26 ސެޕްޓެމްބަރ 2019 - 12:28
ރާއްޖެއަށް 15 އެމްބިއުލާންސް ގެނައުން އަގުބޮޑުކޮށް ހުށަހެޅި ކުންފުންޏަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެމްބިއުލާންސް ގެނައުމުގެ އިތުރުން އެންމެ ހެޔޮ އަގެއް ހުށަހެޅީ ވެސް އޭޑީކޭ އިންނެވެ. އެ ކުންފުނިން ހުށަހެޅީ 59-89 ދުވަހާ ދޭތެރޭ އެމްބިއުލާންސްތައް ގެންނަން 7.9 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ހެޔޮ އަގު ހުށަހެޅި އެމްއޯ ޓްރޭޑުގެ އަގަކީ 90 ދުވަހުގެ ތެރޭގައި ތަކެތި ގެނެސްދިނުމަށް 8.4 މިލިއަން ރުފިޔާ އެވެ.
ނަމަވެސް އެ ބިޑް ކާމިޔާބުވީ އިންޑިއާގެ މޯހަން މުތާ އަށެވެ. އެ ކުންފުނިން ހުށަހެޅީ 90 ދުވަހުގެ ތެރޭގައި ތަކެތި ހަވާލުކުރާ ގޮތަށް 8.7 މިލިއަން ރުފިޔާ އެވެ.
އެއީ ކޮރަޕްޝަން ކަމަށް ތުހުމަތުކޮށް މައްސަލަ އޭސީސީ އަށް ހުށަހެޅީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިންނެވެ.
Ambulance gennan India kunfugnah dhinumun ACC ah
The most trusted news source in the Maldives
Mihaaru
އޭޑީކޭން މައްސަލަ އޭސީސީއަށް ހުށަހެޅުން--
އެމްބިއުލާންސް ގެނެސްދޭން އަގުހެޔޮކޮށް ކުންފުނިތަކަކުން ހުށަހަޅާފައި ވަނިކޮށް، ބޮޑު އަގު ހުޅަހެޅި ކުންފުންޏަށް ދިނީ ކީއްވެތޯ "މިހާރު" އިން ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެކްޒެކްޓިވް މުހައްމަދު ޝަނޫން ވިދާޅުވީ އެ މައްސަލަ އޭސީސީން ބަލަމުން ދަނިކޮށް ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
"އޭސީސީން ބަލާ މައްސަލައެއްގައި އަޅުގަނޑުމެން އެއްޗެއް ބުނުމަކީ ރަނގަޅު ކަމަކަށް ނުވާނެ،" ޝަނޫން ވިދާޅުވި އެވެ.
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔާމީން ރޭ ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ ބީލަން އިންޑިއާގެ ކުންފުންޏަށް ދިނީ އިންސާފުން ނޫން ކަމަށެވެ.
އޭޑީކޭ އިން ބުނި ގޮތުގައި ބީލަން ކާމިޔާބު ނުވި ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ މިނިމަމް ރިކުއާމަންޓަންސްގެ ތެރެއިން ފުރިހަމަ ނުވާ ބައެއް ކަންކަން ހުރުމެވެ. ނަމަވެސް އެ ކަންކަން ވެސް ހުންނާނީ ފުރިހަމަކޮށްފައި ކަމަށް އޭޑީކޭ އިން ބުންޏެވެ. އެގޮތުން އޮކްސިޖަން އައިޓަމާއި އެމްބިއުލާންސްގެ ބޮޑުމިން ފަދަ ކަންކަން މިނިސްޓްރީން އެދިފައިވާ ގޮތަށް ބީލަމުގައި ހިމަނާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްބިއުލާންސް ގެންނަން ދީފައިވާ އެމްއެމް އެކްސްޕޯޓަކީ ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ނަގައިގެން ރާއްޖޭގައި ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެފައިވާ އިންޑިއާ ކުންފުންޏެކެވެ. ކާޑުގެ ބާވަތްތައް އެތެރެކުރުމުން ފެށިގެން ގޮސް އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓްތައް ވެސް އެ ކުންފުނިން ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޭމުދޮންކަމަކު
26 September 2019
އިންޑިޔާ އެމްބަސީންވެސް މިހާރު އާންމުން އަތުން ވިސާ ކަންތަށް 'އަވަސް' ކުރަން ޑޮލަރު ނަގަން ފަށައިފި. އިންޑިޔާބޭބެ މެން މިހާރު މިގައުމުގައި ހަދަނީ ހިތުހުރި އެއްޗެއް. އެޖެންޑާގަ އޮތީ އިންޑިޔާ ކުންފުނިތަކާ ގުޅިގެން ޖެހުނު ތާކުން ކެއުން.
ޒެޓް
26 September 2019
މިހާރުގެ ފިނޭންސް މިނިސްޓަރަކީ ކޮރަޕްޝަން ކުރިއަރުވާ ފަރާތެއްކަން އެބަ ފާހަގަ ކުރެވޭ! ޒިކުރާ މިސްކިތުގެ ކޮންޓްރެކްޓު ބާޠިލް ކުރުމުންވެސް، އަނެއްކާ ހަމަ އެގޮތަން އެމަޝްރޫއު ހިންގަންވެސް ފިނޭސް މިނިސްޓްރީގެ ތެރެއިން އެބަ މަސައްކަތް ކުރާކަމަށްވަނީ!
އަލިބެ23
30 September 2019
އެއްވެސް ހެއްކެތް އެބައޮއްތަ؟
ޝޮކްތެރަޕީ
26 September 2019
ދިވެހިންނަ އޮޅުވައިލައިގެން ވެރިކަން ކުރުމަކީ ގޯހެ. ޤައުނު މިދަނީ އިންޑިޔާގެ މުށުރެޔައްލެވެމުން.
އިބުރޭ އަޙްމަދު
30 September 2019
އޮޅުވާލައިގެން ވެރިކަން ކުރި މީހާ ފެންނަން އެހުރީ
އެލް
26 September 2019
ޚަބަރާ ގުޅޭ އެންމެ ބަރާބަރު ފޮޓޯ ތިއޮތީ ޖަހާފައި..
މާލޭމީހާ
26 September 2019
އޭޑީކޭ އަށް ހޮސްޕިޓަލް ދިނީ ބިޑުންތަ.
ނިކަމެތި
26 September 2019
ރީދޫ ޓައީ އަޅައިގެން ލަދުހަޔާތް ކޮބާ?
ކްރިޓިކަލްތިންކާ
26 September 2019
އިންޑިއާގެ މޯހަން މުތާ އަށް ނުނީޔާ ނުދެވޭތަ އެއްޗެއް! ޔާމިންގެ ސަރުކާރު މާރަގަޅު! އެއީ އެއްޗެއް ދިނަސްދިނީ ދިވެހިންނައް.
އިންސާފް
26 September 2019
އަގުހެޔޮބަޔަކަށް ނޫނީ އަވަހަށް ޑެލިވަރ ކުރާ ބަޔަކަށް ކާމިޔާބުވާ އެއްޗެއްނޫން ބިޑަކީ. ބިޑް ޑޮކިއުމެންޓް ފުރިހަމަވާ މިންވަރަކަށް މާރކްސް މަތިމިވަނީ. އޭޑީކޭ ވެދާނެ އެންމެ ގާބިލް ފަރާތަށް. ނަމަވެސް ބިޑް ޑޮކިއުމެންޓް ފުރިހަމަ ނުވާނަމަ މާރކްސް ނުލިބޭނެ. އެހެންކަމުން ދެފަރާތުގެ ޑޮކިއުމެންޓް ތައް ނުފެނި މިކަމުގައި ވަކިކޮޅެއް ނުނެގޭނެ.
ރަންބުއްދި
26 September 2019
އަމިއްލަގައުމުގެ ރައްޔިތުން ފައިމައްޗަށްތެދުވެ ހިންދަމާލެވޭނީ ދިޔަފަދަ ކުދިކުދި ބިޑްތައް ދިވެހިކުންފުނިތަކަށްދީގެން.މިއޮއްހުރިހާދުވަހުކީ ދިވެހިން އަމިއްލަފައިމައްޗަށްތެދުވެ ފަހުރުވރި ދިވެއްސެކޭ ބުނަން ފުރުސަތުދޭނަމޭ.ނަމަވެސް މަތިންތިރިއަށް މިފެންނަނީ ދިވެހިން ދިވެހިގައުމުގަ ނިކަމެތިވާތަންތަން.އެކަމަކުވެސް ނަންވާނީ ނިކަމެތިބަންގާޅިން މިގައުމުގަ ބުރަމަސްކަތް އަދި ގުލާނުކޮށް އެމީހުން ގައުމަށް ފައިސާކޮޅުފޮނުވާވާހަކަ.ސަރުކާރުވިކިފަ
އަލީ ރާޖާ
26 September 2019
އިންޑިއާގެ އެއް މިޝަން (އިގްތިސާދީ މިޝަން) ކާމިޔާބް ކޮށް ނިމެނެީ. އަނެއް މިޝަން (އަސްކަރީ މިޝަން) އައްޑޫގަ އެދަނީ މެކުހަށް.