ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ނުއަގުގައި 60 ރަށެއް ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި. --ފޮޓޯ/ރައީސް އޮފީސް
19 ސެޕްޓެމްބަރ 2019 - 18:34
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާއްމު ކުރައްވަމުން ރައީސް ވިދާޅުވީ، އޮޑިޓްތަކުން ފެންނަން އޮތް އަދަދުތަކަށް ވުރެން ވެސް އެ ޚިޔާނާތުން ދައުލަތަށް ވި ގެއްލުން މާ ބޮޑު ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ހޯދި ހޯދުންތަކުން ފެންނަން އޮތީ ތިން ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި ބައެއް ރަށްރަށް އެބަހުރި އެގްރީމެންޓެއް ނެތި، ފައިސާ ނުނަގައި ދީފައި. އަދި ކާކަށް ކަން ދިނީ ނޭނގޭ ވެސް 9-10 ރަށް އެބަ އުޅޭ. އެއް ރަށް ދެ މީހުންނަށް ދިނުން ފަދަ އޮޅުންބޮޅުންވެފައި އޮތް ކަމެއް. --ރައީސް
އެންޓި ކޮރަޕްޝަން (އޭސީސީ) އާއި އޮޑިޓް ރިޕޯޓްތަކުގައިވާ ގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުން ދައުލަތަށް ގެއްލުންވީ 1.4 ބިލިއަން ރުފިޔާ އެވެ.
"ދައުލަތަށް ގެއްލުނު ކަަމަށް ނިންމާފައި އޮތީ 91 މިލިއަން ޑޮލަރު، އެހެން ނަމަވެސް މިހާތަނަށް ބެލިބެލުމުގައި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ހަމަޖެހިފައި އޮތް ގޮތުން އަގުކުރީމާ 220 މިލިއަން ޑޮލަރަށް އެބަ އަރާ. މިއީ އަދި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނައި،" ރައީސް ވިދާޅުވި އެވެ.
އެ ރަށްތައް ލިބުނު ފަރާތްތަކުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް 128 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރަށްތަކުގެ ހަމަ އަގަށް ވާނީ އެ ފައިސާ ދައުލަތަށް ލިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ފައިނަލްވުމާ އެކު ރަށްތަކުގެ ހަމަ އަގު ހޯދަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއްބަސްވުން ބާތިލް ކުރަން ޖެހޭ ރަށެއް އޮތް ނަމަ ސަރުކާރުން އެކަން ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެ ފައިސާ ލިބުނު މީހުންގެ ލިސްޓު ބަލައި އޭގެ ތަފްސީލަށް ގޮސް ހަގީގަތް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. --ރައީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް ދޫކޮށްފައިވާ ރަށެއްގެ އެއްބަސްވުން މީގެ ދެ ދުވަސް ކުރިން ވެސް ވަނީ ބާތިލްކޮށްފަ އެވެ.
އެމްއެމްޕީއާރުސީން ޓޫރިޒަމަށް ދޫކުރި ރަށްތަކުގެ ތެރެއިން މިހާރު އޮޕަރޭޓްކުރަމުން އަންނަނީ 12 ރަށެވެ. އިތުރު ހަ ރަށެއް ތަރައްގީ ކުރަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުއަގުގައި ދޫކުރި ރަށްތަކާ މެދު ފިޔަވަޅު އަޅާ އިރު ވިސްނަން ޖެހޭ ކަންކަން އެބަހުއްޓެވެ. ފިޔަވަޅު އަޅަން ޖެހޭނީ ނުވަތަ ހައްލެއް ހޯދަން ޖެހޭނީ އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކޮމިޓީން ކުރަމުން އަންނަނީ ވަރަށް ބުރަ އަދި އުނދަގޫ މަސައްކަތެކެވެ.
"ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި ބައެއް ރަށްރަށް އެބަހުރި އެގްރީމެންޓެއް ނެތި، ފައިސާ ނުނަގައި ދީފައި. އަދި ކާކަށް ކަން ދިނީ ނޭނގޭ ވެސް 9-10 ރަށް އެބަ އުޅޭ. އެއް ރަށް ދެ މީހުންނަށް ދިނުން ފަދަ އޮޅުންބޮޅުންވެފައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ ޖަމާކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފް އަށެވެ. އެ ފައިސާ އިން މަނީ ލޯންޑަރިން ހިންގާފައިވާ އިރު މިހާތަނަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންދަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށެވެ.
ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު އިތުރު މީހުންގެ މައްޗަށް ދައުވާ ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން މި މަހުގެ ފަހުކޮޅު ފޮނުވާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އެ ފައިސާ ލިބުނު މީހުންގެ ލިސްޓު ބަލައި އޭގެ ތަފްސީލަށް ގޮސް ހަގީގަތް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާ
20 September 2019
ޔާމީނު ސަރުކާރުން ޕްރޮޖެކްޓްތަށް ހިންގުމުގައިވީ ޚިޔާނާތަށްވުރެބޮޑަށް މިސަރުކާރުން ޕްރޮޖެކްޓެއް ނުހިންގުމން ގައުމަށްލިބޭ ގެއްލުން ބޮޑުވެއްޖެކަމަށް ރައްޔިތުން ގަބޫލް ކުރަން ފަށައިފި. ގާތްގަނޑަކަށް ހުރިހައި ވިޔަފާރިއެއް މިދަނީ ފުނޑެމުންނެވެ.
ހާމިދު ޝާހިދު
20 September 2019
ރައީސް ޔާމީން އަތޮޅުތެރެއަށް ދަތުރުފުޅެއް ފައްޓަވާއިރަށް އަވަސް އަރުވާލާފައި ޕްރެސް ކޮންފްރަންސް އެއް ބާއްވާފައި، "ހިިޔާނާތް"، "ހިޔާނާތް"، "ހިޔާނާތް" އޭ މިކިޔަނީ. މޭކަރަނީ އަމަށުކު ވަރަކަށް ނޫން. ސްޕީޗް ލިޔެދޭނޭ ދެތިން އޭޑުންނާއި، ބުނެދޭނޭ ދެތިން އޭޑުން ފަހަތައް ލައްވައިގެން ކަރުދާސްތަކުގައި ލިޔެގެންވެސް ކިޔާ އުޅެނީ "ކޮސް". އޮއްޓަރެއް ހުރި ވާހަކަފުޅެއް އަދި މިވީ 9 ވަމަސް ދުވަހުގެ ތެރޭގައި ވިދާޅުވެފައެއް ނެތް
އަދިވެސް އަނގަ އަރުވާތި
20 September 2019
އެހެންވީމަ ދޯ ތިކިޔާ ގައުމު ދަވާލިކަމަށް ބުނާ 115 މީހުންނާ ފަރާތްތަކުގެ ތެރޭން 12 ވަނައިގައި އޮތް ހަމައެކަނި ޔާމީނުފަހާ މިސަރުކާރުން ދުވަނީ! މިހާހިސާބަށް ހާމަވެފައިވާ ގޮތުގައި ރައީސްވެސް ހިމެނިގެން އެމްޑީޕީ ގެ މަތީ ފަޑީގައިވެސް އަންނި ފިޔަވާ ސަލާމަތްވާނެ އެކަކުވެސް ނެތްކަން އެއީ އެންމެންދަންނަ ބޮޑުސިއްރު!
އެންދެރި
20 September 2019
ނުގަވައިދުން ދިން ރަށް ސަރު ކާރައް ނަގަން ވީ އެވެ.
EMMEN
20 September 2019
ބަޔަކު ކިތައްމެ ވަރަކަށް ނޫންކަމަށް ހެދިގެން ތިބެ މީހުންގެ ބޮލުން މިމަކަރުވެރި މުޅި ދިވެހި ދައުލަތް ސިސްޓަމެޓިކަލީ ލޫޓްވާލި ވާހަކަ ނެރި ހަދާންނައްތުވާލަން މަސައްކަތް ކުރިއަސް ތިކަމެއްނުވާނެ، މިވާހަކަ ހަމަ ގިނަގިނައިން ދައްކަންވާނެ، އަދަބު ދެވެންވާނެ، ދައުލަތުން ގެއްލުނު ބިލިއަންތައް ހޯދެންވާނެ، މަކަރުވެރިންނާއި ވަގުންނަށް މިދައުލަތް ދެވަނަފަހަރަށް ޝިކާރަ ކޮށް މުދަލާއި މިލްކިއްޔާތު ބަހާ ލޫޓްވާ ލެވިގެން ނުވާނެ.
އެޑަމް
20 September 2019
ތިކަމުގާ އަދިވެސް އެގޭއެއްޗެއްތިއެގެނީރައީސައްއެކަނި ރައްޔިތުންނައްއެގޭ އެކައްޗެއްނެތް ރައްޔިތުންނައް މަނިކުފާނުންގެ އަޑުފުޅުއެކަނި އެކަމުރައްޔިތުން މަނިކުފާނައްވޯޓުދިނީތިހުރިހާކާމެއްއެގުމުގެބޭނުމުގަ ކޯޓުންނުނިމުނަސް ދޫކޮއްފަހުރިރައްތަކުގެނަމާ,އެގޮތައްފައިސާނުދައްކާތިބިމީހުން ރައްޔިތުންނައްއެގިގެންރައްޔިތުންގެ މަގުސަދުޙާސިލްވާނީ!
ޑަޑަމް
20 September 2019
ޙައިރާންވެއްޖައީމެވެ! ދަޢުވާއުފުލާނެ މައްސަލައެއްގެ ތަޙުޤީޤުން އެނގޭއެއްޗެއް ވަގުތުން ވަގުތަށް ޢާންމުކުރަންވެއްޖެނަމަ، ދަޢުވާހުށަހެޅޭއިރު އެކަމުން ސަލާމަތްވާނެ ޙުއްޖަތް އޮންނާނީ ރާވާނިމިފަނޫންތޯ! އެންމެވަތުގައި ހުރެވުނީތޯ؟ ނުނީ އެތިފުކެއް ލައްވާލާފައޮތީތޯ؟
އޭޑީ
20 September 2019
ޔާމީނު އެކަމަކު ދުނިޔޭގެ ލަދެއްނެތި، ތަރައްގީއޭ ކިޔައިގެން ރަށްރަށަށް އަރައިގެން މުސްކުޅިން ވާވެއްދުމުގައި އަވަދިނެތި! ތަރައްގީއަކީ އޭނާއަށް މިކަހަލަ ބޮޑެތި ކޮރަޕްޝަން! މުޅި ގައުމު ކައި ހުސްކޮށްފައި ތަރައްގީއޯ! މީނާ ހިފާ ހައްޔަރުކޮށް، މިކަހަލަ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކަށް ޝަރީއަތް ހިންގާނީ ކޮން ދުވަހަކުންތަ؟ ކިހާ ބޮޑު ކަމެއްމިއީ. ރައްޔިތުންގެ ބައިތުލްމާލު ކާލާފައިތިބި މީހުން ހަމަ އަރާމުގައި!
އިރުފާނު
19 September 2019
އަލީ ވަހީދުކަހަލަ އަގުވެއްޓިފައިހުރި މީހަކު އެންމެ ކަރޮޕްޝަން ބޮޑުތަނަށް ލައިގެން ވާނެގޮތް ހިތަށްގެންނަންވެސް ދަތި.
ާރާއްޖެ
19 September 2019
މި ސަރުކާރަށް އަހަރު ހަމަވާ އިރުވެސް ޔާމީނު ޔާމީން ޔާމީން. އޭނަގެ ގެ ވިއްކައިގެންވެސް ކަލޭމެންނަށް ކަމެއް ވޭތޯ އުޅެބަލަ. ހާދަ ސްލޯއޭ.
ކިއްލިބާޝާ
19 September 2019
ޔާމީނަކީ އަގުބޮޑު މީހެއް. އަގުހުރި އެއްޗެއްތާ ވިއްކޭނީވެސް.
ބެބޭއްއަ
20 September 2019
ބަލަ ވައްކަން ކުރީމަވެސް ގޯސް ވަނީ އެކަން ތަހުގީގު ކުރާ މީހުންތަ؟
ހާމާނު
19 September 2019
މޮޔަގޮވާހިސާބައް ދިޔައީތޯ؟ ރަށެއް ދީފަހުރިބަޔަކު ނޭގުނިއްޔާ އެތާއުޅޭބަޔަކުވެސް ނޭގުނީތޯ؟. އެބަޔަކާ ސުވާލުކޮއްލަން ކާކުގެރަށެއްތޯ؟.މިއަހަރުގެ ބަޖެޓް ދުމައްގޮސްނިމިއްޖެ ކުރެވުނީ ކޮންކަމެއްތޯ؟. އަބަދަކު އެންމެންބޭނުމެއްނުވާނެ ޔާމީނުކެއީ ޔާމީނުކެއީ އަޑުއަހާކައް. މަނިކުފާނު ނުކައި އަބަދުރޯދަޔައް ހުންނެވިޔަސް ބަޖެޓްހުސްވެއްޖެ ދެއްތޯ؟. ކުރެވުނުކޮންމެސްކަމެއް ރައިއްޔަތުންވެސް ދެކެންބޭނުންވާނެ.