ޚަބަރު / އައްޑޫ 100 އެނދުގެ ހޮސްޕިޓަލް

އައްޑޫ އާ ހޮސްޕިޓަލް ސަރުކާރާ ހަވާލުކޮށްފި

02 ސެޕްޓެމްބަރ 2019 - 18:17

15 comments

މި މަހު ހުޅުވާނެ ކަމަށް ކުރިން ބުނެފައިވާ އައްޑޫގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކޮށްފި އެވެ.

ހިތަދޫގައި އިމާރާތްކޮށްފައިވާ ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ތަން ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 14، 2016 ގަ އެވެ.

މިއީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއެކެވެ. ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި ހަވާލުކުރި ނަމަވެސް އެ ތަނުގައި އަދިވެސް ކުރަން ޖެހޭ ގިނަ ކަންކަން އެބަ ހުއްޓެވެ.

އޭގެ ތެރޭގައި ތަނަށް ބޭނުންވާ މެޝިނަރީ އާއި ފަރުނީޗަރު ފަދަ ތަކެތި އިންސްޓޯލް ކުރުމާއި ފުރާޅު ބަދަލުކުރުން ކަހަލަ ކަންކަން ހިމެނެ އެވެ. އެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އާ ހޮސްޕިޓަލް މި މަހު ހުޅުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ހޮސްޕިޓަލް ހުޅުވާނެ ސީދާ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ. އެ ތަން ހުޅުވާނީ އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލްގެ ނަމުގަ އެވެ.

މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމުކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއަކާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ފިޒިއޮތެރަޕީ ޑިޕާޓްމަންޓާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފައިވެ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.

15 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައުލަތު

03 September 2019

އައު ހޮސްޕިޓަލޭތޯ؟ އެއީ ހަމަ ހޮސްޕިޓަލަކަށް އަޅާފަ ހުރި ތަނެއްބާ؟ މަތި އޮމާން ކޮށްލާފަ ހޮސްޕިޓަލަކަށް ތާރީޚު އޮޅުވައި ނުލެވޭނެ

The name is already taken The name is available. Register?

ޖާސޫސް

02 September 2019

ހުޅުވޭނެޒަމާނެއް ނޭނގެ.

The name is already taken The name is available. Register?

ކޮތަރު

02 September 2019

ހޮސްޕިޓާ ވަށައިގެން މަދިރިފެންގަނޑެއް.!!

The name is already taken The name is available. Register?

ކަކުނިބޯ

02 September 2019

އިންޑިޔާގެ ހޮސްޕިޓަލްތަކުގެ ވަށައިގެން ހުންނަނީ މުޅިހިސާބުގައި ސްވިމިންގ ޕޫލް އަދި ލަންކާގަވެސް

The name is already taken The name is available. Register?

ފެސިލިޓީ

02 September 2019

ފެސިލިޓީ އެބަހުއްޓޭ! މެޝިނަރީއެއް ނެތޭ! އިކުއިޕްމަންޓް ނެތޭ! މަސައްކަތް ނިއްމާފަ ސަރުކާރާ ހަވާލު ކޮއްފިއޭ! ޢަދިވެސް ބައިވަރު މަސައްކަތް ނުނިމި އެބަހުއްޓޭ! ފުރާޅު ބަދަލުކުރަން ޖެހެޔޭ! ވަރައްވެސް ފުރިހަމަ އެހެއްނުންތޯ!

The name is already taken The name is available. Register?

ޔާސިރު

02 September 2019

މާލެ ނަގާފަ އައްޑު އަތޮޅުގަ އެންމެ މީހުންގިނަވީމައޭ ކަންކަން އައްޑު އަތޮޅުގަ ކުރަނީ ކިޔައިގެން ކާކަށް އޮޅުވާލަންތޯ ތިއުޅުއްވަނީ؟ މާލެ ނަގާފަ ދެން އެންމެ މީހުން ގިނަވާނީ ބޮޑުތިލަދުންމަތީގަ. ހއ ހދ ށ ނ ހެން އައްޑު އަތޮޅުވެސް ސއ ސދ ޑ ޒ އަށް ބައިބައި ކޮށްލާފަ ބަލަމާ އެންމެ މީހުން ގިނަ ތަނެއް؟ އިންސާފުން ހަމަހަމަކޮށް ކަންކުރަންޔާ މީހުންގެ ނިސްބަތުން ކަންކަން ކުރުމުގަ އިސްކަންދޭންޖެހޭނީ. 1- މާލެ، 2- ބޮޑުތިލަދުންމަތި 3- އައްޑޫ

The name is already taken The name is available. Register?

ސޯރޭ

02 September 2019

ހިނި އަންނަނީ

The name is already taken The name is available. Register?

Ahmed

02 September 2019

ޔާސިރު ކަލޯ އަށް : ހއހދ ށ ނ ރ ބ ޅ އެއްކޮށްގެން އާބާދީ ބޮޑުކޮށްގެން ވިޔަސް ތިކުދިންނަށްވެސް ބޭނުންވާ އަސާސީ ހިދުމަތް މާލޭ ސަރުކާރުން ހޯދުމަށް އަޑު އުފުލުމަކީ އަހަރުމެން އައްޑޫ މީހުންވެސް އުފާވާނެ އަދި އެކަމަށް ހިތްވަރު ދޭނެ ކަމެއް. އެކަމަކު އަހަރުމެންގެ ހައްޤު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއަށް ވަދެ ދަލުބޭރުންޖެހިގަނެ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިންޒާރުދެން.

The name is already taken The name is available. Register?

އަސްލުހާލަތު

03 September 2019

އަހުމަދޫ ހައްޤޭ؟ ތި ވާހަކަ ދައްކަންޏާ ހަމަހަމަކަމާ އެކީގަ ހޯދާ ވާހަކަ ދައްކާ އެހެންމީހުންނަށް ހައްޤުވާ މިންވަރުން ފެލާފަ ހައްޤޭ ނުކިޔާ.. ފަޅުރަށްތަކާ ރިސޯޓުތަކުން އައްޑޫއަށްވުރެއް މާ ގިނައިން ދަޢުލަތަށް ލާރިވައއދާ އަތޮޅުތައް އެބަހުރި އޭގެން އަތޮޅުތަކަށް ހައްޤުވާ މިންވަރު ދިނަސް އައްޑޫއަށް ވުރެއް ބޮޑު އެއްޗެއް ވަންނާނެ.. އައްޑޫގަ ފަޅު ރަށްތައް މަދުވެފަ އައްޑޫއަށް ލިބޭނެ ފުރުސަތު ހަނިވީމައެއް ނޫންތޯ ފަޅުރަށްތަކުގެ މަންފާ އަތޮޅުތަކަށް ނުދޭން އުޅެނީ

The name is already taken The name is available. Register?

ކޮތަނބިރި

03 September 2019

ބުރޯ ހައްގުވަނީ ދައުލަތަށް ލިބޭއެއްޗެއްގެ 10 ޕަސެންޓު، މިސާލަކަށް މިދިޔަ 5 އަހަރު ނިންމާފަ ކެންޕޭނަށްގޮސް ބުނީ އައްޑޫއަށް 1 ބިލިއަން ހަރަދުކޮށްފީމޭ، ބުނިއިރު 5 އަހަރު ބަޖެޓު އެކަނި އެއީ 30×5 = 150 ބިލިއަން ރުފިޔާ. މިހުރިހާ ފައިސާއަކުން ކަލޭމެނަށްވެސް ދެނީ މުންޑުގަނޑެއް، ތަފާތަކީ ކަލޭމެން އުޅެނީ އަނެކާއަށްދޭ މުންޑަށްވުރެ ބޮޑު މުންޑެއް ހޯދަން، އެކަމަކު އައްޑޫމީހުން ބޭނުންވަނީ ތަރައްގީ. ކަލޭމެނަށް ލިބެންޖެހޭ އެއްޗެއް ހޯދަދޭން ކަލޭމެންވެސް އުޅެންވީ.

The name is already taken The name is available. Register?

މޮޔަ އެއްތަ ؟

03 September 2019

ޔާސިރޫ ކަލޭތީ ބޮޑު މޮޔައެއްތަ ؟ އައްޑޫ މީހުން ދުވަހަކުވެސް ނުބުނޭ ތިތަންތަނަށް މާގިނައިން ކަންކަން ކޮށްދީފިއޭ ތިތަންތަނަށޭ މުޅި ބަޖޭޓް ޙަރަދު ކުރަނީ. އެހެން އެކަން ނުކޮށް އައްޑޫ އަށް ކަންކަން ކޮށްދޭޭ. އަހަރުމެން އައްޑޫ މީހުން މިބުނަނީ ތުރާކުނުން އައްޑޫއަށް ދައުލަތުގެ މުއްސަނދިކަން ޖެހޭނީ ހަމައަށް ބަހާށޭ. މާލެ ކިޔާ ރަށްގަނޑަކަށް އެކަންޏެއްނޫނޭ ކަންތައް ކޮށްދޭން ޖެހޭނީ. އަހަރުމެން ހައްޤު ހޯދަން ކުރާ މަސައްކަތް ބަލައިގަނެ އެގޮތަށް ތެދުވެ އަޑުއުފުލާ

The name is already taken The name is available. Register?

ޒުވާނާ.

02 September 2019

މަރުހަބާ ޔާމީން ހޮސްޕިޓާ ހަދަން ހަމައެންމެ ރަނގަޅުތަންތީ މަރުހަބާ

The name is already taken The name is available. Register?

ފޮލާ

03 September 2019

ޔާމީނު؟ އޭނާއާ ބެހޭ އިމާރާތެއް ވެސް ނޫން މިއީ.. އެމްޑީޕީ ވެރިކަމުގެ އިނާރާތެއް.. އޭނާ ދެއްކީ ހިޔާލީ ފޮލައެއް

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

02 September 2019

ކްވޭތް އެއިޑްއާއި Saudi found for Development އަދި އޮޕެކް ފަންޑްފޯރ އިންޓަނޭޝަނަލް ޑިވޮލޯޕްމަންޓްފަންޑުގެއެހީގައި ދެކުނުގެއަތޮޅުތަކުގައިދިރިއުޅޭ 75 ހާހަކަށްރައްޔިތުނަށް ސިއްޙީފަރުވާދޭނެ ޓާޝަރީހޮސްޕިޓަލެއްއެޅުމަށް ފައިސާދިނުމުންވެސް ޔާމީން އެކަންވެސްކޮށްފައިވަނީ އައްޑޫމީހުނަށްކުރިޖެއްސުމެއްގެގޮތަށް. * * ނަޝީދުގެވެރިކަމުގައި ސާކްސަމިޓްބޭއްވިތާރީޙީ އަދި ފަހުން “އައްޑޫގެލެންޑްމާރކެއްގެގޮތުގައިބަލަމުންއައި Equatorial Convention Center “ ހަލާކުކުރި.

The name is already taken The name is available. Register?

ސުންބެ

02 September 2019

ބޭކާރު ވާހަކަ ނުދައްކާ! އީސީސީ އަކީ ހަމަ ބޭކާރު ތަނެއް އަދި ބޭކާރު ޚަރަދު ހިނގަމުން ދިޔަ ތަނެއް. އަހަރު ދެކޮޅު ދެ ތިން މީހަކު ކައިވެނި ޕާޓީ ބޭއްވިއަސް އެތަނަށް ލިބޭ އެއްޗަކަށްވުރެ ދައުލަތުގެ ބަޖެޓަށް ބުރަ ތަނެއް. އެހެންކަމުން ޔާމީން އެ ނިންމީ އެންމެ ރަނގަޅަށް. ރައްޔިތުންނަށް ފައިދާވާ ނިންމެވުމެއް. ހަޖަމް ކޮށްލާ! ކަލޯމެންގެ ސަރުކާރަށް އަދި ހަމަ ސުމެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454