ހއ. އިހަވަންދު އާއި ރ. މަޑުއްވަރީގައި ބަނދަރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އެއްބަސްވުމުގައި އެ ތަނުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.
ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މަޑުއްވަރީގައި ބަނދަރު ހަދަން 68.6 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ. އެ ރަށުގައި ހަދާ ބަނދަރުގައި 411 މީޓަރުގެ ބޭރުތޮއްޓަކާއި 566 މީޓަރުގެ އެއްގަމު ތޮއްޓެއް ހިމެނޭ ކަމަށް އެތަނުން ބުންޏެވެ. މި މަސައްކަތް ކުރަން އެއް އަހަރާއި ހަތް މަސް ކަނޑައަޅާފައި ވެ އެވެ.
އިހަވަންދޫގައި ބަނދަރު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަޝްރޫއު ފުރިހަމަކުރަން އެއް އަހަރާއި އެއް މަސް އެމްޓީސީސީ އަށް ދީފައި ވެ އެވެ.
އިހަވަންދޫ ބަނދަރުގެ ބޭރު ތޮށީގައި 284 މީޓަރުގެ ހުންނަ އިރު، އެއްގަމު ތޮށީގައި ހުންނާނީ 95 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.