ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

އޮސްޓްރޭލިއާގައި ހުރި ކުއްޖާ އަށް ވިސާ ދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

އޮސްޓްރޭލިއާގައި ދިރިއުޅޭ ކައިބާން އަދި އޭނާގެ ބައްޕަ.

ސިއްހީ މައްސަލަތަކެއް ހުރި ދިވެހި ފިރިހެން ކުއްޖަކު އޮސްޓްރޭލިއާ އިން ފޮނުވާލަފާނެ ކަމުގެ ބިރު އޮތުމުން ވިސާ ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން މިއަދު އެދިއްޖެ އެވެ.

މިގޮތަށް އެދިވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލު ކުރައްވަ އެވެ.

ޝާހިދު ކުރެއްވި ޓުވީޓު.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށްޓަކައި އެ ކުއްޖާ އަށް ވިސާ ދިނުމަށް އެ ބައްދަލުވުމުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އެކަމުގެ ތަފްސީލެއް ޝާހިދު ނުދެއްވަ އެވެ.

ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ދެ އަހަރުގެ ކައިބާން ޖަމްޝާދު އުފަންވީ އޮސްޓްރޭލިއާއަށެވެ. ހިމޮފީލިއާގެ އިތުރުން އުފެދުމުގައި ސިކުނޑި އަށް ގެއްލުންތައް ލިބިފައިވެ އެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ ފަރާތްތަކަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ. އޮސްޓްރޭލިއާގެ އޭބީސީ ނިއުސް އިން ބުނީ އެކަންކަމަށް ކޮންމެ ހަފުތާއަކު ވެސް ފަރުވާ ހޯދަން ޖެހޭ ކަމަށެވެ. އެހެންވެ އެ ކައިބާން އަށް ވެސް ވިސާ ނުދޭން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ނިންމައިފައިވާ ކަމަށް އޭބީސީން ބުނެ އެވެ.

ކައިބާނަށް ވިސާ ނުލިބިދާނެ ކަމުގެ ބިރު އޮތުމުން، "ސޭވް ކައިބާން" ނަމުގައި އޮންލައިންކޮށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ދާދި ފަހުން ފެށި އެވެ. އެ ޕެޓިޝަންގައި މިހާތަނަށް 30،000 އެއްހާ މީހުން ސޮއިކުރި ކަމަށް ދައްކަ އެވެ.

އޭބީސީން ބުނާ ގޮތުގައި ކައިބާން އަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ނުލިބޭނެކަން އަންގައި، ވެސްޓަން އޮސްޓްރޭލިއާގެ ހިމޮފީލިއާ ސާވިސް އިން ހޯމް އެފެއާޒް ޑިޕާޓްމެންޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ހޯމް އެފެއާޒް އިން ނިންމީ، އޭބީސީން ބުނި ގޮތުގައި، އެ ކުއްޖާ އަށް ވިސާ ދޭން ޖެހޭ ފަދަ ކަންތައްތަކެއް ހުރި ކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ.

އޭބީސީން ބުނީ ކައިބާން ވިސާ ނުދިނަސް، އާއިލާގެ އެހެން މެމްބަރުންގެ ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. ކުއްޖާގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތްކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ އެވެ.

6 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 27%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

05 September 2019

އިންސާނީ ހައްގޭ ކޮމާންޑޭ ކިޔައިގެން ވާހަކަ ދައްކާ ގައުމު ތަކުގެ ފެންވަރު. 1.9 މިލިއަން މީހުންގެ ރަށްވެހިކަން ފޭރިގަތީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީން.ބަލި ކުއްޖަކު އެގައުމެއްގަ ހުރެގެން އެއީ މައްސަލައަކަށް ހެދީ ގައުމުގެ އަސްލު ވަޒަންވެރިން ބާކީ ކުރި އޮސްޓްރޭލިޔާއިން.އަދިވެސް މިމީހުން އަޑުގަދަކޮށް ކިޔާނެ އިންސާނީ ހައްގޭ ކުރެދިއޭ ކޮމާންޑޭ.ދިވެހިސަރުކާރުން މިކަމުގަ މަސައްކަތްކުރާތީވެ އުފާކުރަން.ވ.ވ.ވެދުން

The name is already taken The name is available. Register?

މަހަމަގަބީ

05 September 2019

އެދި އެދި ނުތިބެ މިގައުމު ފުރިހަމަ މާނައިގަ ތަރައްގީ ކުރާނީ ކޮންއިރަކު؟

The name is already taken The name is available. Register?

އަހްމަދުކަލޯ

05 September 2019

މިހިރީ ތިޔަބުނާ އިންސާނިޔަތުކަން ފުރިހަމަވެ ޑިމޮކުރަސީ ފައްކާވެފަ ހުންނަ ގައުމުތަކުގެ ހާލަތު

The name is already taken The name is available. Register?

ިއިޔެ

05 September 2019

މިއާއިލާއިން މިކަމާއި އުޅޭތާ އެތައް ދުވަހެއްވެއްޖެ. ވިސާ ދޭނެ ކަމުގެ ފުރުސަތު ނުހަނު ބޮޑު. ސަބަބަކީ ނުކުޅެދޭ ކުއްޖަކަށް ވިސާ ނުދީ ފޮނުވާލައިފި ނަމަ އޮސްޓްރޭލިއާ ރައްޔިތުން އުތުރި އަރާނެ. ސަރުކުރާރުން ނޫޅުނު ދުވަހުވެސް އޮސްޓރޭލިއާގެ ބައެއް އިސް ސިޔާސީ ބޭފުޅުން އަމިއްލަ ކަމެއްގޮތުގައި މިކަމުގައި ދިޔައީ އުޅެމުން.

The name is already taken The name is available. Register?

ސުޖާު އިއްބެ

05 September 2019

ޢަބްދުﷲ ޝާހިދުގެ މާކެޓިންގ އަށް ކިހާވަރެއް ހޭދަކުރޭތަ.

The name is already taken The name is available. Register?

ޢަލީނޫރައްދީން

05 September 2019

ވިސާ ދޭން މަޖުބޫރު ނުކުރެވޭނެ ދެއްތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454