ޝެއިޚް ހުސައިން ރަޝީދު: ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓްރީ ކަމަށް އޭނާ ވަނީ އައްޔަން ކުރައްވާފައި -- ފޮޓޯ/އެމްޑީޕީ
07 ސެޕްޓެމްބަރ 2019 - 12:45
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ޝައިޚް ހުސައިން ރަޝީދު އަހުމަދު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް ހުސައިން ރަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް ވަނީ އެނގިފަ އެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.
އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހުސައިން ރަޝީދު އައްޔަން ކުރެއްވުމާ އެކު، ފޮރިން މިނިސްޓްރީގެ އެ މަގާމުގައި ތިން ބޭފުޅަކު ތިއްބަވާނެ އެވެ. އެއީ ހުސައިން ރަޝީދުގެ އިތުރުން އަމީން ޖާވީދު ފައިސަލް އާއި އަހުމަދު ޝިއާން އެވެ.
ޝައިޚް ހުސައިން ކުރިން ވަނީ އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަފީނާ
08 September 2019
އެހެނު ވާނީ އޭނާގެ އައިޝާ މިދިޔަ ދައުރުގަ ރާެއްޖޭގެ އަގު ވެެއްޓުން ނޫންކަމެއް ނުކުރޭ... އެކަމުގެ އަގު މީ...
މުހައްމަދު މާޖިދު
08 September 2019
އެޑިޝަނަލް ސެކްރެޓަރީ.... ދުވަސްކޮޅަކުން ފެންނާނެ ސީނިއަރ އެޑިޝަނަލް ސެކްރެޓަރީވެސް.. އެޖެންޑާ19 ހަމަ ތަފާތީއޭ.. ދެން ރައްޔިތުންނަށް އޮތީ ބާރަށް އަތްޖެހުން.. ދެން އަތްޖަހާ
އެޑްމުންޑޯ
08 September 2019
އަންހެނުން ފަނޑިޔާރުކަން ކުރަން ގަދައަށް ވަކާލާތުކުރީ މިހެންވެގެންކަން އޭރުވެސް ލަފާކުރެވުނީ ، އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްމީ
ހަސަދު
08 September 2019
ސާބަހޭ ކޯލިޝަން ސޯލިހަށް. ގައުމައިގެން ފަހަތަށް. ނާގާބިލް ކަން ފެންނަމުން އެބަދޭ.
ޝަހީދޫ
08 September 2019
ފޮރިން ދާއިރާގެ އެއްވެސް މަގާމެއް ނުފުރާ ތަޖުރިބާއެއް ނެތް މީހަކަށް ތިފަދަ ވަޒީފާ ދޭން ޖެހިލުމެއްވެސް ނުވޭތޯ؟
ޤާސިމް
07 September 2019
މިކަމަކީމީ މިމީހާ ކޮންމެވެސް އަރަބި ގައުމެއްގަ ދިރިއުޅެވޭނެ ގޮތް ހަދައިދޭން އުޅުމުގެ ފެށުންހެން ހީވަނި. މީނަދެން އެމަގާމުގަ ކީއްބާކުރާނި؟؟ އެދާއިރާއިން ކިޔަވައިފަ ތިބި ކުދިނގެ މޫނުމަތީގަ އަޅަލި ތަފާލެއްމީ!!
ނަޖާހު
08 September 2019
މީނަ ކިޔަވަން ފުރުސަތު ފަހި ކޮށްދެނީ
ނެޑް
07 September 2019
ލޮލް. ޕޮލިޓިކްސް!
ޙަސަނާ
07 September 2019
ކަލޯ ހަސަނައް ތިޔައޮތީ ނުވެގެން އަގަތެލި ކަންތައް އިބޫ ކޮއްދީފަ ދެން ގީބަބުނުމާ ނެތިމޮށުމާ މީހުންގެ އަބުރު ކަތިލުން ޖަޒީރާ މެކުހައްޖަހާ...
ޕޯކެމަން
07 September 2019
މަޤާމްތައް ގިނަވެގެންގޮސް މިހާރު އެޑިޝަނަލްއަށް ބަދަލުވީ. އަޖާއިބު މީދެން ވައްކަމަކަށް ނުވޭތަ. ބަލަ އަހަރެންގެ އަތުން ޖީއެސްޓީ ފެލައިގެން މިދެނީ ޕާޓީ ކުދިންނަށް.
ސިގުނަލް
07 September 2019
ސަރުކާރު އޮތީ ހަމައިން ނައްޓާފަ