އިމާރާތް ކުރާ ތަނަކުން ދޫކުރި ފެންތަކެއް މާލޭ ފަޅަށް އަޅަނީ--
13 ސެޕްޓެމްބަރ 2019 - 10:38
ފަލަ ހޮޅިތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ޕޭވްމަންޓްތަކުން ހިނގައި ބިނގާވެ އުޅެން ދަތިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ދަތިތައް ގިނަ އެވެ. އެކަންކަން ހައްލުނުވެ އޮށްވައި އަނެއްކާވެސް މިވަނީ އެފަދަ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ: މިފަހަރު މާލޭ ފަޅުތެރެއަށެވެ.
އިމާރާތް ކުރާ ތަންތަނުން ބޭރު ކުރާ ފެން އަޅަނީ ފަޅުތެރެއަށެވެ. ސިމެންތި އާއި ކިސަޑު ފެންގަނޑު ބޭރު ކުރުމަށް ފަޅުގެ އެކި ހިސާބުތަކަށް ހޮޅި އަޅާފައި ހުރެ އެވެ. އެގޮތަށް ފެން ބޭރުކުރާތީ ފަޅުގެ ބައެއް ސަރަހައްދުތައް އޮންނަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ. ކިސަޑު ގިނަވެ ފެންގަނޑު ހަޑިވެފަ އެވެ.
އިމާރާތްކުރާ ތަންތަނުން މޫދަށް ފެން ބޭރުކުރަން މާލޭ މަގުމަތީގައި ހޮޅި އަޅާފައި: މިފަދަ ހޮޅިތައް ގިނަވެ، އާއްމު އުނދަގުލަކަށް ވަނީ ވެފައި.
މާލޭގެ ފަޅަކީ އެހާ ރަނގަޅަށް ލޮނުގަނޑު ދައުރު ކުރާ ތަނަކަށް ނުވާތީ އެ ފެންގަނޑު ސާފު ވުމަށް ގިނަ ވަގުތު ނަގަ އެވެ. ސާފު ނޫން ފެންތަކެއް ގިނަ އިރު ވަންދެން ދައުރު ނުވެ މަޑުޖެހުމުން ތަފާތު އެކި މައްސަލަތައް ވަނީ ކުރިމަތިވާން ފަށައިފަ އެވެ.
ކިސަޑު ފެން އާންމުކޮށް ފަޅަށް އެޅުމުގެ ސަބަބުން ތިމާވެއްޓަށް ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. އެހެންކަމުން އެއީ މޫދުގެ ދިރުންތަކަށް އޮތް ނުރައްކަލެކެވެ.
ކުރިން ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ އެފަދަ ފެނުގެ ސަބަބުން މަސް މަރުވުމުގެ މައްސަލަ ދިމާވާނެ ކަމަށެވެ. އަދި އެއީ މުރަކަ ފަދަ ދިރުންތައް ވެސް ނެތިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކިސަޑާ އެކު ހުންނަ އެ ފެން އެގޮތަށް މޫދަށް ދޫކޮށްލީމަ ފުރަތަމަ އެ ދިމާވަނީ މަސްތަކާ. އޭގެން އެ މަސްތަކަށް އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.
މަލޭ ފަޅުތެރެ އެހާ އޮއި ގަދަ ވުމުގެ ސަބަބުން އެ މައްސަލަ އިތުރަށް ބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮއެ ގަދަ ނަމަ ވަރަށް އަވަހަށް [ކިސަޑު] ކަނޑަށް ބޭރުކޮށްލާނެ. އެކަމަކު މާލޭގައި އެހެން ނުވޭ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
Male’ City south Marina , my friend Habee is in despair knowing the debris will heavily affect being end up on the cooling systems of his speed boat and many other. Construction has to go on. But there will be other ways. Carelessly dumping .@etna295 @AsadhullaAhmed @axvastaine7 pic.twitter.com/laTaal21S8
— Prime Octopucs (@Ahamed44006222) September 11, 2019
ފަޅަށް ކިސަޑު އަޅާ ވީޑިއޯއަކާއެކު މީހަކު ކޮށްފައިވާ ޓްވީޓެއް--
ގިނަ އަދަދެއްގެ ލޯންޗް ފަހަރު ބަނދަރު ކުރާ މާލޭގެ ދެކުނު ފަރާތު ފަޅަށް ކިސަޑު ފެން ބޭރު ކުރާތީ އެ އުޅަނދުތަކަށް ވެސް އެކި މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން އެތައް ހާސް ރުފިޔާއެއްގެ ގެއްލުން ލިބޭ ކަމަށް އުޅަނދު ފަހަރުގެ ވެރިން ބުނެ އެވެ.
"އަހަރެމެން އެންމެ ފަހުން ގެންގުޅުނު ލޯންޗަށް ވެސް ދިމާވީ އެކަހަލަ މައްސަލަތަކެއް. ފެންގަނޑު ހަޑިވީމަ އައުޓް ބޯޓް އިންޖީނަށް އެކިއެކި މައްސަލަތައް ކުރިމަތިވަނީ،" މަސްވެރިކަން ކުރަން ހާއްސަ ލޯންޗެއްގެ ވެރިޔަކު ބުންޏެވެ.
އައުޓް ބޯޑް އިންޖީނުތައް މަރާމާތު ކުރާ މެކޭނިކަކު ބުނީ އެފަދަ ފެނުގެ ސަބަބުން މުޅި އިންޖީނު ހަލާކުވާ ފަދަ މައްސަލަތަކެއް ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް އިންޖީނު ހޫނުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ. އެގޮތަށް ދިމާވަނީ، އޭނާ ބުނި ގޮތުގައި، އިންޖީނުގެ ކޫލިން ސިސްޓަމަށް ލޮނުގަނޑުން ފެން ނަގާއިރު ކުނޑި ޖެހޭތީ އެވެ.
"އިންޖީނު ސުޓާޓް ކުރީމަ އިންޖީނުގެ ތެރެއަށް ފެން ވައްދައި ފެން ނެރެނެރެ ހުންނާނީ. ގިޔަރުން ވައްދާ ފެން ނެރޭނެ. އެގޮތަށް ހަދާއިރު އެކަހަލަ ފެން ވަނީމަ އޯވާ ހީޓް އެލާމް އަޅާނެ. ކުނޑި ޖެހި މައްސަލަތައް ދިމާވާނެ،" ކުރިމަތިވެދާނެ މައްސަލައިގެ ތަފްސީލު އޭނާ ކިޔައިނެވެ.
Vrh dhera koh vaa kameh!! Anekka mee launch thah alhaathan.. mihuree mithanah alhaa kilaagandu.. engine thakuge cooling system therey dhauru vaanee mi kilaathah!! @etna295 @MoHUDmv meeves hama meehunge agubodu mudhaaa😒
— 𝗔𝘀𝗮𝗱𝗵𝘂𝗹𝗹𝗮 𝗔𝗵𝗺𝗲𝗱 🦁 (@AsadhullaAhmed) September 11, 2019
ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް---
މެކޭނިކުންނާއި ލޯންޗް ފަހަރުގެ ވެރިންނާ ވާހަކަ ދެއްކުމުން އެނގުނީ މާލެއަށް ދަތުރު ކުރާ ލޯންޗް ފަހަރަށް ދިމާވާ މައްސަލަތައް މިހާރު ކުރިއަށް ވުރެ އިތުރު ކަމެވެ.
ފައުންޑޭޝަން އަޅަން ކޮންނަ އިރު ބޭރުކުރަން ޖެހޭ ފެނަށް ހެދޭނެ މާ ބޮޑު ގޮތެއް ނެތެވެ. މިސާލަކަށް ކާނުތަކަށް އެ ފެން ހިންދާ ނަމަ މާލޭގެ ޖަންގްޝަންތަކަށް މައްސަލަތައް ދިމާވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން މޫދަށް ހޮޅި އަޅައިގެން އެ ފެންގަނޑު ބޭރުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ހޮޅިތަކުގެ މައްސަލަ ހައްލުކުރަން ޑީވޯޓަރިން ނިޒާމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ.
މިހާރު ހަމައެކަނި މައްސަލައަކަށް މި އޮތީ އިމާރާތްތަކުން ބޭރުކުރާ ފެން މޫދާ ހަމައަށް ފޯރުކޮށްދޭން އަޅާ ހޮޅިތަކެއް އެކަންޏެއް ނޫނެވެ. މޫދުގެ ދިރުންތަކަށް ވެސް އޭގެ ނުބައި އަސަރުކުރުމުގެ ކަންބޮޑުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީވޯޓަރު
14 September 2019
އީ.ޕީ.އޭ އަށް ފީއެއް ދީގެން އަދި ފެނުގެ ކޮލެޓީ ޓެސްޓު ކުރެވިގެން ކުރެވޭ ކަމެއްމީ. އެހެންވީމަ ތި ފެނަކީ އީ.ޕީ.އޭ ލޯގޯޖެހި ތިމާވެއްޓާ ރަހުމަތްތެރި ޕްލާސްޓިކް ކޮތަޅުތައް ގޮތައް ތިމާވެެއްޓާ ރަހްމަތްތެރި ކިސަޑުފެން.
ކްލޯސާ ލުކް
13 September 2019
ތިފެންތައް ފުރަތަމަ ޖެހޭނީ ފުރާނަން، އެއަށްފަހު ތެލިތެއްޔަށް އަޅާފަ އުނދުންމަތީ މަޑުގިނީގަ ކައްކައިގެން ޖަރާސީނު މަރާނީ. އެއަށްފަހު ކިސަޑާއި ސިމެންތި ހަޖަމްކުރާ ޖަރާސީމު އަޅާފަ ކޮތަޅުކޮތަޅުގަ ބަންދުކޮށްފަ ފުރިޖުގަ 2 ހަފްތާވަންދެން ބަހައްޓާނީ. ދެން އެއްބައި ޑިސެލިނޭޓްކޮށްގެން ބޯފެނުގެގޮތުގަ ބޭނުންކުރާނީ، އަނެއްބައިން ކަރަންޓު އުފައްދާފަ ބާކީބައިން ސިމެންތި ވަކިކޮށްގެން އެކްސްޕޯޓުކުރާނީ.
މީކީއިންސާނުން
13 September 2019
ޤައިމީކިސަޑުވިއްޔާތީ އޯކޭވަނެނުން
ޑުރެކިއުލާ
13 September 2019
މާލޭ މީހުނަށް ލ އަތޮޅުން މާސިންގާ ގޯތިދީފަހުރިއިރުވެސް ގޯތިތައް ފަޅަށް ހުރެގެން ޖިންނީންގެ އުނދަގޫ އިންތިހާ، ދެން ފަޅުތެރެއަށް ސިމެންތި އަޅައަޅާފަ ގޯތި ދިހަބާރަބުރިއަށްނަގާފަ ދަރިންނަށްވެސް ކޮޓަރިގަނޑެއްނުދީ ބޮޑުއަގުގަ ލޯކަލް ގެސްޓްހައުސް ހިންގާއިރު މީހާ ހުންނަނީ މަގުމަތިވެފަ. 43 ގޭބިސީ އެބަހުރޭ ކުއްޔަށްދީފަ. ދެންގޮސް މިތިބެނީ ރައިސްއޮފީސް ކުރިމަތީ ކުނާގަނޑުއަޅައިގެން ވަންނާނެތަނެއްނެތޭ ކިޔާފަ ހުޅުމާލެއިން އަނެއްކާ އަނެއް ގެސްޓްހައުސް ހޯދަން.
އަހުމަދުއަލޯ
13 September 2019
ސަރުކާރުން ރައްޔތިނުންނަކަށް ނުބަލާ. މާލޭގެ ބިންވެރިންގެ މަސްލަހަތައް އެކަނި ބަލައިގެން ހުރިހާ ޕޮލިސީއެއް ހަދަނީ. އީޕީއޭއިން އަންގަައިގެން ޑީވޯޓަރިން ހަދަނީވެސް ހަމަ ނަމައެއްގައި. ހަމަ އެއްމެފަހަރަކު ޓެސްޓްކޮށްފައި އޭގެ ނަތީޖާ ކޮންމެ ގޮތަކަށް އޮތަސް ފެންބޭރުކުރަން ހުއްދަދެނީ. ޒިންމާދާރުވާން ދަސްކުރަންވެއްޖެ މުއައްސަސާތަކުގެ ވެރިން ގޮނޑި ހޫނުކުރަން ނުތިބެ!
ގަރުއިހާ
13 September 2019
މިރަށުގައި އެމީހަކު ކިރާނެ ކަމެއް ކުރެވޭނެ މި މާލެއަކީ ބޮޑު ވަރިހަމާގެ މީހުން ތިބި ރަށެއް
ކުރީސަރުކާރު
13 September 2019
މިއިއްފަދަ ރީތިކޮށް ހަދާފައިތް ބޮޑުތަކުރުފާނުމަގުވެސް މިއޮތީ ހޮޅިއަޅައި ހަލާކުކޮއްފަ.. ޝިފާ މޭޔަރުގެ ބަހެއްނެތްބާ މިކަމުގަ.. ކުރީސަރުކާރޭ ނަމަވެސް ބުނެބަލަ..
ފާނު
13 September 2019
މާލެއަކީ މައްސަލަ ނެތް ތަނެއް ނޫނެވެ. މައްސަލައިގެ ހާއްޔެކެވެ. މާލެ ނޫން ގޮތެއް ހޯދަން ޖެހޭ...
ހަތްކުޅިދުމަދު ރައްފުށު.
13 September 2019
ގޮސްރަށުގައޮތުން ހައްލަކީ..
މީހެކޭ
13 September 2019
ވިލިމާލެ ލޯންޗުތައް އަޅާފަ އޮންނަ ސަރަހައްދަށް ވެސް ތިގޮތަށް ކިލަނބު ފެން ދޫކުރޭ.
ހަތްކުޅިދުމަދު ރައްފުށު.
13 September 2019
ގޮސްރަށުގައޮވޭ އޭރުން ނުފެންނާނެ..
ހޯރަ
13 September 2019
މިސަރުކާރުގެ މަތީފަންތީގަ މިހާރު ތިބި މީހުން އޭރު އެއްމެގިނައިން ދެއްކި އެއްވާހަކަތީ މާލޭމަގުމަތީ ހޮޅިގިނަވާހަކަ ވެރިކަމަށް އަހަރުވީ އިރުވެސް ވީއެއްކަމެއް ނެތް. ކޮންތާކު މި ޖެހުނީ?
ހަތްކުޅިދުމަދު ރައްފުށު.
13 September 2019
ރަށައްދޭ އޯކޭވާނެ..