ޚަބަރު / ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު

ރިލްވާންގެ ރިޕޯޓް އެގޮތަށް ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: ފާއިޒް

"ގެއްލުވާލާފައިވާ" މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަފުސީލު ޑްރާފްޓް ރިޕޯޓް، ރަައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަކީ އެ ކޮމިޝަނުން ހެދި ގޯހެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސަށް ވެސް އަރުވައިފަ އެވެ. އަދި އޭގައި ހުރި ބައެއް މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް ހުސްނުއްސުދޫއު ހާމަކުރެއްވި އެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަބްހަތުއްނުސްރާ އާއި އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބައެއް ދިވެހިންގެ އަމަލުތައް ސުއޫދު ވިދާޅުވި އެވެ.

ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓްގައި ހުރި ގިނަ މައުލޫމާތުތަކެއް ދެއްވި ނަމަވެސް އޭނާ ވިދާޅުވީ މުޅި ތަހުގީގު އަދިވެސް ނުނިމޭ ކަމަށެވެ. އެކަމަކު ރިލްވާންގެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ ނަންތައް އޭނާ ހާމަކުރެއްވި އެވެ.

Rilwan vagah negumaa behey biruveri vaahaka thakeh!

Rilwan vagah negumaa behey biruveri vaahaka thakeh!

The most trusted news source in the Maldives

Mihaaru

ރިލްވާން ވަގަށް ނެގުމާ ގުޅޭ ވާހަކަތައް--

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސުއޫދު ވަނީ ޑްރާފްޓްގެ ތަފްސީލު ރިޕޯޓާއި ހުލާސާ ރިޕޯޓް އަރުވައިފަ އެވެ. އޭގެ ތެރެއިން ހުލާސާ ރިޕޯޓް މަޖިލިހުގެ ވެބްސައިޓްގައި އާންމުކުރި އެވެ. އޭގައި ވެސް، ރިލްވާން "ގެއްލުވާލުމު"ގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން އޭގައި ބައިވެރިވާ މިންވަރު ހިމެނެ އެވެ.

ނަޝީދު ވަނީ ތަފްސީލީ ރިޕޯޓް، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދެއްވައިފަ އެވެ. އެކަމަކު ފަހުން އެ ރިޕޯޓް އަތުލެއްވި ކަމަށް އެނގިފައިވެ އެވެ. މައްސަލަ އަކީ، ކުރިއަށް ދާ ތަހުގީގަކަށް ވެފައި، ރިޕޯޓްގެ ތަފްސީލު ޑްރާފްޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އެހެން ބަޔަކަށް ލިބުމެވެ. މަޖިލިހުގެ މެމްބަރުންގެ އަތުގައި ޖެހޭ އެއްޗެއް ވިއްޔާ އަބަދުވެސް ކޮންމެވެސް އެހެން ބަޔަކަށް އެ ފެނުނުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން ރިޕޯޓްގެ ތަފްސީލު ޑްރާފްޓަކީ ވެސް މިހާރު، މިވަގުތު އެ ތަހުގީގުގެ ބައެއް މައުލޫމާތު އެނގެން ނުޖެހޭ ބަޔަކަށް ލިބޭނެ ފުރުސަތެއް ކަމަށް ބެލެވެ އެވެ.

މާފުށީ ޖަލުގައި 2003 ގައި އީވާން ނަސީމް މަރާލުމާއި ސިފައިން ބަޑި ޖަހައި އިތުރު ގައިދީންތަކެއް މަރުވި ހާދިސާ ތަހުގީގުކުރަން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ރިޔާސީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ފާއިޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓް ޖަމާއަތްތަކަކަށް ނިސްބަތްވާ ތަހުގީގު ރިޕޯޓެއް އެގޮތަށް ހާމަކުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށެވެ.

އޭގެ ސަބަބުން ހެކި ނައްތާލުމުގެ ފުރުސަތު، ތުހުމަތުކުރެވޭ މީހުންނަށް ލިބޭނެ ކަމަށާއި އަދި ޝަރީއަތުގައި ހެކިބަސް ދޭން ހެކިން ދެކޮޅުހެދުމަކީ ވެސް ވުން ވަރަށް ގާތް ކަމެއް ކަމަށް ފާއިޒް ވިދާޅުވި އެވެ.

"އެ ކޮމިޝަނަށް މައުލޫމާތު ދިނީ ކޮން ބައެއްތޯ އެ ޖަމާއަތްތަކުން ބަލާނެ. މިއީ އެ މައުލޫމާތު ދިން މީހުންނަށް ވެސް ކުރިމަތިވާނެ ނުރައްކަލެއް. މިއީ ކޮށްގެން ނުވާނެ ކަމެއް،" ފާއިޒް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު، މިދިއަ އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިލްވާންގެ މަައްސަލާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސައިން ވަހީދު / މިހާރު

"ތަހުގީގުގައި އެއްބާރުލުން ދިން މީހުން ޝަރީއަތުގައި ހެކިބަސް ނުދިނުން ވެސް އެކަށީގެންވޭ މިވީ ގޮތުން. މީގެ ކުރިން ވެސް އެކަހަލަ ކަންކަން ހިނގާފައި އެބަހުރި."

ތަހުގީގީ ދާއިރާ އާއި ޝަރުއީ ދާއިރާގެ ގިނަ މީހުންގެ ކަންބޮޑުވުމަކީ، ނުނިމޭ ތަހުގީގެއްގައި ހިމެނޭ ބައެއްގެ ނަންތަކާއި ހެކިންގެ ތަފްސީލު ހިމެނޭ ޑްރާފްޓެއް ނަމަވެސް، ކަމާ ނުގުޅޭ ބައެއްގެ އަތަށް ލިބުމެވެ. ރައްޔިތުންގެ މަޖިލިސް ވެސް ހިމެނެނީ، މިވަގުތު އެ ތަހުގީގާ ނުގުޅޭ ބައެއްގެ ގޮތުގަ އެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ ބާރު ގާނޫނުން ރިޔާސީ ކޮމިޝަނަށް ދީފައިވާއިރު އެކަން ނުކޮށް ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހާމަކޮށްގެން ނުވާނެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ތަހުގީގު ފުރިހަމަވާނީ ތުހުމަތުކުރެވޭ މީހުންގެ ބަޔާންތައް ނެގުމުންނެވެ.

44 ކޮމެންޓް, 82 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 2%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު ހާން

05 September 2019

މި ރިޕޯރޓް ހާމަ ކުރުމުން ބިރުވެރިކަން ހިތަށް ވަދެއްޖެ، މިއީ ވަރަށް ނުރަށްކާތެރިކަމެއް، ރާޢްޖޭ ދެން މިއޮތީ ވަރަށް ބިރުވެރިކަމެއްގެ ތެރޭގައި މި ރިޕޯރޓް ހާމަ ކުރީ ކަންކަން ހަމަޖެހިފައި އޮތް ޤަވާޢިދާ އުޞޫލު ތަކާ ޚިލާފަށް މަޖިލިހުގެ މެންބަރުން ކޮބައިތޯ، ތިޔަހައްދަވާ ކޮމެޓީތައް ހައްދަވައިގެން މިކަންވެސް ބަލަން ކޮމެޓީއެއް ހައްދަވާ މިކަން ކުރި މީހުންނަށް ފިޔަވަލޫ އަޅަންޖެހޭ. އަދި ރައީސްއަށްވެސް ގޮވާލަން މިކަންބަލާ ތަހުޤީޤް ކުރަން، ނޫނީ މިއީ ސިޔާސީ -----

The name is already taken The name is available. Register?

ނެގުނުކަތީބު

05 September 2019

ބަލަގަ ރިޕޯޓަކީ އަދި އަޞްލެއް ނޫނޭ. އެއީ ޚިޔާލީ އެއްޗެއް. އޭ ދޫކޮށްލީމާ އަޞްލު މީހުން ނުކުމެ މޭފުއްޕާލާނެ. އަހަރެމެންވާ މިތިބީ ސަލާމަތްވެފައޭ. އެވީ ބޭނުންވާއެތި. މަޑުކޮށްބަލަ.............

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

05 September 2019

ކުށްތަށް ހިނގާގޮތާއި ކުށްކުރާމީހުން ހާމަނުކުރާތީ ކުށްކުރުން އިތުރުވަނީ. މަށަށް ފެންނަ ގޮތުގައި އާންމުންގެ ތެރެއިން ބަލަން ބޭނުން ކޮންމެ މީހަކަށް ވެސް ފެންނަގޮތަށް ބާއްވަންވީ:

The name is already taken The name is available. Register?

ސޭފު

05 September 2019

ސުއޫދަށް ގާނޫނީ ވަކިީލުކަމުގެ ހުއްދަދިިނީ ކާކުބާ؟ ސުޢޫދުގެ ފެންވަރާއިި މަޤްޞަދު ވަރަށް ސާފުކޮށް އެނގިިއްޖެ..

The name is already taken The name is available. Register?

ދަންނަ

05 September 2019

ބަޔަކު ބުރަ މަސައްކަތުން ކަމެއް ކޮށްފަ އޭގެ ނަތީޖާދެއްކީމަ ކޮންމެސް ފިމާލަކުން ކަމާ ނުބެހޭ މީހަކު އިރު އިރު ކޮޅާ ކޮންމެވެސް އެކައްޗެއް އެބަކިޔާ ތިމާވެސް ގެ ވެސް މޮޅުކަން ދައްކަން ވެގެން. ބަލަ ތި ކޮށްގެން ވާނެ ކަމަކީ ކޮބާ؟ 5 އަހަރު ވެގެން ފިޔައިރު ކަނަތައްތައް ސިއްރުކޮށް ފޮރުވީ އެއްނު. ރިލުވާނު މަރާލި ހާދިސާ ތަހުގީގު ކުރުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫނެއްނު

The name is already taken The name is available. Register?

މުހައްޒަބު

04 September 2019

ހުސްނުސޫދު ބޭނުންވަނީ އުއްތަމަ ފަނޑިޔާރުކަން.

The name is already taken The name is available. Register?

އީދުކަޅުބެ

04 September 2019

ފުލުހުންގެ ފަރާތުން ފިލާވަޅު ލިބިގެން ކަންކުރާނަމަ ތިޔަހެންނުވާނެއެވެ. ފުލުހުން ވިދާޅުވާނީ ތަޙްޤީޤު ނުނިމޭ މައްސަލައެއްވީމަ ހާމަކުރެވެންނެތްކަމަށެވެ.

The name is already taken The name is available. Register?

Naseem

04 September 2019

އެއަށްވުރެކުރިޔަށްދެވޭނެގޮތެއްނެތިގެން ގަސްދުގައިކުރިކަމެއް ސޫދަކީވަރަށްވިސްނުންތޫނުގާބިލުމީހެއް

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

04 September 2019

ތިޔަ ރިޕޯރޓް ރައްޔިތުންނަށް ހާމަކުރުމަކީ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި މަމެންދެކެން. އެހެނީ އެފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ރައްޔިތުން ދެނެގަނެ އެފަރާތް ތަކާއި މެދު ހުޝިޔާރުވެ ތިބުމަށް ރައްޔިތުންނަށް ލިބުނު ފެހި ސިގްނަލެއްކަމަށް މަމެން ދެކެން. މިހާރު ރައްޔިތުން ޤަބޫލު ކުރޭ މިރާއްޖޭގައި ތިޔަ ބުނާ ބައިގަނޑެއް ޖަމާއަތް ޖަމާއަތް ހަދައިގެން އުލޭކަން. އަދި އެފަދަ ބައިގަނޑެއްގެ އެތެރެއަށް އެމީހުންގެ ދަރިން ނުފޮނުވަންވެސް އެގެން ލިބުނު ފުރުޝަތެއް.

The name is already taken The name is available. Register?

ބައްލަވާ އެމްޕީ

04 September 2019

ތިޔައަށް ވުރެ ބޮޑު މައްސަލައެއް ދެއްތޯ ރިޕޯޓުގައި ބުނާ ރިލްވާނުގެ ގާތިލުންތަށް މިހާރުވެސް މިނިވަންކަމާއެއްކޮށް ރާވާނެ ރޭވުމެއް ރާވަން ދޫކޮއްލާފައިވާކަން. މިކަމާ ފިކުރުކޮއްބަލަ. ރިޕޯޓުދިނުމެެއްނޫން މައްސަލައަކީ!

The name is already taken The name is available. Register?

އަލީމްބާ

05 September 2019

ބަލަ ރިޕޯޓެއްގަ ޝައްކު ކުރެވެޔޭ ޖެހިޔަކަސް ހައްޔަރެއް ނުކުރެވޭނެ ދޯ. ސުވާލަކީ ތިހާ ވިސްނުން ތޫނު ވަކީލަކު، އެ ޝައްކު ކުރެވޭމީހުންގެ ބާޔާން ނުނަގާ ކީއްވެހޭ މިނަންތައް އާންމު ކުރީ. މިވީގޮތުން މިކަމުގައި ޝާމިލް ވާމީހުންނައް ފިލުމާ ހެކިނައްތާލުމާ ބަޔާން ދެވޭނެ ފަދަ މީހުނައް ބިރުދެއްކުން ފަދަކަން ކަން ކުރެވޭނެ. މިކަން މިކުރީ ރިލްވާނުގެ އާއިލާޔައް ހާގީގަތް ހާމަކޮއްދޭކަން ނޫން، މިކަން މިކުރީ ހަމަ އެހެން ވެރިން ކުރި ފަދައިން ސަޕޯޓު ހޯދަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454