މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އަހަރީ ދުވަސް ފާހަގަ ކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު (ވ).---މިހާރު ފޮޓޯ: ހުސެއިން ވަހީދު
03 ސެޕްޓެމްބަރ 2019 - 14:48
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ކުރައްވާ އިލްޔާސް ލަބީބް ހުށަހެޅުއްވި ބިލް، އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލިހުގެ ތަޅުމަށް ހުށަހެޅި އިސްލާހަކާ އެކު ފާސް ކުރީ 59 މެމްބަރުންގެ އިއްތިފާގުންނެވެ.
އެގޮތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބިލަށް އަމަލު ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑަށް ބޭފުޅުން އައްޔަން ކުރަން ވާނެ ކަމަށެވެ. އިގްތިސާދީ ކޮމިޓީން ފުރަތަމަ ދިރާސާކޮށް ނިންމި އިރު، އޮތީ ބިލަށް އަމަލު ކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ބޯޑަށް އާ މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.
އިސްލާހުގައި ވަނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އެހެންވެ، މި ބިލަށް އަމަލު ކުރަން ފެށުމާ އެކު، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑިޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމު ގެއްލޭނެ އެވެ.
ބިލްގައިވާ ގޮތުން، މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ މީހަކާއި ރައީސް އައްޔަން ކުރާ ފަސް މެމްބަރުންނާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. އެކަމަކު، އެ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވެ އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މީރާގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން، އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ މީހުންގެ ނަންތައް ފޮނުވައި މަޖިލިހުން ރުހުން ހޯދަން ވާނެ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.
ބިލްގައި ވަނީ މީރާގެ އެންމެ އިސް ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ވަކިކުރެވޭނެ އުސޫލުތައް ބަދަލުކޮށްފަ އެވެ. މިހާރު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމުން ވަކި ކުރުމަށް ރައީސް އަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
04 September 2019
ވަރައްރަގަޅު
ވޯޓު
04 September 2019
ހާދަ ރުޅި އެއް ޕޮލިޓިކޯ ތި އަންނަނީ. ބަލަން ހުރޭ އިންޝާ ﷲ ކަނޑާލިމީހުން އަދި ގެންނާނަން
ރިސޯޓު އޯނާރ
04 September 2019
މިހާތަނަށް ވެސް ސަރުކާރުން ބޭނުންވާ ޖަރީމާ ތައް ނުހެދި ހުރީ މީރާ ތެރެއިން އެހެންވީމަ ބަދަލު ކޮށްލީ ފިނޭންސް މިނިސްޓްރީ މުށު ތެރެއަށް ހުރިހާ ބަާރެއް ލާފަ. އޭރުން ފައްޔާޒަށް ކުޅެވެނީ.. އަލީ ވަހީދަށް ކުޅެވޭނީ... ދެން ރިސޯޓަކުން ވެސް ކުލި ހަމައަށް ނުލިބޭނެ.. ޓްރިޕް އޭ ހަމްޒާ އަށާ ޝިޔާމަށް ހަދައިދިން ޑީލް ގުޅުން ހުރި ހުރިހާ މީހުންނަށް ދޭނެ ކަޓަށް... ބައި އަޅާ ތަނެއް ބަލަން ރައްޔިތުންނަށް ގޮވާލަން
އޯނާރ
04 September 2019
މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެތް. ތިއީ އޭނަގެ ތަރިކަ މުދައްލެއް ނޫން. މިއޮތްހާ ދުވަހު ކަންތައް ކުރީ ހިތުހުރި ގޮތަކަށް.
ޕޮލިޓީޝަން
04 September 2019
މިހާރުވެސް މިސަރުކާރުގެ ސިޔާސީ އެކި މީހުން ދަނީ މީރާ އަށް އަތްގަދަކޮށް މީރާގެ ނިޒާމު ހަލާކު ކުރަން މަސައްކަތް ކުރަމުން. އެކަން އެހެން ކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ބާގައިގެ މީހުން ވެގެން ފިނޭންސް މިނިސްޓަރ އަމީރުގެ މުށުތެރެއަށް މީރާ ލަނީ.. ދެން ވާނެ ގޮތް ފެންނާނެ.. ފިނޭންސް މިނިސްޓަރ އަމީރު އަދި މިނިސްޓާރ އަސްލަމް އަދި ފައްޔާޒް މިނިސްޓަރގެ ޕްރޮޕެގެންޑާ ފެނިގެންދާނެ ދާދި އަވަހަށް.. މި ނުބައި ރޭވުންތަކުން ސަލާމަތް ކުރައްވާށި
ޕޮލިޓިކޯ
04 September 2019
އެކި ނަންނަމުގަ ތިކިޔަނީ ހުސް އެކައްޗެއް. އެކަމަކު ތިބުނާ މީހާގެ ނުބައިކަން މާބޮޑު. އެއީ އެތާގައި ބަހައްޓާވަރު މީހެއް ނޫން. ނުބައި ނުލަފާ ބޮޑު ޖާހިލެއް އެއީ. ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭނަ ހުދު ކާފޫރަކަށް ނެހެދޭނެ.
ރައްޔިތުންގެ މީހާ
04 September 2019
ދުނިޔޭގަ ލޯ އެންފޯސިންގ އޭޖެންސީ ތަކަކީ މާ ހިތްގައިމު ތަންތަން ކަމަށް ނުވޭ.. ތިޔަ ކޮމެންޓް ކުރާ ހަޖަމް ކުރަން ނޭގޭ މީހުނަށް މިކަންނޭގުނަސް ތަންދޮރުފިލާފައިތިބި މީހުނަށް މިކަން އިނގޭ.. އެހެންވީމަ މީރާގެ ބޮޑު މީހާ އަކީ ވެސް މާ މަގުބޫލު މީހަކަށް ނުވާނެ. އެކަން އެނގިހުރެ ދޯ މަގާމަށް ކުރިމަތިލީ. އެކަން އެނގި ހުރެ ދޯ 9 އަހަރު ޚިދުމަތްކުރީ ކުރަންވާ ގޮތަށް.. އެހެންވީމަ އޯކޭ ހަމަ
ީފޮނިޓައްޕު ހަސަނު
04 September 2019
ތިޔަ ޔަޒީދަކީ ތިޔަތާ އެއް މިނިޓަށް ވެސް ބަހައްޓަން ރަނގަޅު މީހެއް ނޫން. އޭނަ ވަނި ސިޔާސީވެރިންގެ ނުފޫޒުގައި ޖެހި އޭނަގެ ސައިޒުވެސް އޮޅިފައި.
ކޮރަކަލޯ
04 September 2019
ޓެކްސް އިން ބޭކާރު ހަރަދު ތަށް ކުޑަ ކުރުން ފެނޭ އެތަނުގެ ސްޓާފުން ކޯޓް ފަޓުލޫން ލައްވާފަ ހުރުމާއި، ޓީސާޓް ދިނުން ހުއްޓާލުމުންވެސް ވަރަށް ބޮޑަށް ހަރަދު ކުޑަކުރެވޭނެކަމަށް ފެނޭ ކުދި ފިހާރަތަކުން ނަގާ ޖީއެސްޓި ނެގުން ހުއްޓާލަ ދެއްވާ
އާދަމް ޝަރީފް
04 September 2019
ޔަޒީދު އާ އެއްކޮޅަށް އަދި ދެކޮޅަށްވެސް ކޮމެންޓް ތައް ހުރީ ވަރަށް ބެލަންސްކޮށް. މާނައަކީ ޔަޒީދު ޚިދުމަތްތަކެއް ކުރެއްވި ނަމަވެސް ގޯސްކޮށް ކަންތައްތަކެއް ކުރައްވާފަ އެބަހުއްޓޭ. ކިތަންމެ ގަޓްހުރެގެން މަސައްކަތް ކުރިނަމަވެސް ގޯސްކޮށް ކަންކަން ކޮށްގެން ނުވާނެ. ރައީސް އިބްރާހިމް ނާސިރުއާއި ރައީސް ޔާމީން ވެސް ތައްޔިތުންނަށް ބަލައި ނުގަނެވުނު ސަބަބަކީ ދައުލަތު އަތްލެވޭގޮތްވުން. އެހެންކަންކަމުގަ އެ ދެބޭފުޅުންނަކީ ނަމޫނާ ދެބޭފުޅުން.
ކީބޯޑު
04 September 2019
މާނައަކީ ދެތިން މީހަކު ވެގެން މަންޒަރު ބަދަލުކުރަން އުޅުނަސް ޔަޒީދުގެ މަސައްކަތާ ޚިދުމަތް މީހުން ގަބޫލުކުރާކަން. އަދި އެކަން ފުހެވެސް ނުލެވޭނެ ކަން. އެއީ ފޮތެއްގަ ލިޔެފަ އޮތް ޚިޔާލީ ވާހަކަ އެއް ނޫންވީމަ ހިތަން އަރާހާ ގޮތަކަށް ތާރީޚު ތެރެއަށް ވަދެފަ އޮތް އެއްޗެއް ޑިލީޓް ބަޓްން އިން ނުފެންނާނެ ކަން.
ބޮލި މުލައް
04 September 2019
ތިޔަ ފައިސާއަށް ދެން ނޭންގޭނެ ހަމަ ވާނުވާވެސް
ބަސްނާހާތި
04 September 2019
މުއައްޒަފުންލައްވާ މަސައްކަތް ކުރުވާ 8 ގަޑި އިރު މަޑުކުރަން އެބަޖެހޭ. އޮފީސްތަކުގައި މެޭޖަރުންނާ ސްޕަވައިޒަރުންދަނީ މުއައްޒަފުން ބުލީކުރަމުން އަދި އެމީހުންނަށް މުއައްޒަފުން މަގާމު ން ވަކިކިރުމުގެ ބާރ އޮވޭ މުޅި މާހައުލުގައި އޮންނަނީ ބޯޅަޖެހުން، ހަސަދަފިލުވުން. ޕޮލިޓިކަލް ސްފިޔާއަށް ސަމާލުކަންދޭވަރަށް ސޯޝަލްސްފިޔާއަށް ވެސް ސަމާލުކަންދޭންޖހޭ
ފުއްމި
04 September 2019
ބަލަ މަސައްކަތް ކުރަނީ ވާވަރަށް މުސާރަ ދޭތީއޭ. ބަސްއަހާނެ. އަދި ވެސް އަހާނެ. ދެން ވެސް އަހާނެ.