04 އޮކްޓޯބަރ 2019 - 07:19
ގިނަ ބަޔަކު މިހާރު ބޭނުންކުރާ ސޯޝަލް ޕްލެޓްފޯމް ވަޓްސްއެޕުން ފޮނުވާ މެސެޖްތައް ވެސް އަމިއްލަ އަށް ފޮހެވޭ ފީޗާއެއް ޓެސްޓްކުރަން ފަށައިފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި ބޭނުންކުރާ މީހުންގެ ޕްރައިވެސީ ރައްކާތެރިކޮށްދޭން އަޅާ ފިޔަވަޅެއްގެ ގޮތުން މިހާރު ޓެސްޓްކުރަމުން އަންނަ ފީޗާ މި ވަގުތު މަސައްކަތްކުރަނީ އެންޑްރޮއިޑްގެ ބީޓާ ވާޝަނުގަ އެވެ.
އެހެންވެ ވަޓްސްއެޕް ބޭނުންކުރާ ހުރިހާ އެންމެންނަށް އާންމުކޮށް ލިބޭނެ ގޮތަށް މި ފީޗާ ދޫކޮށްލާނެ އިރެއް އަދި ނޭނގެ އެވެ. ވަޓްސްއެޕަށް މި ގެންނަ ބަދަލާ އެކު އޭގެ ބެލެނިވެރި ކުންފުނި ފޭސްބުކްގެ މެސެންޖާ އާއި ޖީމެއިލާއި ޓެލެގްރާމްއާ ދާދި އެއް ކަހަލަ ފީޗާއެއް ވަޓްސްއެޕަށް ވެސް އައީ އެވެ.
ރިޕޯޓްތައް ބުނާގޮތުން ފޮނުވާ މެސެޖްތައް ފޮހެވެ ފީޗާ މަސައްކަތްކުރާނީ އެ އޮންކޮށްލުމުން މެސެޖްތައް ބަހައްޓަން ބޭނުންވާ ޓައިމް ލިމިޓަކަށް ސެޓްކުރެވޭ ގޮތަށެވެ. މިއީ މިހާރު ވެސް އެހެން ބައެއް މެސެޖިން އެޕްތަކުގައި ބޭނުންކުރަމުން އަންނަތާ އެއްތައް ދުވަހެއް ވެފައިވާ ފީޗާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy