ފެލިދޫގެ ބަނދަރު ބޮޑުކުރަން ވީ އެއްބަސްވުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ބަދަލުކުރަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 ސެޕްޓެމްބަރ 2019 - 15:15
ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު އެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ވ. ފެލިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އާއި އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު އެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ. މި ދެ މަޝްރޫއު އަށް 26.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.
ވ. ފެލިދޫ ބަނދަރު ބޮޑުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި.
— Ministry of National Planning and Infrastructure (@PlanningMV) September 5, 2019
ދައުލަތުގެ ބަޖެޓުން 18,508,697.10 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެއް. pic.twitter.com/eDs3DimkQQ
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ މި ރަސްމިއްޔާތުގައި ވިދާޅުވީ ފެލިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގައި 61 މީޓަރުގެ ބޭރު ތޮށްޓެއް ލާނެ ކަމަށެވެ. އަދި 180 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 126 މީޓަރުގެ އެއްގަމު ތޮށްޓެއް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއު ފުރިހަމަ ކުރަން ހަތް މަސްދުވަހުގެ މުއްދަތެއް ކަނޑައަޅާފައި ވެ އެވެ.
ފެލިދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އަށް 18.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ.
ރަސްދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާއިން ރާއްޖެ އަށް ދީފައިވާ ހިލޭ އެހީގެ ދަށުން ކަމަށް ޝަނާ ވިދާޅުވި އެވެ. ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ މި މަޝްރޫއު އަށް 7.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށު ގޮނޑުދޮށުން 200 މީޓަރުގެ ސަރަހައްދެއް ހިމާޔަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވަނީ ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފަ އެވެ. މި ހަތަރު މަޝްރޫއު އަށް 162 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހާ
05 September 2019
ވ. ފެލިދޫ އަކީ އާބާދީ ކުޑަ ރަށެެކެވެ. އިންޖީނުލީ އުނޅަދުފަހަރާއި މަސްވެރިކަމުގެ އުނޅަދުތައް މަދެވެ. ދަތުުރުވެރިން މަޑުކުރާ މަންޒިލެއް ނޫނެވެ. ދެން ބަދަރު ބޮޑު ކުރަނީ ކީއްވެބާ؟؟