މީހަކު ސައި ތައްޓަކާ އެކު.
19 ސެޕްޓެމްބަރ 2019 - 07:27
ސަޔަކީ ގިނަ ބަޔަކަށް އެއާ ނުލައި ނޫޅެވޭނެ އެއްޗެކެވެ. އަދި ހެނދުނު ހެނދުނާ، ހޫނު ސައިތައްޓެއް ބައެއް މީހުންނަށް މުހިއްމު ވާނެ އެވެ. މިއީ ހިއްސުތައް ހޭލައްވާލައި، ނަފްސަށް ހަމަޖެހުމާއި އަރާމު ވެސް ގެނެސްދޭ ބުއިމެކެވެ.
ދެން އޮތީ ސައިގެ ފައިދާގެ އެހެން ވާހަކަ އެވެ. އާ ދިރާސާއަކުން އެނގުނު ގޮތުގައި އާންމުކޮށް ސައި ބޯ މީހުންގެ ސިކުނޑީގެ ދުޅަހެޔޮކަން އެ ނޫން މީހުންނަށް ވުރެ ބޮޑެވެ.
ސިންގަޕޫރްގެ ނެޝަނަލް ޔުނިވަސިޓީ (އެންޔޫއެސް) އިން ހަދާފައިވާ މި ދިރާސާގައި ބުނިގޮތުގައި އާންމުކޮށް ސައި ބޯ މީހުންގެ ސިކުނޑި އަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ކުޑަ އެވެ. އޭގެ ތެރޭގައި ހަނދާން ބަލިވުމުގެ މައްސަލައާ ދުރުވުމާއި އުމުރުން ދުވަސްވުމުގެ އަލާމާތްތައް ކުޑަވުން ވެސް ހިމެނެ އެވެ.
އެންޔޫއެސް އާއި ކެމްބްރިޖް ޔުނިވަސިޓީގެ އިތުރުން އެސެކްސް ޔުނިވަސިޓީ ގުޅިގެން މި ދިރާސާ ހަދާފައި ވަނީ އުމުރުން 36-60 އިން މަތީގެ މީހުންގެ ނިއުރޯއިމޭޖިން ޑޭޓާ ބޭނުންކޮށްގެންނެވެ. އެގޮތުން ދިރާސާގެ ތެރޭގައި ވަނީ ސައި ބުއިމުގެ ސަބަބުން މީހާގެ އާންމު ސިއްހީ ހާލަތާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އިތުރުން މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ގެނުވާ ބަދަލުތަކަކީ ކޮބައިތޯ ބަލައިފަ އެވެ.
އެގޮތުން ފާހަގަކުރެވުނު މައިގަނޑު އެއް ކަމަކީ ސައިގެ އެކި ބާވަތްތައް، މަދުވެގެން ހަފުތާއަކު ހަތަރު ފަހަރު ބޭނުންކުރާ މީހުންގެ ސިކުނޑީގެ ހާލަތު އެ ނޫން މީހުންނަށް ވުރެ ހުރިހާ ގޮތަކުން ވެސް ދުޅަހެޔޮކަމެވެ. އަދި މުޅި ޖުމްލަކޮށް ބަލާ އިރު، ސައި ބޯ މީހުންގެ ސިކުނޑި އަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާ އެކު އެފަދަ މީހުންގެ ދިރިއުޅުމުގެ ހަމަޖެހުން ވެސް ބޮޑުކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ގްރީން ޓީ.
"ސައިގެ ސަބަބުން ސިކުނޑި އަށް ޕޮޒިޓިވް ބަދަލުތަކެއް ގެނުވާކަން އެއީ މިހާރު ކަށަވަރު ކަމެއް. އޭގެ ތެރޭގައި ސިކުނޑީގެ ސްޓްރަކްޗާ ވަރުގަދަވުން ވެސް ހިމެނޭ. އަދި އާންމުކޮށް ސައިބޯ މީހުންނަށް އުމުރުން ދުވަސްވާން ފެށުމުން ސިކުނޑި އަށް ދިމާވާ އެކި ކަހަލަ ސިއްހީ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދޭން ބާރު އަޅާ،" އެންޔޫއެސްގެ ސައިކޮލޮޖިކަލް މެޑިސިން ޑިޕާޓްމަންޓްގެ އެސިސްޓަންޓް ޕްރޮފެސަރު ފެންގް ލީ ވިދާޅުވި އެވެ. "ހަމަމިއާ އެކު ސަޔަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭން އެހީވެދޭ އެއްޗެއް."
މީގެ ކުރިން ސަޔާ ބެހޭ ގޮތުން ހަދާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު ވަކިން ހާއްސަކޮށް ގްރީން ޓީ އަކީ ހިތުގެ މައްސަލަތަކާއި ކެންސަރާއި ހަކުރު ބަލިން ވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
19 September 2019
ސަޔަކީ ސިކުނޑި ވަރުގަދަކޮށްދޭ އެއްޗެއް. ހެދުނު ހޭލައިގެން ކޮފީ ބުއިމަކީ ސިކުނޑި އެލާޓް ކޮށްދޭކަމެއް. ހެދުނު ތެދުވާގޮތަށް ލުބޯ ފެންތައްޓެއް ބަނޑަށް ވަރަށް ރަގަޅު. ހެނދުނު ކިރުތައްޓެއް ވަރަށް މުހިންމު. ހެޔޮނުވާނެ ތިހޯދުންތައް ހޯދުން ހުއްޓާލަންވީނުން. ހެދުނު ހޭލަފަ ބޯނެއެއްޗެއް ނޭގި މޭޒުމަތި ފުރިއްޖެ!
ސަންފާ
19 September 2019
ނުކިޔާ ހުރެބަލަ.