ވިޔަފާރި / ޓޫރިޒަމް

ރާއްޖެ ތަޖުރިބާކޮށް އިޝްތިހާރުކުރަން ޔޫރަޕްގެ 100 ޓުއާ އޮޕަރޭޓަރުން އަތުވެއްޖެ

ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާކޮށް ޕްރޮމޯޓް ކުރުމަށްޓަކާއި ޔޫރަޕްގެ 100 ޓުއާ އޮޕަރޭޓަރުން އައިސް، ހިންގާ ހަރަކާތް އިފްތިތާހު ކޮށްދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: 960 އެމްވީ

ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާކޮށް ރާއްޖެ ޕްރޮމޯޓްކުރަން ޔޫރަޕްގެ 100 ޓުއާ އޮޕަރޭޓަރުން އަތުވެއްޖެ އެވެ.

މިކަން ފެށުމަށް ރޭ އަދާރަން ހުދުރަންފުށީގައި، އަދާރަން ރިސޯޓްސް އާއި ޖަރުމަނުގެ އަދި ޔޫރަޕްގެ މަޝްހޫރު ޓުއާ އޭޖެންސީއެއް ކަމުގައިވާ ފަސްޓް ޓޫރިސްޓް އިންޓަނޭޝަނަލް (އެފްޓީއާއި) އާ ގުޅިގެން ހާއްސަ ހަފުލާއެއް ވަނީ ބާއްވައިފަ އެވެ. މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ޓުއާ އޮޕަރޭޓަރުންނަކީ ގައުމުތަކުގެ ޓޫރިޒަމް ވިއްކާ މީހުން ކަމަށްވާ އިރު ރާއްޖެ އަށް އައިސް މި އޮޕަރޭޓަރުން ކުރާ ތަޖުރިބާގެ އަލީގައި މިހާރަށް ވުރެ ބޮޑަށް ރާއްޖެ ވިއްކުމަށް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ރާއްޖެ އަކީ ހަމައެކަނި އަގު ބޮޑު ޓޫރިޒަމް އޮތް ގައުމެއް ނޫން. އެފޯޑް ކުރެވޭ ޓޫރިޒަމް ވެސް ރާއްޖޭގައި އެބަ އޮތް. ޓޫރިސްޓުންނަކީ ހަމައެކަނި ވަކިން އޮންނަ ރިސޯޓުތަކަށް އަންނަ ބައެއްގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ޓޫރިސްޓުންނަށް އާދެވޭނެ ގޮތް ހެދީ 2009 ވަނަ އަހަރު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އިރު ޓޫރިސްޓުންނަށް މުޅި ރާއްޖެޭން މިހާރު މަރުހަބާ ކިޔާ ކަމަށެވެ. މި ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެ ގިނައީ ޖަރުމަނުގެ އޭޖެންޓުންނެވެ. ޖަރުމަނުގެ ގިނަ އަދަދެއްގެ ޓުއާ އޮޕަރޭޓަރުންނާ އެކު ރާއްޖޭގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާކޮށް ޕްރޮމޯޓް ކުރުމަށްޓަކާއި ޔޫރަޕްގެ 100 ޓުއާ އޮޕަރޭޓަރުން އައިސް، ހިންގާ ހަރަކާތް އިފްތިތާހު ކޮށްދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: 960 އެމްވީ

ޖަރުމަނަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެގައުމުން 117،000 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއަހަރުގެ ފުރަތަމަ ހަ މަހު އެގައުމުން ރާއްޖެއަށް 77،000 ޓޫރިސްޓުން އައިސްފާވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 13،000 އިތުރު އަދަދެކެވެ.

އެފްޓީއައިގެ ގްރައުންޑް އޮޕަރޭޓަރު ކަމުގައިވާ ޑޭތަމްގެ ޖެނެރަލް މެނޭޖާ ހާވާޑް ބްރޯހިއާ "މިހާރު" އަށް ވިދާޅުވީ، މި 100 ޓުއާ އޮޕަރޭޓަރުންގެ ތެރޭގައި ހިމެނެނީ ޖަރުމަނު ސަރަހައްދުގައި އިންޑިއާ ކަނޑުގެ ގައުމުތައް އެންމެ ބޮޑަށް ޕްރޮމޯޓް ކުރާ އޭޖެންޓުން ކަމަށެވެ.

"އިންޑިއާ ކަނޑުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ގައުމަކީ ރާއްޖެ. ޖަރުމަނުގެ އިތުރުން ޓުއާ އޮޕަރޭޓަރުންގެ ތެރޭގައި ޕޮލެންޑާއި އޮސްޓްރިއާ އާއި ނެދަލެންޑާއި އެ ސަރަހައްދުގެ އިތުރު ގައުމުތައް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ހާވާޑް ވިދާޅުވީ، ޔޫރަފްގެ ޓޫރިސްޓުންނަކީ އާންމު ގޮތެއްގައި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރުކުރާ ބަޔަކަށް ވުމުން މި ދަތުރުގެ ތަޖުރިބާއާ އެކު ދިވެހިރާއްޖެ މަންޒިލެއްގެ ގޮތުގައި ވަރަށް ބޮޑަށް ޕްރޮމޯޓް ވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާކޮށް ޕްރޮމޯޓް ކުރުމަށްޓަކާއި ޔޫރަޕުން އާއި 100 ޓުއާ އޮޕަރޭޓަރުން-- ފޮޓޯ: 960 އެމްވީ

މިއީ ރާއްޖޭގައި އެންމެ ގިނަ ޓުއާ އޮޕަރޭޓަރުން ބައިވެރިވި މިފަދަ ފުރަތަމަ ހަރަކާތެވެ. މިކަން އިންތިޒާމު ކުރުމުގައި ގަތަރު އެއާވޭސް އިން ވެސް އެހީވެފައިވެ އެވެ.

"ޖަރުމަނު ފަދަ ގައުމުތަކުގައި ރާއްޖެއާ މެދު އަދިވެސް ދެކެނީ ހަނީމޫން މަންޒިލެއްގެ ގޮތުގައި. އެކަމަކު މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ތެރެއިން ވަރަށް ގިނަ ކަންކަން އެބަ ހުރި. ވެލިއު އެޑިޝަންގެ ތެރެއިން ދެވޭ ހިދުމަތްތައް ވަރަށް ގިނަ،" އޭނާ ވިދާޅުވި އެވެ.

ޖަރުމަނާއި ޔޫރަފްގެ އެހެން ބައެއް ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ރިސޯޓުތަކަށް ދާނެ އެވެ. އެގޮތުން އަދާރަންގެ ރިސޯޓުތައް ކަމަށްވާ ހުދުރަންދުއްޓާއި ވާދޫ އާއި ރަނާޅި އާއި ހެރިޓެންސް އާރަށް ރިސޯޓަށް ދާނެ އެވެ. އަދި އެމަރަލް މޯލްޑިވްސް އާއި ސްޓޭންޑާޑް އާއި ފުރަވެރި ރިސޯޓަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

3 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 0%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫރ

13 September 2019

ތި ރިސޯޓްގެެ ސްޓާފް ރޭސިއޯ ޓްއަރިޒަމް އިން ޗެކް ކޮއްބްލާށެވެ. ތި ތަނުނުގެ މެނޭޖްމަންޓް އިން ދިވެހިން ދެކެނީ ތާކުންތާކުން ނުޖެހޭ ބައެއްގޮތުގައެވެ. ޓްއަރިޒަމް އިން އެބަޖޭހޭ ރިސޯޓް ތައްލައްވާ ދިވެހިން ކީ މަޤާމް ތަކަށް މުއްދަތެއް ދީފަ ޓްރެއިން ކުރަން. ދެން އެޓްރެއިން ކުރި މަޤާމުގައި ހުރި ބިދޭސީ މީހާގެ ކޯޓާ އުވާލަފަ ދިވެހި މީހައަށް ފުރުސަތު ދޭން..

The name is already taken The name is available. Register?

މުހަންމާދި

13 September 2019

ރާއްޖެ އިޝްތިހާރު ކުރާ ވާހަކަ ދެއްކުމަކީ ފޭސްބުކާ، ގޫގުލް އާ ޔޫޓިއުބް އިޝްތިހާރު ކުރުން ކަހަލަ ކަމެއް. ރާއްޖެ ރީތި ކަން ނުދަންނަ މީހަކު ވަރަށް މަދުވާނެ. އެކަމަކު އެ ރީތިކަން ތަޖުރިބާ ކޮށްލަން އައުމަކީ ޚަރަދު ބޮޑުކަމެއް.

The name is already taken The name is available. Register?

ގަމީރާ

13 September 2019

ނަޝީދުގެންގުޅޭ ޓުވިޓާރ އަޅުން! އެކްޓިވިސްޓުން! ދައުލަތުގެ ބޮޑެތިމަގާމްތައްދީގެން ނަޝީދު ޕުރޮމޯޓުކުރަން އެހެންމީހުންނަށް ފުރައްސާރަކުރަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454