އެމެރިކާ އިން ބުނެފައި ވަނީ އީރާނުގެ މިސައިލް ޕްރޮގްރާމް ކުރިއެރުވުމަށް އެ ގައުމުން ޖައްވީ ޕްރޮގްރާމް ހިންގަން ފުރުސަތު ނުދޭނެ ކަމަށް. --ފޮޓޯ:އޭޕީ
04 ސެޕްޓެމްބަރ 2019 - 11:01
ވޮޝިންޓަން (ސެޕްޓެމްބަރު 4) - އީރާނުގެ ޖައްވީ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އިއްޔެ އަޅައިފި އެވެ.
އެމެރިކާ އިން ބުނީ އީރާނުން ދާދި ފަހުން އުދުއްސާލަން އުޅުނު ރޮކެޓެއް ގޮވުމަކީ، އެ ގައުމުން މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދަން އުޅޭކަމުގެ ހެއްކެއް ކަމަށެވެ.
"އީރާނުން ޖައްވީ ޕްރޮގްރާމެއް ހިންގަނީ ކަމަށް ބުނެ އެ ގައުމުން ބެލިސްޓިކް މިސައިލް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެމެރިކާ އިން ނުދޭނެ،" ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ. "އޮގަސްޓް 29 ވަނަ ދުވަހު އީރާނުން އުދުއްސާލަން އުޅުނު ރޮކެޓުން ވެސް ދޭހަވޭ އެ ގައުމުގެ ނުރައްކާ އޮތް މިންވަރު."
ޕޮމްޕެއޯ ވިދާޅުވީ އެމެރިކާ އިން ފިޔަވަޅު އަޅަނީ އީރާނުގެ ސްޕޭސް އެޖެންސީ އާއި އެ ތަނާއި ގުޅިފައިވާ ދެ ރިސާޗް ސެންޓަރަކަށް ކަމަށެވެ.
"މިއީ އީރާނުގެ ޖައްވީ ޕްރޮގްރާމަށް އެއްބާރުލުން ނުދިނުމަށް ބައިނަލްއަގުވާމީ ސައެންޓިފިކް ކޮމިއުނީޓީ އަށް ވެސް ދޭ އިންޒާރެއް. މި ރޮނގުން އީރާނަށް އެއްބާރުން ދީފި ނަމަ އެއީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން ވެވޭ އެހީއެއް،" ޕޮމްޕެއޯގެ ބަޔާނުގައި ބުނެފައި އެވެ.
އީރާނުން މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓް ކުރަން އުޅުނު ރޮކެޓެއް ގޮވި މަންޒަރުގެ ފޮޓޯއަކާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެކަމުުގައި އެމެރިކާ އިން ކުރާނެ ކަމެއް ނެތް ކަމަށެވެ.
އީރާން ސަރުކާރުގެ ތަރުޖަމާން އަލީ ރާބިއީ ވިދާޅުވީ ރޮކެޓް ގޮވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި އެކަން ހިނގީ ޓެސްޓް ސައިޓެއްގައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
04 September 2019
ރާއްޖެވެސް މިސަނީ އިންޑިޔާ އެމެރިކާގެ އަތްދަށުވަމުން. ޤައުމުދެކެ ލޯބިނުވާ މީހުން އެމްޑީޕީގަ ތިބެނީ.
ފީކުދަން
04 September 2019
އެމެރިކާއަށް ހުރިހާކަމެއްކުރެވޭ. އެކަމަކު އެހެން ބަޔަކަށް ދުނިޔެއާއި މެދު ވިސްނާލުން ވެސް މަނާ. މިއީ ކޮންކަހަލަ އިންސާފެއް. އެމެރިކާއާ ދެކޮޅަށް މުޅި ދުނިޔެތެދުވަންވެއްޖެ. އަދި އދ ގެ މައި އިދާރާ އެމެރިކާއިން ބޭރުކުރަންވެއްޖެ.
މޯދީ
04 September 2019
ނުވާނެ ކަންތައްތަކުގެ ވ/ަހަކަ އުހަށް ބާއްވާފަ، އަމިއްލަ ގައުމުގެ ހާލަތާއިގެން ކުރިޔަށް ދެވޭތޯ ބަލަން ވީ ނޫންތޯ!