ޚިޔާލު / ރައްޔިތުންގެ މަޖިލިސް

އޮޅުން ބޮޅުން: ޤާނޫނު ހެދުމުގެ ދާއިރާ އިން ހިންގުމުގެ ދާއިރާ އަށް ވަދެވެނީ ބާ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިދިޔަ ހަފްތާގައި ހިނގަމުންދަނީ: މަޖިލީހަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ނަޒާހާތްތެރި ތަނަކަށް ހަދަން ޖެހޭ. ފޮޓޯ: މަޖިލިސް

އަޙްމަދު ޢަބްދުﷲ

12 ސެޕްޓެމްބަރ 2019 - 06:54

8 comments

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ތަފާތު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތާ މެދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހިތްހަމަޖެހުން އޮންނަކަން އިވޭ އަޑުތަކުން އެނގެ އެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ހިނގާ މަސައްކަތްތައް ރައްޔިތުންނަށް އެންގުމަށްޓަކައި ލައިވްކޮށް ފޮނުވަން ފެށުމުން، މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފު ވެގެން ދެ އެވެ. މިހެން ވުމުގެ ސަބަބުން ރައްޔިތުން ތަމްސީލު ކުރުމަށް ހޮވާފައި ތިބި މަންދޫބުން މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރާ ގޮތް ރައްޔިތުންނަށް ދަައްކަން ބޭނުން ވާނެ އެވެ. އެ ގޮތަށް ދެއްކޭ މަސައްކަތުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް، ނުވަތަ ރައްޔިތުން ޤަބޫލުވާ ގޮތަށް ވާހަކަތައް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަން ވެސް ޔަގީނެވެ. ސަބަބަކީ ފަސް އަހަރު ދުވަހަށް ފަހު އެ މެމްބަރުންނާއި ރައްޔިތުންނާ ކުރިމަތިލާން ޖެހޭނެތީ ވެއެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެތީ ވެއެވެ.

ރައްޔިތުންގެ މަޖިލިސް ފެންނަނީ ވެސް ވަރަށް ހަރަކާތްތެރި މަޖިލީހެއްގެ ގޮތުގަ އެވެ. ކަންކަން އަވަހަށް ނިންމުމަށް ބާރު ލެވޭ ތަން ވެސް ފެނެ އެވެ. އެހެންނަމަވެސް މި ގޮތަށް ލެވޭ ބައެއް ބާރުލުމުން ފެންނަނީ ކަމެއް ނެތި ހަމައެކަނި ނަމަކަށް ކުރެވޭ ކަމެއްގެ ގޮތުގަ އެވެ. މިސާލަކަށް ދަންނަވާ ނަމަ ކަމެއް އޮންނަ ގޮތެއް ބަލައި ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ފޮނުވުމަށް، މައްސަލައެއް ކޮމިޓީއަކަށް ފޮނުވުމުން ހަމަ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި އޮންނަ މަޖިލީހުގެ ޖަލްސާއަކަށް ކޮމިޓީގެ ނިންމުން ގެނެވޭތަން ވެސް ފެނެ އެވެ. މައްސަލަ ފޮނުވި ކޮމިޓީގައި ތިއްބެވި މެމްބަރުންނަކީ މައްސަލައާ މެދު ވަރަށް ބޮޑަށް އަހުލުވެރި އަދި ތޫނުފިލި ބޭފުޅުންނަށް ވެއްޖެ ހިންދެއްގައި އެ މައްސަލަ ފޮނުވުމާ އެކު ގޮތެެއް ނިންމާފައި އަނބުރާ މަޖިލީހަށް ފޮނުއްވި ދާނެ އެވެ. ނަމަވެސް އެފަދަ މައްސަލައެެއް އެހާ އަވަހަށް މަޖިލީހަށް ގެންދިއުމަށް އެޖެންޑާ ކުރެވެނީ ކިހިނެއްތޯ އެވެ؟ ޖަލްސާގެ އެޖެންޑާ އޮންނާނީ ކުރިން އިއުލާން ކޮށްފަ އެވެ. ނުވަތަ މެމްބަރުންނަށް ފޮނުވިފަ އެވެ. މަޖިލީހުގެ އާ ޤަވައިދު ބުނާ ގޮތުން ތިން ދުވަހުގެ މުހުލަތެއް ދޭން ޖެހޭ ކަމަށް ވެއެވެ. އަވަސް ލޭނުން މަޖިލީހުގައި ކަންތައް ކުރުމުގައި ވެސް ބަލައިގަނެވޭ އުސޫލުތަކެއް އޮވެ އެވެ. މަޖިލީހުގައި އޮންނަން ޖެހޭ، އަދި ދައްކަން ޖެހޭ ޑިމޮކްރެޓިކް ރޫހާ ފުށުއަރާ ގޮތަށް ކަންތައް ކުރިއަށް ގެންދާ ތަން ފެނުމަކީ އުނދަގޫ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީ ހެވެ. އަދި މަޖިލީހުން ފާސްކުރާ ގާނޫނުތައް، އެ ގާނޫނުތައް ތަންފީޒު ކުރުމަށް ހަވާލުކުރާ ތަންތަނުން ގާނޫނާ އެއްގޮތަށް ކުރޭތޯ ބަލަން އޮންނަ ތަނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ގާނޫނުގައި އޮތް ގޮތަށް ތަންފީޒީ އިދާރާތަކުން ކަންތައް ކުރޭތޯ ބަލައި ޖަވާބުދާރީ ކުރުވަން އޮންނަ ތަނެވެ. ބައެއް މުހިއްމު މުއައްސަސާތައް ޑެމޮކްރެޓިކް ކުރުމުގެ ނިޔަތުގައި، އަދި އެ މުއައްސަސާތަކުގެ މުހިއްމުކަމުން ކަންތައް ހިނގާ ގޮތް ވަގުތުން ސާފުކޮށް ރައްޔިތުންގެ މަޖިލީހަށް އެނގެން ބޭނުންވާތީވެ އެ މުއައްސަސާގައި ރައްޔިތުންގެ މަޖިލިހުން ބައިވެރިވާ ގޮތަށް ހަމަޖެހިފައި އޮވެ އެވެ. މިހެން މިކަން އޮތް ކަމުގައި ވިޔަސް އެ މުއައްސަސާއަކުން ނިންމާ ކަމެއް ނުވަތަ ނިންމުމަށް ރޭވިފައި އޮތް ކަމެއް އިޢްލާނު ކުރެވެން ވާނީ އެ މުއައްސަސާއަކުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ އެ މުއައްސަސާގެ ރައީސަކަށް ވިޔަސް އެކަމެއް އިއުލާން ކުރެވެން ވާނީ އެ މުއައްސަސާއެއްގެ ތެރެއިންނެވެ.

ރިޔާސީ ކޮމިޝަނުތަކުން ހިންގާ ތަހުގީގުތައް މަޖިލީހަށް ފޮނުވެން ޖެހޭ ހާލަތެއްގައި، ފޮނުވެން ވާނީ އެފަދަ ތަހުގީގުތަކުގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. ކޮމިޝަނަކުންނެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ސަބަބަކީ އެ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނަކަށް ވާތީ ވެ އެވެ. ޖިނާއީ ތަހުގީގެއް ކުރުމަށް ފަހު ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭ ހާލަތެއް އަންނާނީ އެ ރިޕޯޓަށް އަމަލު ކުރުމަށް ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ އެވެ. އަނގަތަޅާލަން، އެއްޗެތި ގޮވާލަން، އެތެރޭގައި ހުރި އުދާސްތައް ބޭރުކުރުވުމުގެ ނިޔަތުގައި އެފަދަ ރިޕޯޓެއް މަޖިލީހަށް ހުށައެޅުމުން، މަޖިލީހުގެ ވަގުތު ބޭކާރު ވެގެން ދާނެ އެވެ. މަޖިލީހުގައި އެ ބޭފުޅުން ހޭދަކުރައްވާ ކޮންމެ މިނިޓަކަށް އެވްރޭޖްކޮށް އެތައް ސަތޭކަ ރުފިޔާ އަޅުގަނޑުމެން ޓެކްސަށް ދައްކާ ފައިސާ އިން އެ ބޭފުޅުންގެ މުސާރަ އާއި އެހެނިހެން އިނާޔަތުގެ ގޮތުގައި ހޭދަކުރެވެ އެވެ. އެއްބަސްވަމެވެ. ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެ އެވެ. ފުރިހަމަ ނުވެ އޮތް ތަހުގީގެއްގެ މަޢުލޫމާތެވެ. އެކަމުގެ ސަބަބުން ބައެއް މީހުންނަށް ހެކި ފޮރުވުމުގެ ފުރުސަތު ލިބިދާނެ އެވެ.

ފުލުހުންނާއި ސިފައިންގެ ތެރޭގައި ކަންތައް އޮންނަ ގޮތުން ކަމެއް ކުރެވޭނީ މަތިން ތިރިއަށް އަންނަ އޯޑަރަކުންނެވެ. ހާއްސަކޮށް ކޮމާންޑުގެ ޗޭނު އޮންނަ ގޮތަކުންނެވެ. ފުލުހުންގެ ފަރާތުން ޕާސްޕޯޓާ ބެހޭ އެންމެ އިސް ވެރިޔާ އަރިހަށް ގަވައިދާ ޚިލާފް އަމަލެއް ކުރުވުމަށް ދިޔަ "މެސެންޖަރުން" ހިފެހެއްޓުމުން އެކަން ނިމުނީ ބާ ވަ އެވެ؟ އެ މީހުންނަށް އެންގި ފަރާތް، ނުވަތަ ފަރާތްތަކަށް ވާނީ ކިހިނެއްތޯ އެވެ؟ އެ ތަންތަނުގައި މި ބާވަތުގެ ކަންތައްތައް ސިއްރުން ބަލަން ތިބުމަށް ހަމަޖެހިފައި ތިބި މީހުންނަށް، މި ކަން ހިނގިކަން ނޭނގޭ ކަމުގައި ވަނީ ނަމަ އެ މީހުންގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލުކަމާ މެދު ސުވާލު އުފެދެ އެެެވެ. ކަމާ ބެހޭ ފަރާތްތަކުގައި މިފަދަ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ކެރުމާއި ހިތްވަރު ހުރެދާނެ ބާވަ އެެވެ؟ މާޒީގައި ހިނގާފައި ހުރި ކަންތައްތަކަަށް ބަލާ އިރު ދެންނެވޭނީ ޝައްކެވެ. އަނދައި ހުލިވެގެން ދާނީ "ކުޑަ މީހާ" އެވެ. "ބޮޑު މީހާ" ހުރި ގޮތަށް ހުންނާނެ އެވެ. "ނާޤާބިލު ކަމުގެ ޕެންޝަނާ" ހިސާބަށް ވެސް ނުދާނެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލިހުން މިހާރު ބައެއް މަސައްކަތްތައް ކުރަމުން ގެންދަނީ މީގެ ދުވަސްތަކެއް ކުރިން ޖޫޑިޝަރީން ބައެއް މަސައްކަތްތައް ކުރި ގޮތަށެވެ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެވެ. ހިންގުމުގެ މަސައްކަތުގެ ތެރެއަށް ވަދެވިގެން ނުވާނެ އެވެ. މަޖިލީހަށް އޮންނާނީ ޤާނޫނު ހެދުމާއި ޖަވާބު ދާރީ ކުރުވުމުގެ ބާރެވެ. ސަރުކާރުން ހިންގާ އެހެން ކަންތައްތަކަށް މަޖިލީހުން ބަސް ބުނާނީ ފާސްކުރާ ގަރާރުންނާއި، ހުށައަޅާ ކުއްލި މައްސަލަތަކުންނާއި، ވަޒީރުންނާ ސުވާލު ކުރުމުގެ ތެރެއިންނެވެ. ނުވަތަ ނެގޭ އިތުބާރު ނެތްކަމުގެ ވޯޓުތަކުގެ ތެރެއިންނެވެ. ކޮމިޓީތަކުގެ މަސައްކަތުގެ ތެރެއިން ކަންތައް އޮންނަ ގޮތް ސާފުކުރެވޭނެ އެވެ.

މިސާލަކަށް ދަންނަވާ ނަމަ ސަރުކާރު ހިންގުމުގެ ދާއިރާ އިން، ޚާރިޖީ ކަމަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ނޭދި އޮއްވާ ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ޚާރިޖީކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފި ނަމަ އެކަމުގެ ސަބަބުން މައްސަލަތަކެއް ނުކުތުން ކައިރި އެވެ. މަޖިލީހޭ އަޅުގަނޑު މި ދަންނަވަނީ މަޖިލީހުގެ އިސް ބަސް ވިދާޅުވޭ ފެންވަރުގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށެވެ.

ފުރިހަމަ ނުވެ އޮތް ތަހުގީގު ރިޕޯޓެއް ކަމަށް، އެ ކޮމިޝަނުން އަމިއްލަ އަށް ބުނާ ރިޕޯޓަކާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން (ލަފާކުރެވޭ ގޮތުގައި) ތަންފީޒީ އިދާރާއެއްގެ ވެރިންނާ ވާހަކަ ދައްކަވާ ހެއްދެވުމަކީ، އަޅުގަނޑުގެ ނަޒަރުގައި މަޖިލީހަށް ވުރެ ބޮޑަށް މި ފުރުސަތުގައި ހިންގުމުގެ ދާއިރާ އިން ކުރަން ޖެހޭ ކަމެކެވެ. މަޖިލީހުން ބަސް ބުނާ ހިސާބަކަށް އަދި ނުދެ އެވެ. ދާނެ އެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތަފާތު ހައިސިއްޔަތުތައް އޮވެދާނެ އެވެ. އެހެންނަމަވެސް މަޖިލީހުގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ކަމަށް ވުމާ އެކު، އަމުރުތަކާއި ނިންމުން ތަކާއި ޚިޔާލުތައް މަޖިލީހުގެ ތެރެއިން އަންނަން ވާނީ އެ ހައިސިއްޔަތުންނެވެ.

8 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެގުނުކަތީބު

12 September 2019

ރައްޔިތުންގެ މަޖިލިސް އުވާލާފައި މަޝްވަރާ މަޖުލިހެއް ހަދަންވީނު؟

The name is already taken The name is available. Register?

ބުއްދި

12 September 2019

ފަހެ މިލުޔުން ކިޔާފަވެސް މި ލިޔުންތެރިޔާ ގޯސްވާނެ މީހުންވެސް މި މަދު މީސްކޮޅުގެ ތެރެއިންވެސް ފައުޅުވާނެއެވެ. އެހެނެއްކަމަކު ބުއްދި ސަލާމަތުން ހުރި މީސްތަކުންނަށް މިފަދަ ލިޔުންތަކުން އެލިބިދޭ އިބުރަތާއި ދަރުސްތައް ގިނަ ގުނައެވެ..އ ހ

The name is already taken The name is available. Register?

ވާނުވާ މިހާރު

12 September 2019

ފިތުނަ..

The name is already taken The name is available. Register?

ކުނިބުނި އެމްޕީސް

12 September 2019

ހަދާނެ ޤާނޫނެއް ނުވަތަ ކުރާނެ މަސައްކަތެއް ނެތް ނަމަ ޤަރާރެއް ނުވަތަ "ބޭޤަރާރެއް" ހުށަހަޅާގެން ނަމަވެސް އަދި ކޮސް ގޮވާގެން ނަމަވެސް "ގޮޑި ހޫނު ކުރަން" ޖެހޭ ތާއެވެ. ކަންތަށް ކުރާކަން ދައްކަން އެބަ ޖެހޭ ތާއެވެ.. ކޮންމެވެސް އެއްޗެކޭ ކިޔާފައި ގޮތް ދައްކަން އެބަ ޖެހޭ ތާއެވެ.

The name is already taken The name is available. Register?

ހުސޭނީ

12 September 2019

މިހާރު މަޖްލީހުގެ ކަންތައް އަވަސް ވާތީ މައްސަލައަކަށް މިވީ..! ސަލާމަތެއް ނެތެއްނު!

The name is already taken The name is available. Register?

މީރުބަހުރު

12 September 2019

ރަގަޅު ރިޕޯޓެއް. ހަގީގަތުގައިވެސް ރައްޔިތުންގެ މަޖިލީސްގެ މަގްސަދަކީ ކޮބައިކަން މިހާރު އޮޅޭވަރު ވެއްޖެއެވެ. މަޖިލީހަކީވެސް ކުޑަ ސަރުކާރެއް. ސަރުކާރަކީވެސް ސަރުކާރެއް.

The name is already taken The name is available. Register?

9999

12 September 2019

ޖަވާބު ދާރީ ކުރުވާތީ އުނދަގޫވީ ދޯ. ކުރާނެ ކުރުވާނަން. އެކަމަށް ހޮވާފައި އެތިބީ! ހަމަ ބަރާބަރު މަޖިލިސް

The name is already taken The name is available. Register?

ކާފަބޭ2019

12 September 2019

ތިޔައީ ސުވާލެއްވެސްއޮތްކަމެއްނޫން މިހާރުމިއޮތީ މުޅިއޮޑީގަ ހަސަނުގެދެފައި ހިތްނުރުހޭނަމަ އެނުރުހޭމީހަކު އޮޑިންފައިބާ ޝުކުރިއްޔާހަސަނާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454