ލޮނުޒިޔާރަތްކޮޅުގައި ސްޓްރާޑާ އިން ހެދި ނިއުޕޯޓް ވިއު ރެސްޓޯރަންޓް --- ފޮޓޯ: މިހާރު
18 އޯގަސްޓް 2025 - 14:21
ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގި ބިން ހަވާލުކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދައްކަން ސްޓްރާޑާ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން އިސްވެ ކުރިއަށް ގެންދަން ފެށި ތަންފީޒުގެ މައްސަލަ ދައުލަތުން އެދިގެން އެ ކޯޓުން ބާތިލްކޮށްފި އެވެ.
ސްޓްރާޑާ ކުންފުންޏަށް ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކުރަން ދީފައިވަނީ ސެޕްޓެމްބަރު، 2016 ގައި ހައުސިން މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ލޮނުޒިޔާރަތް ޕާކާ އިންވެގެން އޮންނަ އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސެޕްޓެމްބަރު، 2019 ގައި ވަނީ 15 ދުވަހުގެ ތެރޭގައި ބިން ހުސްކުރުމާއި އެ ތަނަށް ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.
އެ ހުކުމާ އެއްގޮތަށް ބިން ހަވާލުކުރު ނަމަވެސް ފައިސާ ނުދައްކާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުން އިސްވެ ފަށާފައި ވަނިކޮށް ދައުވާ ކޯޓުން ބާތިލްކުރީ، އެ މައްސަލަ އިތުރަށް މުރާޖާކުރަން ދައުލަތުން ބޭނުންވާތީ ދައުލަތުން އެދިގެން ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވެ އެވެ.
އޭޖީ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ބާތިލްކުރަން އެދުނީ ސްޓްރާޑާއިން އެ ބިން ދައުލަތާ ހަވާލު ކޮށްފައިވާތީ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ބައި އިތުރަށް ދިރާސާ ކުރުމަށް ފަހު، އެ މައްސަލަ ފަހުން ކޯޓަށް ހުށަހަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނބޯރައްޔިތު
18 August 2025
ދައުލަތް އަތް ނުބާނަމޯ. ހެހެހެހެހެ
ކޮރަލް
18 August 2025
އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. ސިވިލް ކޯޓުން އިސްވެ ކުރިއަށް ގެންދަން ފެށި ތަންފީޒުގެ މައްސަލަ ދައުލަތުން އެދިގެން އެ ކޯޓުން ބާތިލްކޮށްފި އެވެ. މިޔަށް ކިޔާނެ ނަމެއްވެސް ނޭނގެ އެވެ. ރައްޔިތުންގެ ފައިސާ އެވެ. ކޮރަޕްޝަނޭ ވެސް ކިއި ދާނެ އެވެ. ސިޔާސީ މީހުނާ ސިޔާސީ މީހުނާ ގުޅިފަ އެވެ. ހުރިހާ މަރުހަލާ ނިމި އަލުން މަރުހަލާ ފެށީމަވެސް ވީ ކަމެއް ނެތެވެ.
ޓެކްސް ބަފާ
18 August 2025
މީ ޓެކްސް ދައްކައިގެން އުޅޭ ވަރުގެ ގައުމެއް ނޫން.
ސަޅި ގޭމެއް
18 August 2025
މިއީ ވެރިން (ސިޔާސީ) ވީމަ ލިބޭ މަންފާ ދެއްތޮ؟ ނިކަމެތި މީހެއްނަމަ އެއްލާރިވެސް މާފުނުވޭ؟
ވަކަރުގޭ
18 August 2025
ނިކަމެއްޗަކަސް ކޮންމެވައްތަރެއްގެ ވެރިޔަކަށް ވިޔަސް މިފަދަ ދައްކަން އޮތް އެެއްޗެއް މާފުވެގެންނުވާނެ. މިހާރު މިވީގޮތުން ސްޓްރާޑާއަށް 1.1މިލިޔަން ރުފިޔާ ލިބުނީ. ދައުލަތަށް އެބައި ގެއްލުނީ. ދެރަކަންތައް މީ
އަތޮޅޭ.
18 August 2025
އިންސާފުވެރިކާ ހަމަހަމަކަމާއެކު ކޯޓުން ކުރިޔަށް މި މައްސަލަ ގެންދާނެ ކަމަށް އުންމީދު ކުރަން
ގައްބަރު
18 August 2025
ލިޔުންނުކިޔާ ކޮމެންޓް ނުކުރަންވީނު؟
ފައިސަލް ހަމީދު
18 August 2025
އެއްވެސް މީހަކާ ދޭތެރޭ ނުހައްގުން ކަމެއް ކުރެވިގެން ނުޥާނެ. މާދަމާ ވެސް އަހަރުމެންނަކީ ނެތިދާނެ ބައެއް
ބަޓަރު
18 August 2025
ނުހައްގަކީ ކޮބާބާ؟ ދައްކަންޖެހޭ ފައިސާ ދައްކަން ނުޖެހުނީމާތަ؟
ކޮރަލް
18 August 2025
ހުރިހާ މަރުހަލާ އެއްގެ ފައިސާ ދައްކަން ނިންމާފަ އެވެ.
ފީބޯ
20 August 2025
ރަނގަޅު ވާހަކައެއް. ތި 1.1 މިލިއަން ރުފިޔާ ދައްކަން ނުޖެހިއްޖެއްޔާ ދިވެހި ރައްޔިތުންގެ ހައްގަށް އަރައިގަނެވުނީ!
ފަރީޝާ
18 August 2025
މިއީ ވަރަށް ނުބައިކޮށް ހިންގާފަ އޮތް ތަހުގީގެއް ކުރީ ސަރުކާރުން. މިފަދަ ކަންކަން އިންސާފުން ގެންދަން ވާނީ ލައިކް މުޢިއްޒު
ޟޭޚުލް
18 August 2025
ކޮބައިތަ ނުބައިވެފަ؟ ހުރިހާކޯަޓަކުން އެއޮތީ ހުކުމްކޮށްފަ ދައްކަން. ވިޔަފާރިކޮށްފާ ދައްކަންޖެހޭ ކުލި ނުދެއްކާ ސަލާމަތްވީމާ ރަގަޅުވީ ދޯ؟
ބޯގޯސޯ
20 August 2025
ހާދަ ވައްތަރޭ ޒާހިދުގެ ކޮމެންޓަކާ!
ޖިނާން.
18 August 2025
ނިއުޕޯޓް އަލުން ހުޅުވާތަން ބަލާލަން ބޭނުން. ވަރަށް ހިތްގައިމު ތަނެއް. އިބްރާހިމް ސޯލިހުގެ އަނިޔާވެރިކަމުން އެތަން އަތުލީ
ބިންބި
18 August 2025
ކުލިނުދައްކައިގެން އަތުލީމާ އެވީގޯސް ކަމުގައިވާނަމަ ހުރިހާ އެންމެންވެސް ކުލި ނުދައްކަންވީތަ؟
ޒިނާން.
18 August 2025
އެއްވެސް ބަޔެއްގެ ހައްގަކަށް އެރިގެން ނުވާނެ. ކުރީ ސަރުކާރުން ވަނީ ނިއުޕޯޓު ވެރިންގެ ހައްގަށް އަރާފަ.
ހެޔޮއެދޭ
20 August 2025
ތިޔައްވުރެން ބޮޑު ޖޯކެއް ކިޔާބަަލަ!
ތާޒާ
18 August 2025
ޠާމީންގެ މައްސަލަ ކީއްވެ ދައުލަތުން އެދިގެން ބާތިލް ނުކޮށްގެން އުޅެނީ - ޔާމީން ތައުބާ ނުވެގެންތޯ؟ ޕީޖީ އަށް ފެނުނުނު މީހެއްގެ މައްޗަށް ދައުވާކޮށް ނުފެންނަ މީހަކު ދޫކޮށް ކުށް ސާބިތުވެ ދައުލަތަށް ދަރަނި ދޭން ސާބިތުވެފަ ތިބިމީހުންގެ ދަރަނި މާފުކޮށް މިހުންނަނީ ސާފު ބޭއިންސާފު. ދައުލަތަށް ދައްކަން ސްޕްރީމް ކޯޓާ ހައިކޯޓްން ހުކުމް ކޮށްފައޮތް ދަރަންޏެއް ޕީޖީ އަކަށް މާފެއް ނުކުރެވޭނެ. ޕީޖީ ކުރާކުށަށް ޕީޖީގެ މައްޗަށް ރައްޔިތުން ތެދުވެ ދައުވާ ކުރަންޖެހޭ.