03 އޮކްޓޯބަރ 2019 - 09:46
އިލެކްޝަންސް ކޮމިޝަންގެ (އީސީ) ގެ މެމްބަރު ކަމުގެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަނުގެ މިހާރުގެ ނައިބު އަމްޖަދު މުސްތަފާ ކުރިމަތިލައްވައިފި އެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވާ ދެ ބޭފުޅުންނެވެ.
އެ މަގާމަށް ކުރިމަތިލައްވަން ހުޅުވާލީ އަމްޖަދުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީ އެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 11 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި އެވެ.
އެ ކޮމިޝަންގެ މެމްބަރު ކަމަށް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކުގެ ތެރެއިން ނަމެއް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ފުއާދާއި އަމްޖަދު ހިމެނިވަޑައިގަންނަވަ އެވެ.
1- ފުއާދު ތައުފީގު، މއ. ތަޅަމުދިގެ
2- އަމްޖަދު މުސްތަފާ، އަލިވާގެ ގއ. މާމެންދޫ
3- ހަސަން ނާޒިމް، ހ. ގާޑެނިއާ
4- ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
ހަތަރު ބޭފުޅަކަށް ރައީސް ތާއީދު ކުރެއްވި ނަމަވެސް އެ މަގާމަށް ކަނޑައަޅަން ޖެހޭނީ އެންމެ ބޭފުޅެކެވެ.
1- އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ
2- މުއާވިޔަތު މުހައްމަދު، މ. ޒޭވަރު
3- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851
4- މުހައްމަދު އަހުމަދުފުޅު، ބުރެވިމާގެ، ޅ. ހިންނަވަރު
5- ނިއުމާތު ޝަފީގް، މ. މާފުށީގެ
6- މުހައްމަދު އިސްމާއިލް، މ. ކެލަން
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަނޑައަޅައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެ ސިޓީފުޅާ ގުޅިގެން އެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
އީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި ފުއާދު ވަނީ މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކާސް ޕަކާސް
03 October 2019
މިނިވަން މުއަށްސަސާ އޯ....ޕާޓީގެ އެކުޓިވިސްޓުން ނޮ މިނޭޓުވަނީ....
ސޮބުރީ
03 October 2019
ބޭނުންވާނީ އާވިސްނުމެއް އާ ހުނަރެއް..
ޙިނި
03 October 2019
ކަމަކުނުދޭ
ތތތހހ
03 October 2019
ކޮން އިރަކުންތަ އެން.އައި.ސީ އަށް މެންބަރެއް ލަނީ. މިހާރު އަހަރެއްވަނީ މިސަރުކާރަކީ ހަމަ ހުރިހާ ކަމެއްގަވެސް ސްލޯ ސްރުކާރެއް
ދަލޭ
03 October 2019
އެންއައިސީ އަށް މެންބަރަކު ލާ އެސީ އެތާނގެ ރައީސް އަށް ހަދާނީ ކޮން އިރަކުންތަ.. މިހާރުދެން ޓީޗަރުކަން ދޫކޮށް އައިސް ތސންތަން ހިންގަން ވަތް ގްރޫޕުގެ ފެންވަރުނެތްކަން އެނގޭހާ ދުވަސްވެއްޖެއެއްނު.
ކިމް
03 October 2019
އެންމެ ޤާބިލު ފަރާތަކީ އަމްޖަދު. ފުވާދު ތައުފީޤަށް މިހާރު މިކަން ކުރެވޭނެ ހެނެއް ހީއެއްނުވޭ. އިންތިޚާބުތައް ބޭއްވުމުގައި ތަޖުރިބާހުންނާނީ އަމްޖަދު.
ކަނބިލި
03 October 2019
ފުއާދު ހޮވޭނީ. މުޖައްރިބު
އިންތިހާބު
03 October 2019
ފުއާދަކީ މިފަދަ ޒަމާނެއްގައި ތިމަގާމަށް އެކަށޭނަ ބޭފުޅެއްނޫން މިއަދު ބޭނުންވަނީ ކެރުމާއި ހުނަރާއި ގާބިލުކަމާއި ވަކިފަރާތަކަށް ނުޖެހި ކަންކަން ކުރާނެ ބައެއް ވަކިކުލައެއް ޖެހިފައިވާ ވަކި ބަަޔަކަށް ތިމަގާމުތައް ދިނުމަކީ ވަރަށް ބޮޑު ގޯހެއް
ވަހިއްޓޭ
03 October 2019
ފުއާދަކީ މޑޕ ގެ ކުރީ ސަފުގަ އުޅޭ އެޚްޓިވިސްޓެއް. ދެން އީސީ މިނިވަން ވާނީ ކިހިނެއް. ބޯ ހަލާކު
ފުހޭ
03 October 2019
ވޭތުވި 2 ފަހަރުވެސް އިލެކްޝަންގެ ރައީސަކަށް އެއިރެއްގެ އެންމެ ބާރު ހިންގާ ޕާޓީއެއްގެ މީހެއް ހުރެގެން އިދިކޮޅު މީހުންނަށް ކާމިޔާބު ލިބިފައިވަނީ. އީސީ މިނިވަން ތަނެކޭ ކިޔަނީ ނަމެއްގައި. އިސްކަންދީފައިއެވަނީ ހުސް ޕާޓީއަށް މަރުދަންޖެހޭ މީހުން.