވާނާމެދު ހަމްދަރުދީވާވަރު ދެބޭފުޅުންގެ ހިނިތުންވުމުން އެބަފެނޭ، ހަމައެކަނި ތިޔައުޅުއްވަނީ ސިޔާސީކަމެއް ހާސިލްކުރަން، އީވާން ނަސީމްކަންތަކުގަވެސް ސިޔާސީފައިދާ ހާސިލްކުރިގޮތަށް
ސޯލްޓް
02 September 2019
ރާއްޖޭ ގެ ފުލުހުންގެ ތެރޭގައި ތިބި ނާގާބިލް މީހުން ވަޒީފާއިން ރިޓައަރ ކުރަން އެބަޖެހޭ.އަދި ގާބިލް މީހުންނަށް ފުރުސަތު ފަހިވާންޖެހޭ!
ަައެލެކު
02 September 2019
ހީވނީ ދެސަރުކާރެއް މިދިވެހި ގައުމުގައި އުފެދިފައިވާހެން. ކާކުރައީސަކީ؟ އަޅެފަހެ ހެޔޮނުވާނެ މިކަންތައް ސާފުކޮށްލަދީބަލަ މިހާރު ނޫސް...މަމެން ވޯޓުދީގެން ހޮވީ ރާއްޖެތެރޭ އިބުރާހިމް ސޯލިހު މާލޭނަޝީދެއް ނުހޮވަމު
ހައްޕުޑު ޕާޓީ
02 September 2019
މަދަން ތި ރިޕޯޓާ މެދު ޤަރާރެއް ހުށަހަޅާގެން ބަހުސް ކޮށްލަން ވާނެއެވެ.ޤާޒީން ނަށް ހެޓަކަށް ދިނީމާ ނިމުނީއެވެ.
ޜާއްޖެ
02 September 2019
މަޖިލީހުގެ ރައީސަކާއި މިކަމާއި ކީއް؟
ދެފުއް ކެހެރި
02 September 2019
މިއީ ކޮންކަމެއް ؟
ޟަރުމީލާ
02 September 2019
ޢަބްދުﷲ ރިޔާޒު ބުނީ ވަގުތު ޖެހުމުން ކިޔާދޭނަމޭ. ގާފޮރުޅާނަމޭ. ސުއޫދު އަޅެ ކިޔާދީބަލަ އޭނަ އެބުނާ 500 އޯޑިޔޯއާއި 1000 ވީޑިޔޯ ފޮރުވައިފައި އޮތީ ކޮންތާކުތަ؟
ޛ67ހ
02 September 2019
ސާބަހޭ މި ވެރިކަމުގައި ހުރިހައި ހަޤީޤަތެށް ތިލަކޮއްދިނުމަކީ އުފާކުރާ ކަމެއް. ސުއޫދު ކަހަލަ ބޭފުޅަކު ތިމާޤާމަށް ލުމުން ތިގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފޯރުކޮއްދެނީ. ޥަރަށް ބޮޑަށް ސުކުރިއްޔާ