ހިތަދޫ ރީޖަނަލް ހޮސްޕިޓަލް: ހިތަދޫގައި މިރޭ ހިންގި ގުރޫޕް މާރާމާރީގައި ވަޅި ހަރައި ޒަހަމްވި މީހުންނަށް މި ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން.
24 ސެޕްޓެމްބަރ 2016 - 00:05
އައްޑޫ ހިތަދޫގައި މިރޭ ފަސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ގުރޫޕް މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 10:45ގަ އެވެ.
ފަސް މީހުންނަށް ވެސް މިވަގުތު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެ އެވެ. އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނޭނގެ އެވެ.
"މި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ރަދުން
24 September 2016
މިމީހުންގެ މައިން ބަފައިންނަށް ކައުންސެލިން ދިނުން ވަރަށް މުހިންމު.މިކަމުގައި ސަރުކާރުގެ އިހްމާލުވެސް އެބައޮތް އެހެނަސް މިނުބައިކަމަކީ ގޭތެރެއިން ފޯދިގެން އައިސް މަގުމަތިން ފައްކާވާ ކަމެށް.
ހައްވާގެ ތެލެފޯނާ
24 September 2016
ތި މާރާމާރީގައި ބައިވެރި މީހުން ހޯދިޔަސް ވާނެ އެއްވެސް ކަމެއް ނޯންނާނެ! ސަބަބަކީ ތި 'ބްރޯ' މެންނަކީ ވަރަށް ބާރުގަދަ ގޭންގަކަށް ނިސްބަތްވާ ބައެއް. ވަރަށް ފަހުންވެސް ސަރުކާރުގެ ވަރަށް މަތީ ބޭފުޅަކު އައްޑުއަށް ވަޑައިގެން މި ކުދިންނަށް ވަރަށް ދީލަތި އެހީފުޅެއް ދެއްވި. މި އެހީގެ ދަށުން އަޅަމުން ދާ އިމާރާތުގެ މަސައްކަތް މިހާރުވެސް އެދަނީ ވަރަށް ބާރަށް ކުރިއަށް( ސ.ހިތަދޫ ބޮޑުމަގު/ ސާދާގެ ޖެހިގެން ).ވައްސަލާމް
ގްރޭ
24 September 2016
އައްޑޫ ކުއްޖާމެން ތަމްރީން ކުރަން ފޮނުވަންވީ ރާ އަތޮޅު ވާދޫ އަށް. އެއިރުން ރަނގަޅު ވާނެއެވެ. އައްޑޫ އެއީ ގްރޭ އޭޜިޔާ ތަ ރާއްޖޭގެ.
އަބުރުވެރިޔާ
24 September 2016
އެންމެ ނޭއްގާނި އަމަލު ތައް ގިނަވާނީ އެންމެ އިހުމާލު ބޮޑު ދިމަދިމާގައެވެ، މައިންބަފައިންގެ އިހުމާލެވެ،ބެލެނިވެރިންގެ އިހުމާލެވެ، ވެރިންގެ އިހްމާލެވެ. އަފްރާދުން ކުކުޅުހާ ބީދައިން އުޅެން ދޫކޮއްލެވުނީމަ ނުވެނުދާނެ ހުރިހާކަމެއް ވާނެ. ބޮކިނެތިގެން އަނދިރި ވެގެނ ޖަރީމާ ހިންގަން ފަސޭހަ ކޮންއިރަކުތޯއެވެ ،ބޮކިއޮތް މާލޭގަ ޖަރީމާ ހިންގަނީ އަނދިރިކަމުންތޯއެވ. އެހެންނެއްނޫނެވެ. ހިތްވަރުދެވެނީ އެވެ. މައިންބަފައިން ދަރިންގެ މައްޗައް އަމުރު ނުހިންގެ ހިސާބައް ތިރި ވީއެވެ. ވެރިން އެވެރިންގެ މަގުސަދު ހާސިލުކުރަން ގޭންގުތަކާއެކް ސެލްފީނަގާ ތަން އެބަފެނެ އެވެ،ނުފެންނަ ހިސާބްގަ ވެރިންނާ އެމީހުންނާ އޮތީ ކޮންގުޅުމެއްކަން އަނދާޒާ ކޮއްލަން ނޭގޭ އެކަކުވެސް ނެތެވ ، ވީމާ ވަޅި ޖެހި ހަބަރު ގެނެސްދޭނެ ކަމެއް ނެތެވެ. މިހެންދަމާލާ ފަތިވަރަކުން ހާސަރަކުން ކުރާނެ އެއްވެސް ފައިދާއެއްނެތެވެ. ބަޑިބޭސް ހުއްޓުވުނު މީހުންނަށް މަސްތުވާތަކެތި ނުހުއްޓުވުމަކީ އަރަތެކެވެ،
2ކޭ3
24 September 2016
ޙޯމްމިނިސްޓްރީ ފާލުން ނެއްޓިފަ އިވާ ކަމުގެ ހެއްކެއް.... .
ބޮން
24 September 2016
ކިޔަނީ އައްޑޫ ސިޓީ. މަގުމަތީގައި ހުންނަ ބޮކިތައް ހުންނަނީ ނުދިއްލާ. ފަޅުރަށެއްހާ އަނދިރި. އެހެންވީމަ މާރާމާރީ ހިންގަން ޒުވާނުންނަށް ފުރުސަތުވެސް ލިބޭނެ. ސަރުކާރާއި ކައުންސިލުން ގުޅިގެން މިފަދަ އާދައިގެ މައްސަލަތައް ހައްލުކުރަން ޖެހޭ.