މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ވޯ" ގެ ޕޯސްޓަރެއް.

04 އޮކްޓޯބަރ 2019 - 07:27

އަކްޝޭ ކުމާރު ޓްރާންސް ޖެންޑާ ކެރެކްޓާއަކުން ފެންނަ ހޮރޯ-ކޮމެޑީ "ލަކްޝީ ބޮމްބް" ގައި އޭނާ ފެންނާގެ ގޮތުގެ ފޮޓޯއެއް ދައްކާލައިފި އެވެ.

އެ ފޮޓޯގައި އަކްޝޭ ފެންނަނީ ރަތާއި ކަޅު ކުލައިގެ ސާޅީއެއްގަ އެވެ. "ލަކްޝްމީ ބޮމްބް" އަކީ މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ރަގްވާ ލޯރެންސް ގެނެސްދޭ ހޮރޯ-ކޮމެޑީ "ކާންޗަނާ" އަށް ބިނާކޮށް އޭނާ ޑައިރެކްޓްކުރާ ފިލްމެކެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގައި އަކްޝޭއާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކިއާރާ އަދުވާނީ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ތުޝާރު ކަޕޫރް އަދި ތަރުން އަރޯރާ ހިމެނެ އެވެ.

"މަރުޖާވާ" ގެ ލަވައެއް

އަންނަ މަހުގެ 22 ގައި ރިލީޒްކުރާ ފިލްމު "މަރުޖާވާ" ގެ ލަވައެއް ދައްކާލައިފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ފުރަތަމަ ލަވައަކީ "ތުމް ހީ އާނާ" އެވެ. މި ލަވައިގެ މިއުޒިކް ޕާޔަލް ދޭވް ހަދާފައިވާ އިރު ލަވަކިޔާފައި ވަނީ ޖުބީން ނޯޓިޔާލެވެ.

"މަރުޖާވާ" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ސިދާތު މަލްއުތުރާ، ތާރާ ސުތާރިއާ، ރިތޭޝް ދޭޝްމުކް އަދި ރަކުލް ޕްރީތު ސިންގެވެ.

އަހަރުގެ ބޮޑު ފެށުން "ވޯ" އަށް

މި އަހަރުު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ބުދަ ދުވަހު ރިލީޒްކުރި "ވޯ" އަށް ލިބިއްޖެ އެވެ.

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުންތަކެއް ފެނިގެންދާ ފިލްމަށް ރިލީޒްކުރި ދުވަހު އެކަނި އިންޑިއާ އިން 53.35 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. މިއީ ހަމައެކަނި ފިލްމު ހިންދީ ވާޝަނަށް ލިބުނު އަދަދެވެ. "ވޯ" އަކީ ތަމަޅަ އާއި ތެލެގޫ ބަހުން ވެސް ރިލީޒްކުރި ފިލްމެކެވެ.

މި އަހަރު މިހާތަނަށް ރިލީޒްކުރި ދުވަހު އެންމެ ބޮޑު ފެށުމެއް ލިބުނު ފިލްމުތަކަކީ ސަލްމާން ޚާންގެ ބާރަތު (42.30 ކްރޯޑް)، އަކްޝޭ ކުމާރުގެ މިޝަން މަންގަލް (29.16 ކްރޯޑް)، ޕްރަބާސްގެ "ސާހޯ" ގެ ހިންދީ ފިލްމު (24.40 ކްރޯޑް) އަދި ކަރަން ޖޯހަރުގެ ކަލަންކް (21.60 ކްރޯޑް) އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރި "ވޯ" އަކީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

"ޔާރަމް" މި މަހުގެ 18 ގައި

ރޮމޭންޓިކް ކޮމެޑީ "ޔާރަމް" މި މަހުގެ 18 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމުގައި ހިމެނެނީ އެހާ މަޝްހޫރު ނޫން ތަރިންތަކެކެވެ. އެއީ ބަތަލާ ޝްރަދާ ކަޕޫރްގެ ބޭބެ ސިދާންތު ކަޕޫރާއި ޕްރަތީކް ބައްބަރާއި އިޝިތާ ރާޖް ޝަރުމާގެ އިތުރުން ސުބާ ރާޖްޕޫތެވެ. "ޔާރަމް" ޑައިރެކްޓްކޮށްފައި ވަނީ އޮވައިސް ޚާނެވެ.

މި ފިލްމު ރިލީޒްކުރާ ތާރީހަކީ ސައިފް އަލީ ޚާންގެ "ލާލު ކަޕްތާން" ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454