ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ގޮތަބަޔާ. --ފޮޓޯ:ކޮލަމްބޯގެޒެޓް
15 ސެޕްޓެމްބަރ 2019 - 13:18
ކޮލަމްބޯ (ސެޕްޓެމްބަރު 15) - އިންތިޚާބަށް ޗައިނާ އިން އެހީވަމުން ނުދާ ކަމަށް ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާގެ ޓީމުން ބުނެފި އެވެ.
މި އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް ޗައިނާ އިން ޚަރަދު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގޮތަބަޔާގެ ތަރުޖަމާން އަދި ޕާލަމެންޓުގެ މެންބަރު ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ ޗައިނާ އިން އެއްވެސް އެހީއެއް ދިންކަން ގޮތަބަޔާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ބިޒިނެސް ކޮމިއުނިޓީ އާއި އެހެން ދާއިރާތަކުގެ މީހުން ވެސް ބޭނުން ވަނީ ލަންކާގެ ސަރުކާރު ބަދަލު ކުރަން ކަމަށް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުން ދަނީ ގޮތަބަޔާ އަށް އެހީވަމުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
"ވަރަށް ގިނަ ވިޔަފާރިވެރިންގެ ތާއީދު އެބައޮތް ގޮތަބަޔާ އަށް،" ރަމްބުކްވެއްލާ ވިދާޅުވި އެވެ.
އިންތިޚާބުގައި ގޮތަބަޔާ ވާދަކުރައްވަނީ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ލީޑަރަކީ ޗައިނާއާ ގާތް ގުޅުމެއް ބޭއްވެވި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އެވެ.
ރާޖަޕަކްސާގެ ވެރިކަމުގައި ޗައިނާ އިން ވަނީ ލަންކާގައި ވަރަށް ގިނަ މަޝްރޫއުތައް ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުދާ
15 September 2019
މިއީ މި ދިވެހިރާއްޖޭގައިވެސް ނިމިދިޔަ އިންތިހާބުގައި ފެނުނު މަންޒަރެއް! ހަގީގަތެއް. މިހާރުވެސް ފެންނަމުންދާ ހަގީގަތެއް. ގަބޫލުކުރިޔަސް ނުކުރިޔަސް ޗައިނާއިން އެބަ ދިވެހިރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދޭ! ޕީޕީއެމް މެދުވެރިކޮށް ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ޗައިނާއިން ދަނޑިބާނަމުން އެބަދޭ. މިކަން އެބަޖެހޭ ހުއްޓުވަން. ތަހުގީގުކުރަން.
އަލީ ރާޖާ
15 September 2019
ޗައިނާއިން އެހީ ވެގެން ގޯހެއް ނުވާނެ. ލަންކާ މީހުން އެތިބީ ޕަކްސަ ވެރިކަމުން ބޭލުނީމަ ރޯލަރޯލަ މިހާރު. މައިތިރިޕާލަ އައިސްގެން ގައުމު އޮޔާގޮސް ނިމިއްޖެ. އޭގެ ދެވަނަ މިސާލު މި ދިވެހި ގައުމު.
އިބްރާ
15 September 2019
މައި ތިރި ފަލަ ސަރުކާރަކީ އިންޑިޔާގެ ގޮނޑި ކޮއްކޮއެއް.