ކްރޮސްރޯޑްސްގައި މިއަދު ފެށި ސާކު ގައުމުތަކުގެ ތައުލީމާ ބެހޭ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ފޮރިން މިނިސްޓްރީ
10 އޮކްޓޯބަރ 2019 - 15:25
ސާކު ގައުމުތަކުގެ އެޑިއުކޭޝަނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.
އަލަށްހުޅުވި "ކްރޮސްރޯޑްސް މޯލްޑިވްސް" ގައި ބާއްވާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ފަގީރުކަން ނައްތާލުމަށް އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ތައުލީމް ކަމަށެވެ. އަދި ހަލުއި ދުވެއްޔެއްގައި ގައުމުގެ ކުރިއަރައި ތަރައްގީވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ތައުލީމް ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަކީ އެންމެ ތުއްތުއިރުން ފެށިގެން އުމުރުން ދުވަސްވީ މީހުން ވެސް ތައުލީމާއި މައުލޫމާތު ހޯދުމުގައި ވަރަށް އިސްކަންދޭ ގައުމެއް ކަމަށް ވިދާޅުވި އެވެ.
ކްރޮސްރޯޑްސްގައި މިއަދު ފެށި ސާކު ގައުމުތަކުގެ ތައުލީމާ ބެހޭ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން .- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝާހިދު ވަނީ ސާކުގެ މެމްބަރު ގައުމުތަކުން، ރައްޔިތުންގެ ކުރިއެރުމަށް މިހާރަށްވުރެ ލާބަހުރި މަސައްކަތްތައްކުރަން ގޮވާލައްވައިފަ އެވެ.
ސާކް ގައުމުތަކުގެ ތައުލީމީ ދާއިރާއާ ގުޅުންހުރި މިނިސްޓަރުން ފިޔަވައި އެހެނިހެން އިސް އޮފިޝަލުންނާއެކު އިއްޔެ ބައްދަލުވުންތަކެއް ބާއްވާފައި ވެ އެވެ. އޭގައި، 2014 ވަނަ އަހަރު ބޭއްވި މިފަދަ ދެ ވަނަ ބައްދަލުވުމުގައި ނިންމި ކަންކަން ތަންފީޒުކުރަމުންދާ މިންވަރު އެ ގައުމުތަކުން ހުށަހަޅާފައި ވެ އެވެ.
މިނިސްޓަރުންގެ ބައްދަލުވުމަށް ދެ ޕޭޕަރެއް ހުށަހަޅަން އިއްޔެ ބޭއްވި އިިސް އޮފިޝަލުންގެ ބައްދަލުވުމުގައި ނިންމާފައި ވެ އެވެ. އެ ދެ ޕޭޕަރަކީ "މާލޭ ޑެކްލަރޭޝަން" އަދި "އެޑިއުކޭޝަން 2030: ސާކް ފްރޭމްވޯކް ފޯ އެކްޝަން" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
10 October 2019
މާލޭގައި ތިބި އެހެން ރަށްރަށުގެ ކުދިންނަށް ކިޔެވުން މަނާކުރި ވަޒީރެއް ތިތަނުގައި ތިއިނީ.
ބަތްކައްކާ
10 October 2019
ހިތަށް އަރާ ކެރޭނެ ބާއޭ މިނިސްޓްރީ އިން ޕްރިންސިޕަލުންނަށް އަދަބުބިނުމާބެހޭ ކަރުދާހެެއް ހުށަހެޅުމަށް ފުރުސަތު ދޭން. އަދި ކޮބާ މިނިސްޓްރީގެ އެޗްއާރް ޕްރެކްޓިސަސް؟