ޚަބަރު / ސީ ލައިފް ގްލޯބަލް

ސީލައިފުން ބަދަލު ހޯދަން ކޯޓަށް ނުދާ މީހުންނަށް ފުރުސަތެއް

ސީލައިފަށް ފައިސާ ދެއްކި މީހުންތަކެއް މުޒާހަރާ ކުރަނީ: މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް، ގެއްލުން ލިބުނު މީހުންނަށް ދައުލަތުން ބަދަލު ދޭން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު

ފްލެޓް ގަތުމަށް ސީލައިފަށް ފައިސާ ދައްކައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން އެ މައްސަލައިގައި ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަނާޅާ ބަޔަކު ތިބި ނަމަ އެކަން ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގަން އެ ކުންފުނިން ރޭ އެދެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީން އިއުލާން ކުރި މަޝްރޫއަކުން ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި ސީލައިފުން ހުޅުވާލުމުން ފްލެޓް ގަންނަން ގިނަ ބަޔަކު ފައިސާ ދެއްކި އެވެ. އެ ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ސީލައިފުން ކުރިއަކަށް ނުގެންދެ އެވެ.

މި މައްސަލަ ހައްލުކޮށްދޭން މި ސަރުކާރުން ވީ ވައުދާ އެކު އެ މީހުންނަށް ދައުލަތުން ބަދަލު ދޭން ވަނީ ނިންމައިފަ އެވެ. ސީލައިފްގެ މައްސަލައިގައި ދައުވާކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާ އެކު ކުރި މަޝްވަރާތަކަށް ފަހު 203 މީހަކާ އެކު ވަނީ ސެޓްލްމެންޓް އެގްރީމެންޓެއް ހަދައިފަ އެވެ.

އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކޯޓުގައި ދައުވާކުރުމުން މައްސަލަ ހައްލުކުރަން ހެދި ސެޓްލްމެންޓް އެގްރީމެންޓާ އެއްގޮތަށް ފައިސާ ދޭން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ދައުވާގައި ނުހިމެނޭ މީހަކު ވެސް ސީލައިފަށް ފައިސާ ދައްކާފައިވާ ނަމަ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ލިޔެކިޔުން ހުށަހަޅަން އެޗްޑީސީން ވަނީ އެދިފަ އެވެ.

އެއީ، ފްލެޓް ގަތުމަށް ސީލައިފާ އެކު ވެފައިވާ އެއްބަސްވުމާއި އެ ކުންފުންޏަށް ފައިސާ ދެއްކި ރަސީދުގެ އިތުރުން އައިޑީ ކާޑުގެ ކޮޕީ އެވެ.

ސީލައިފްގެ އޮޅުވާލުމާއި މަކަރުތަކާ އެކު ވެސް ސަރުކާރަށް ބުރަބޮޑުވާ ގޮތަށް ސެޓްލްމަންޓް އެއްބަސްވުން އެކުލަވާލައި ބަދަލު ދޭން ނިންމުމުން ގާނޫނީ ބައެއް ބޭފުޅުން ފާޑުވިދާޅުވި އެވެ.

އެޗްޑީސީން ބުނެފައި ވަނީ ސީލައިފްގެ މައްސަލައިގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމަށް ދެ ފަރާތަށް ގަބޫލުކުރެވުނު ކަމުގައި ވިއަސް، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ ބަދަލު ދޭން ނިންމީ، ފައިސާ ދެއްކި މީހުންނަށް ލިބުނު ގެއްލުން ކުޑަ ކުރުމުގެ ގޮތުން އެ ފަރާތްތަކަށް އިންސާފު ހޯދައިދޭން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެ މީހުންނަށް ބަދަލު ދޭން ނިންމާފައި ވަނީ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ސީލައިފުން ދީފައިވާ ފައިސާއިންނެވެ.

ހުޅުމާލޭގައި ފްލެޓް އަޅަން ސީލައިފާ 2014 ގައި ހަވާލުކުރުމުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އެޗްޑީސީ އަށް ދައްކާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސެޓްލްމަންޓް އެއްބަސްވުމުގެ ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ އަދަދު 24 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ބަދަލު ނަގައި ދިނުމަށް ފަހު، އެޗްޑީީސީ އަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދާނެ އެވެ.

ކުރީގެ ސަރުކާރުން 2014 ގައި، ފްލެޓް އެޅުމުގެ މަޝްރޫއު ސީލައިފާ ހަވާލުކުރީ އެވަރުގެ ކަމަކަށް މާލީ ގޮތުން އެ ކުންފުނީގެ ގާބިލް ނޫން ކަން އެނގި ތިބެ އެވެ. ކުންފުނީގެ ހާލަތު ދެނެގަތުމަށް އެޗްޑީސީން ހެދި ރިޕޯޓުގައި އެކަން އޮތީ ފެންނާށެވެ. ޑައުން ޕޭމަންޓުގެ ގޮތުގައި ސީލައިފުން ބޮޑެތި އަދަދުތަކުން ފައިސާ ނެގީ ވެސް އޮޅުވާލައިގެންނެވެ.

އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ. އެކަމަކު އެއްބަސްވުމާ ޚިލާފަށް ފައިސާ ނެގުމުން ވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނާޅަ އެވެ.

ފުރަތަމަ ފިޔަވަހީގައި ސީލައިފުން 300 އެޕާޓްމަންޓް ހަދަން ހުޅުވައިލުމުން 280 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި، ކޮންމެ މީހަކު 50،000ރ ވަނީ ދައްކައިފަ އެވެ. އޭގެ އިތުރުން ބައެއް މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓަށް ވާ ފައިސާ ވެސް ދެއްކި އެވެ.

ސީލައިފް މައްސަލައިގައި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމުގެ އެއްބަސްވުމެއް އެކުލާވާލީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް މި މައްސަލަ ބަލަމުން އަންނަނިކޮށެވެ. ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ ސީލައިފާ ގުޅޭ މައްސަލައެއް ނިމެންދެން ބަދަލު ދިނުމުގެ ކަންކަން މަޑުޖައްސާލަން ވެސް އެންގި އެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަޅުކުޑޭ

18 September 2019

މޮޅެތިވާހަކަ! ޕާފޯމަންސް ގެރެެންޓީން ހާލުގައި ޖެހުނުމީހުން ހައްލުކުރެވޭބާ. ސީލައިފު އުޅޭނެގޮތަކަށް އުޅެންވީ

The name is already taken The name is available. Register?

އަލީ މީހާ

18 September 2019

ބަޔަކުމީހުން މިކަމާ ހިންހަމަނުޖެހި ނަފުރަތުކުރާކައް ނުޖެހޭ ސަބަބަކީ މީ..........އެ މީހުންނަށް ބަދަލު ދޭން ނިންމާފައި ވަނީ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ސީލައިފުން ދީފައިވާ ފައިސާއިންނެވެ.

The name is already taken The name is available. Register?

އަމީލް

18 September 2019

ހެޔޮ ދުއާ. ވ ސަލާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454