އެސްޓީއޯ ސުޕަމާޓް ފިހާރައިން ބަޔަކު ތަކެތި ގަންނަނީ --ފޮޓޯ:ހުސައިން ވަހީދު/ މިހާރު
20 ސެޕްޓެމްބަރ 2019 - 14:56
ވިޔަފާރި ކުރުމަށް ދާއިރު، ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންދިއުމުން، ގަންނަ ކޮންމެ ބާވަތަކަށް އެސްޓީއޯ ސުޕަމާޓުން ދެ ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
"ޕްލާސްޓިކަށް ނޫނެކޭ ބުނަމާ" މި ޝިއާރުގެ ދަށުން އެސްޓީއޯ އިން ފެށި މި ޕްރޮމޯޝަނަކީ ވިޔަފާރި ކުރުމަަށް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުން ޑިސްކައުޓް ލިބޭނީ އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރާ މީހުންނަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ބާރު އަޅާނީ ވިޔަފާރި ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރު ކުރުމަށް ކަމަށެވެ. އެހެންކަމުން މިކަމުގައި އެސްޓީއޯ އަށް އާންމުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮޝަނުގެ ސަބަބުން ޕްލާސްޓިކް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ވިޔަފާރި ކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމު
20 September 2019
ވަރަށްވެސް އެދެވޭކަމެއް. ދާދެއަވަހަށް ޕުލާސްޓިކްކޮތަޅު ގެންގުޅުން ހުއްޓިދާނެހެންއެބަހީވޭ.