ނިއު ޕޯޓް ވިއު: އެ ބިން 15 ދުވަސް ތެރޭގައި ސަރުކާރާ ހަވާލުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައި -- ފޮޓޯ/މިހާރު
26 ސެޕްޓެމްބަރ 2019 - 13:25
ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން 15 ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ރާޅުގަނޑު ސަރަހައްދުގައި ހިންގާ ނިއު ޕޯޓް ވިއުގެ މައްސަލާގައި، އެތަން ހިންގާ ސްޓްރާޑާ ކުންފުންޏާ ދެކޮޅަށް ދައުލަތުން ދައުވާކުރީ އެތަން ހުސްކުރަން އަމުރުކޮށް ދިނުމަށާއި އެތަނުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެތަނުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ އެއްބަސްވުން ބާތިލް ކުރުމަށް ސަރުކާރަށް ލިބޭ އިހްތިޔާރުގެ ދަށުން ކަމަށެވެ. އެހެންވެ، އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ ބިން ބޭނުން ކުރުމުގެ ހައްގު ސްޓްރާޑާ ކުންފުންޏަށް ލިބިގެން ނުވާނެ ކަމަށާއި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި އެ ބިން ސަރުކާރާ ހަވާލު ކުރުމަށާއި އަދި އެ މައްސަލާގައި ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލު ކުރުމާ ހަމަ އަށް އަރަމުންދާ ފައިސާ 30 ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
ކުރީގެ ސަރުކާރުގައި 2016 ގައި އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރެއްވި ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ސްޓްރާޑާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފައި ވަނިކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މިއަހަރު ކުރީކޮޅު އެވެ. އަދި މިދިޔަ ރޯދަ މަހުގެ ފަހުން އެތަން ހުންނަނީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯ ހަލާކުވެއްޖެ
28 September 2019
ތިހާވަރަށް ލާރި ނަގާ ބަޔަކު މުވައްޒަފުންނަށް މުސާރަ ދިނިއްޔާ މާ ރަނގަޅުދޯ؟ ފެރީ ޓަރމިނަލް ކައިރީ ހުންނަ ނިއު ޕޯޓް ރެސްޓޯރަންޓްގަ ތިބި ވޭޓަރުންވެސް ބުނި އެތަނަށް ކާން ދިޔަތަނާ ، މިހާރު މުސާރަ ނުދޭތާ 7 މަސް ވެއްޖެއޭ. ކައްކަން ގެންގުޅޭ ދިވެހި މީހުންވެސް 3 މަސް ބަލާފަ ކެނޑިއްޖެޔޭ. ދިވެހިން ކެނޑުނަސް ތިމަންނަމެން ކެނޑޭނީ ކިހިނެތްހޭ....މީދެން ބޮޑުވަރު ދޯ! ކަސްޓަމަރުން ކައިރީ މިކަހަލަ ވާހަކަ ދައްކާނީ ކިހާ ހާލެއްގަ ގެންގުޅޭތީ.
ޥަގުއުސައިދުޔޫކޭ
27 September 2019
ޙުސްކުރަނީ
މާޝާ
27 September 2019
މާތްކަލާނގެ ދެއްވިއެއްޗެއް އެކަލާނގެ ގެންދަވާނެ. ދުނިޔެވީ ފިލާވަޅެއް. އިރާދުކުރެއްވިއްޔާ މިކަހަލަ ކަންކަމުން އިބްރަތް ހާސިލްކޮށް އަނެކާއަށް އަޅާލާމީހަކަށް އަޅަމެން ހައްދަވާށެ.
ބިންގޯ
27 September 2019
ވަރަށް އުފާވެރި ހަބަރެއް
އަންވަރުބިންލުތުފީބިންކާމިލް
26 September 2019
ތިބުނީ ރަނގަޅަށް.މިނިވަން 50 ގެ ޖާފަތުން 800 މިލިޔަން ބުރިޖް ހަދަން 2000 މިލިޔަން މަޖީދީމަގުގަ ގާއަތުރަން 750 މިލިޔަން އައިޖީއެމްއެޗް 950 މިލިޔަން މިއީ ހައްތާވެސް މިސޮރު ހާދަވަރަ ކަށް ދޯމިކާލީ އެހެން ވީމަ ހަޖަމެއް ނުކުރެވޭނެތާ ނުލިބޭ ކުދިންނަކަށް ........
ކީމަން ކީކާމިލް
26 September 2019
ސާބަހޭ ލުތުފީ
ގޯސް
26 September 2019
ތިޔަގޮތަށް ކާނިވާ ވެސް ހުސްކޮށްބަލަ. މިހާރު ބައެއްމީހުން ބޮޑެތި އިމާރާތްތައް ބުރުބުރިއަށް އެހެރަހަދަނީ. މޮޅުކަމަކީ މުޅި އެތަން ހިންގަނީ ބިދޭސީން. ޢެތަންތަން ދީފައިއެވަނީ އުމުރަށްތަ. ދައުލަތުގެ ބިން މިގޮތަށް ކެފޭ ހަދަން ހުއްޓުވަންވެއްޖެ. ޢެއަށްވުރެ މާމުހިންމުކަންކަން ކުރަން އެބަހުރި.
ދިރޭ މިތުރާ
26 September 2019
ޔާމީނުގެ ކޮރަޕްޝަންގެ ސިލްސިލާގެ ކަމެއް
ބޮކުރީ
26 September 2019
ރައްޔިތަކަށް އަނިޔާވެރިވެވޭތޯ ބަލާތި
އަލީރާޖާ
26 September 2019
މި ހުކުމް ކުރަން 1 އަހަރު؟ ދެން ދާނީ ހައިކޯޓަށް އޭގެ ފަހުން ސުޕްރީމް ކޯޓަށް. 5 އަހަރު ވާއިރުވެސް ޝަރުއީ މަރްހަލާ ނިމުނިއްޔާ ރަގަޅު.