ޚަބަރު

ޓެބްލެޓް ބޭނުމެއް ނުކުރެވޭ! ބޮޑު އިސްރާފެއް!

ޓެބްލެޓް ބޭނުންކުރުމާ ގުޅޭ ގޮތުން ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިން ބޭއްވި ބައްދަލުވުމެއް

19 ސެޕްޓެމްބަރ 2019 - 12:25

75 comments

ކުރީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ގެނައި ޓެބްލެޓްތައް ބޭނުން ނުކުރެވި ބޮޑު އިސްރާފަކަށް ވެފައިވާ ކަމަށް ބައެއް ސްކޫލުތަކުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 154 މިލިއަން ރުފިޔާއިން ފެށި ޑިޖިޓައިޒްކުރުމުގެ މަޝްރޫއަށް 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަތެވެ. ނަމަވެސް އޭގެ ތެރެއިން ދަރިވަރުންނާއި ޓީޗަރުންނަށް ބަހާފައިވަނީ ކިހާ ޓެބްލެޓެއް ކަމެއް ސާފެއް ނުވެ އެވެ.

އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާގުން އިންޓަނެޓު ވެސް ގުޅި އެވެ. އަދި މެކްސްކޮމްއާ ހަވާލުކޮށްގެން ގެނައި ޓެބްލެޓުތައް ބޭނުންކުރުމާ ގުޅޭ ގޮތުން ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރި ވެސް ކުރުވި އެވެ.

އެކަމަކު ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް އަންނާނެ ކަމުގެ ޔަގީންކަމާ އެކު ފެށި މަސައްކަތުގެ ފޮނި މީރުކަން ނުލިބޭ ކަމަށް ސްކޫލުތަކުންނާއި ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން އެކަމާ ގުޅޭ އުސޫލެއް މިނިސްޓްރީން މިދިޔަ އަހަރު ހެދި އެވެ. ނަމަވެސް އެކަން ރަނގަޅަށް ތަންފީޒުނުކުރެވި ގިނަ ޓެބްލެޓުތައް އޮތީ ދަރިވަރުންގެ ގޭގަ އެވެ. އެކަމަކު ބައެއް މާއްދާތައް ކިޔަވައިދޭން ދޭތެރެއަކުން ޓެބްލެޓް ބޭނުންކުރާ ކަމަށް ބައެއް ސްކޫލުތަކުން ބުނެ އެވެ. އެހެންވެ ޓެބްލެޓުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ އިހުތިޔާރު މިހާރު އޮތީ ކިޔަވައިދޭ ޓީޗަރުންގެ އަތުގަ އެވެ.

ސްކޫލަކުން ވާހަކަދެއްކެވި އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އެޑިއުކޭޝަނުން ހަވާލުކުރި ޓެބްލެޓުތަކުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އިންޓަނެޓު ލިބުމުގައި ވެސް ދިމާވާ މައްސަލަތަކުން ދެ ދުވަހުން އެއް ދުވަހު އެ ބޭނުން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކު ޓެބްލެޓް ބޭނުންކޮށްގެން ކިޔަވަނީ: ގިނަ ދަރިވަރުންނަށް ޓެބްލެޓް އަދި ނުވެސް ލިބޭ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާ ބޮޑު ހަަރަދެއް ކޮށްގެން ޓެބްލެޓްތައް ގެނެސް ހަރުދަނާ އުސޫލެއްގެ ތެރެއިން އެކަން ކުރެވެން ޖެހޭނީ. ނަމަވެސް އެ މަންޒަރެއް ނޫން މި ފެންނަނީ. ބޮޑު އިސްރާފެއް ގޮތަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ގްރޭޑު ތިނެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ، މި އަހަރުގެ ދެ ވަނަ ޓާމު ފެށުމުގެ ކުރިން ޓެބްލެޓް ހަވާލުކުރާނެ ކަމަށް ސްކޫލުން ބުނި ކަމަށެވެ. ނަމަވެސް އަހަރު ނިމިގެން ދާއިރު ވެސް އެކަމާ ގުޅޭ މައުލޫމާތެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

ގްރޭޑު އަށެއްގައި ކިޔަވަމުން އަންނަ އޭނާގެ އެހެން ދަރިޔަކަށް ޓެބްލެޓް ދިނަސް އެއްވެސް ގޮތަކަށް އެ ބޭނުމެއްނުކުރެ އެވެ.

"ނޭނގެ ކީއްކުރަން ދީފައި އޮންނަ އެއްޗެއް ކަމެއް އެއީ. އެއްވެސް ގޮތަކަށް ބޭނުމެއް ނުކޮށް ގޭގައި ބާއްވާފައި އޮންނަނީ،" ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިއަކު ބުންޏެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ޓެބްލެޓުތައް ބޭނުންކުރުމާ ގުޅޭ ގޮތުން މިނިސްޓްރީން ސްކޫލުތަކަށް ވަކި ގޮތަކަށް އަންގާފައިނުވާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އަށް ތައުލީމީ މަންހަޖުން އިސްކަންދޭނެ އެވެ.

އެކަމަށް ބޭނުންވާ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އާތިޔާ ވިދާޅުވި ގޮތުގައި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މާސްޓަ ޕްލޭން ހެދުމަށް ފަހު ޓެބްލެޓް ބޭނުންކުރަން ހަރުދަނާ ގޮތްތަކެއް ކަނޑައަޅާނެ އެވެ. ބޭނުމަކީ ކިޔަވައިދިނުމާއި ދަސްކޮށްދިނުމުގެ ތެރެއިން އެ ބޭނުންކުރުން ކަމަށް ވިދާޅުވި އެވެ.

75 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 14%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީސް

19 September 2019

އިންޓަނެޓް ނުލިބުމަކީ ޓެބްލެޓް ގެ ކުށެއް ނޫން!

The name is already taken The name is available. Register?

ޮބޮޑީ

19 September 2019

މާސްޓަރޕުލޭންގެވާހަކައަބަދުދައްކަނީ. ކޮންމެސަރުކާރަކުންވެސް އަޑަށްބާރުލާފަބުނަނީ މާސްޓަރޕުލޭނޭ. އެއީ އޮޅުވާލުމަށްބޭނުންކުރާބަހެއްތޯ.

The name is already taken The name is available. Register?

ފީކުދާން

19 September 2019

މިސަރުކާރަކީ މެނުއަލް ސަރުކާރެއް ފެންވަރު ނެތީމަ އެއްކަމެއްވެސް ނުވާނެ

The name is already taken The name is available. Register?

ރައްޔިރި

19 September 2019

ކީއްވެގެންތޯ އިސްރާފު ވާންވީ؟ ދުނިޔޭގެ ކުރިއަރަފައިވާ ގައުމުތަކުގައިވެސް ކިޔަވައިދިނުން އެ ދަނީ ޑިޖިޓަލައިޒް ކުރަމުން. ހޯދުންތަކުންވެސް ދައްކާ ދަރިވަރުންނަށް ކުރާ ފައިދާ! ވާ ގޮތަކީ ކޮންމެ ބަޔަކުވެސް ބޭނުންވަނީ ހުރިހާ ކަމެއް ސިޔާސީ ކޮށްފަ ވެރިކަން. އެއް ސަރުކާރުން ކުރާ ފައިދާހުރި ކަންތައް ކުރިޔަށް ގެންގޮސް ރައްޔިތުންނަށް ކެމެއްކޮށްދެން ނުކެރެ.

The name is already taken The name is available. Register?

ފުރާޅޭ

19 September 2019

އެކްސްކިއުޒްމީ! ކޮންގައުމެއްގަތަ ޓެބްލެޓުން ކިޔަވަދެނީ؟ ޓެބްލެޓް ހަދަނީ ޗައިނާ އެމެރިކާ ކޮރެއާމީހުން، އެތާ ކިޔަވަދެނީ ފޮތުން.

The name is already taken The name is available. Register?

ALI WAHEED

19 September 2019

އެއްކަމެއްވެސް މިމީހުންނަކަށް ރަނގަޅެއްނުވާނެ. ރަނގަޅުކަމެއް ކުރާކަށްވެސް ނޭނގޭނެ. ރަސްރަނި ބަގީޗާކީމަ ބޭރުމީހުންނަށް ނޭނގެނީޔޯ. ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނެއް އޮވެޔޯ. ސަލްޓަން އެއީ އެކަޑަމީ ދިވެހިބަހަކަށްވީހެން ދިވެހިބަހެއްކަމަށް އެކަޑަމީން ނިންމާ. ޓެބްލެޓަކީ ބޭނުންކުރަން އެނގުނީމަ ބޭނުންކުރެވޭއެއްޗެއް. ދައުލަތުގެ ރިޒާވް މިހާރުހުސްވަނީ. ޓީބިލް ވިއްކައިގެން އިންޑިއާއަށް ދަރާވިކިއްޖެ. ޢަދިވެސް އެހެންމީހުން ކޮށްފަހުރިކަންތަކަށް ފާޑުކިޔާތި.

The name is already taken The name is available. Register?

ހުސޭން

19 September 2019

ޓެބްލެޓްތައް ބޭނުންކުރަން ނޭގެނީ އެހެންވެ ބޭކާރުވީ، މާލެގަ އެތައްސަރަހައްދެއްގަ ހަދަންފަށާފަހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައްވެސް ބޭނުންކުރަން ނޭގޭތީ ހުރިހާއެއްޗެއް ނަގާ ތެޔޮލާފަ ތަނެއްގަ ފޮރުވީ. މިހާރުނޭގެ ބާދަގަނޑުގެ ނަމުގަ އިންޑިޔާއައް އެއެއްޗެހި ވިއްކާނުލާކަމެއްވެސް. ދުވަސްކޮޅަކުން އަޑުއިވޭނީ ބަޖެޓައްވީހެން ރައުސްމާލުން ބައެއްވީނުވީތަނެއްނޭގި ގެއްލޭތަން. ހިތުން އަސްލަމާ، އެޑްވައިސަރު ރިޔާޒަކީ މާމޮޅުބައެއް، އެކަމު ގަދައީވަސް.

The name is already taken The name is available. Register?

Ekamaku

20 September 2019

އެނގޭމީހުން ތިހުރިހާ އެއްޗެއްގެނެސްފަ ކީއްވެބާ ބޭނުންނޮކޮއްތިބީ.

The name is already taken The name is available. Register?

ކައްމަތިން

19 September 2019

ޢެޑިއުކޭޝަނުން އެކަން ކުރިޔަށް ނުގެންދާތީ، ބޭނުން ނުހިފިގެން އޫޅެނީ. ޓެބްތައް ހެދީ މާލެގައިނަމަ މައްސަލައުޅެދާނެ އެކަމު ސީދާ ކުންފުނިން ގަތީ

The name is already taken The name is available. Register?

ކަދުރު

19 September 2019

ނަފާވެރިއެއްހެން ހީވަނީ. ތިޔައީ ބޮޑު އިސްރާފެއް. ދެއްކުންތެރިކަމެއް. ބަޔަކު މުއްސަނދި ކޮއްދޭން ކުރިކަމެއް

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

19 September 2019

"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 154 މިލިއަން ރުފިޔާއިން ފެށި ޑިޖިޓައިޒްކުރުމުގެ މަޝްރޫއަށް 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަތެވެ". ގަތީކީ ނޫން ގަންނަން ފައިސާ ނެގީ، ގެނައީ އޭގެ ދެބައިކުޅަ އެއްބައި ދެން އެނިމުނީ، ކިހާ ތާހިރު.................

The name is already taken The name is available. Register?

ALI WAHEED

19 September 2019

ސްކޫލްކުދިންނަށް ހެނދުނަށް ފުޅައެޅި ނާސްތާ. ފުޅައަކީ ވަރަށް ޕުރޮޓީންގިނަ އެއްޗެކޯ. އެހެންވީމަ ކޮންމެވެސްގޮތަކުން އެބަޖެހޭ ފުޅަދޭން. އޭރުންނޯ ސިކުނޑި ތަނަވަސްވާނީ. އަނގަނުތަޅާ. މިހާރުނަގާފައިސާ މަދީތަ. ދައުލަތުގެ ޚަޒާނާ އެއޮށްހުސްވަނީ. ބައެއްނުލިބޭތަ.

The name is already taken The name is available. Register?

މޫސުމް

19 September 2019

ޓެބްލެޓް، ނާސްތާ މީ ހައްތާވެސް ކަޓުނަގަން ހިންގާ ޖަރީމާ ތަކެއް.

The name is already taken The name is available. Register?

Ahmed

19 September 2019

ބޭނުން ނުކުރެވެނީތަ؟ ނޫނީ ބޭނުންކުރަން ނޭނގެނީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454