މާފިލާފުށީގައި ސިފައިން ތަމްރީނުތައް ކުރިއަށް ގެންދަނީ. --ފޮޓޯ: އެމްއެންޑީއެފް
21 ސެޕްޓެމްބަރ 2016 - 20:16
ސިފައިންގެ އަސްކަރީ ހާއްސަ ތަމްރީނުތަކެއް ޅ. މާފިލާފުށީގައި މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގެ ބައެއް ކަމަށެވެ. މި ތަމްރީނުތަކުގައި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެތަނުން ބުނިގޮތުގައި އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގާފާނެ ޓެރަރިސްޓް އަމަލެއް ހުއްޓުވައި ރައްކާތެރިކަމާއި ސަލާމަތްތެރިކަން ގާއިމުކުރަން ހިންގަންޖެހޭ ހާއްސަ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ވެސް ތަމްރީނުތަކުގައި ދޭނެ އެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ ގައިގައި ހުރުން ލާޒިމް އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ ގާބިލްކަން އިތުރަށް ތަރައްގީކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިންގެ ގާބިލްކަން އިތުރުކުރަން ތައުލީމާއި ތަމްރީނުދީ، ގާބިލް ބައެއްގެ ގޮތުގައި ބޭތިއްބުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރަކީ ވަކި ހާއްސަ ޝިއާރެއް ކަނޑައަޅައި ތަމްރީނުތައް ކުރިއަށް ގެންދާ އަހަރެއް ކަން ވެސް އެމްއެންޑީއެފުން ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރރރ
23 September 2016
ސިފައިންގެ އެވެރެޖެ ތައުލީމީ ފެންވަރު ވަރައްދައް. ގިނައީ އޯލެވެލް އިން ފާސްނުވާ ނޫނީ ގުރޭޑް 7 ގެ ފެންވަރު. މިކަން ރަންގަޅުވާނީ ކޮންއިރަކުންބާ.
ޓްރޫ ސޯލްޖަރ
22 September 2016
ސިފައިނގެ %25 ފަސެންޓް މީހުންނަކީ ސިފައިންގެއިން ކަނޑައަޅާފައިވާ އަސާސީ މިންގަނޑު ނެތް މީހުން، މީގެތެރެއިން ބަޔަކަށް ފޯސް ރިޓާޔަރމަންޓް ދޭން ނިންމުމުން، އެމީހުން މިނިސްޓަރަށް ސިފައިންގޭގައި ބަހައްޓަ ދިނުމަށް އެދި ސިޓީ ފޮނުވުމުން މިނިސްޓަރު(ސަރުކާރުގެ)ގެ ހިޔޮފުޅުކަމުން އެމީހަކު ބެހެއްޓީ ކަމަށް ވަނީ ދައްކާފަ، އިހުލާސްތެރި އެއްވެސް ނިޔަތެއް އޮވެގެން ކުރާ އެއްކަމެއްވެސް މިހާރު ސިފައިންގޭގައި ނުކުރެ، ތަނުގެ ހަޤީޤީ ހާލަތާ ބެހޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް އަށް ކަމެއް ހުށައަޅައިފިނަމަ ފިތުނަ ފަސާދަ އުފައްދާ މީހެއްކަމުގައި ބުނެ ވަޒީފާއިން އެމީހަކު ކޮށްލާނެ، މީތަނުގެ ހާލަތަކީ.... ސިފައިންގެއަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ދައުލަތުގެ ވަޞީލަތްތައް ބޭނުންކޮށްގެން ހިންގާ އެންމެ ބޮޑު ސިޔާސީޕާޓީ...
ހާލަކީ
22 September 2016
ކިީކުރަން ހަދާ ބޭކާރު ޓްރޭނިންގ އެއް، ބޭކާރު ޚަރަދު، މިޤައުމުގަ ހަދަންވީ ހަމައެކަނި ޕެޕަރ ސްޕްރޭ ޓްރޭނިން ........................