ޚަބަރު

އެއްދަންފަޅީގެ ސްކޫލެއް ހިންގަން އެމްއީއެސްގެ އިމާރާތް ހުސްކުރަން އަންގައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތައް ހިންގަމުން އަންނަ ކުރީގެ އެމްއީއެސްގެ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ މަހުގެ 14ގެ ކުރިން އެމްއީއެސް އިމާރާތް ހުސްކުރަން މި މަހުގެ ކުރީކޮޅު އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގީ ސަރުކާރުން އެއްދަންފަޅީގެ ސްކޫލެއް ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ ސްކޫލާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެމްއީއެސް އިމާރާތުގައި ހިންގަމުން އަންނަނީ ފައުންޑޭޝަނާއި ޝަރީއާގެ ކޯސްތަކެވެ.

ޝަރީފް ވިދާޅުވީ ކޯސްތަކާއި ދަރިވަރުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެމްއެންޔޫގެ އިމާރާތުގެ ޖާގަ އަށް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެހެންވެ، ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގެ ކޯސްތައް ހިންގަމުން ދިޔަ ބައެއް އިމާރާތްތަށް ބާ ވެގެން މިހާރު ބޭނުމެއް ނުކުރެ އެވެ. އެގޮތުން ،ބާ ޖަމާލުއްދީން ސްކޫލްގައި ވެސް ކިޔަވައިދެމުން ދަނިކޮށް އެ ތަން ހުސްކޮށް އެ ދަރިވަރުން ދެން ބަދަލުކުރީ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތަށް އެމްއެންޔޫގެ ބައެއް ބަދަލުކުރީ، އެތަނުގައި މަންދު ކޮލެޖު ނުހިންގޭނެ ކަމަށް ބުނެ 2015 ވަނަ އަހަރު އެތަން ސަރުކާރުން އަތުލުމުންނެވެ.

ސޮލާހުއްދީން އިމާރާތަކީ ވެސް އެމްއެންޔޫ އިން ބޭނުންކުރި ތަނެކެވެ. އެކަމަކު އެތަން ބާވެގެން މިދިޔަ އަހަރު ވަނީ ހުސްކޮށްފަ އެވެ.

"ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައި މިވަނީ މިހާރު،" ޝަރީފް ވިދާޅުވި އެވެ.

އެއްދަންފަޅި އަށް ކިޔަވައިދޭ ސްކޫލެއް އެމްއީއެސްގެ އިމާރާތުގައި ހިންގަން ސަރުކާރުން ނިންމިއިރު، މާލޭގައި މިވަގުތު އެއްދަންފަޅި އަށް ކިޔަވައިދޭ ސްކޫލެއް ނެތެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް އެއްދަންފަޅި އަށް ބަދަލުކުރުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މާލޭގެ ސްކޫލުތައް އެއްދަންފަޅި އަށް ބަދަލުކުރަން އިތުރު 10 ސްކޫލް ބޭނުންވެ އެވެ.

58 ކޮމެންޓް, 102 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 9%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖު ބޯއި

14 October 2019

އެންމެ ބަރާބަރުވާނީ ގެއްލުމުގެ ބަދަލު އިބުރާއަށް ދީފަ ސްކޫލު ހިންގުން އިބުރާއަށް ދިނުން

The name is already taken The name is available. Register?

9999

13 October 2019

ރާއްޖެތެރޭ މީހުން އެއްދައްފަޅިއަށް ކިޔަވަން މާލޭގައި ސުކޫލް އަޅައިގެން ދުވަހަކުވެސް އެއްދަންފަޅި ވާނެތަ؟ ފެކަލްޓީތައް ރާޢްޖޭގެ ބިން ބޮޑު ރަށްތަކަށް ބަހާލާށޭ! ދާނެ ޓީޗަރަކު ދާނެ. މީހުން ނުދައްޏާ ދާނެ މީޙުން ތަމްރީން ކުރަން ބޭރަށް ފޮނުވާނީ. އަންނަންދެން ބޭރުން ޓީޗަރުން ހޯދާނީ. މި ނޫންގޮތަކަށް މިކަމެއް ހައްލެއް ނުވާނެ! ސަރުކާޜުން ބޭނުމެއް ނުވޭ މާލެއަށްވުރެ ދުރަށް ވިސްނާކަށް.

The name is already taken The name is available. Register?

ްިއި( ބުރާ )

13 October 2019

އިސްލާމީ ފެކަލްޓީ ގެ ދުވަސް ދުއްވާލަން ކުރާ ކަމެކެވެ

The name is already taken The name is available. Register?

ދޮންވެލި

13 October 2019

އިބްރާ ބޭނުން ވާނެ އެވެ .

The name is already taken The name is available. Register?

ހާދަ ދެރައޭ

13 October 2019

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ކޮންމެ ސަރުކާރަކުން ކުރަނީ ޖެއްސުން. ތަންތަނުން ނެރެ އެއްލާލާއިރު ވަންނާނެ އެކަށޭނަ ދާޢިމީ އިމާރާތެއް ނުދައްކާ. އެހެން ޤައުމުތަކުގެ ޤައުމީ ޔުނިވަރސިޓީތަކަކީ ސަރުކާރުން ގާތް އަހައްމިއްޔަތުކަމެއް ދީގެން ކުރިއަރުވާ ތަންތަން. ޤައުމުގެ ކުރިމަގު ބިނާކުރެވެން އޮތީ ދަރިންނަށް މަތީ ތަޢުލީމެއް ދީގެން.

The name is already taken The name is available. Register?

ރާއްޖެ މަންޖެ

13 October 2019

ތި ތަނަކީ މިހާރު ފެކަލްޓީ އޮފް ލޯ އެންޑު އިސްލާމިކް ސްޓަޑީސް ގެ ކޯސްތަށް ހިންގަމުން އަންނަ ތަނެއް، ދީން ކިޔަވައިދޭތި މިސަރުކާރަށް ހަޒަމުނުވީ

The name is already taken The name is available. Register?

ޢަނާ

13 October 2019

ކީ އް ކުރާ އިތުރު ސްކޫލެ އް. މޮޅު ނަތީޖާ ނެރެން ބޮޑު ސްކޫލެ އް ބޭނުން ނުވާކަން އަހްމަދި އްޔާ އިން ނާ ޖޭ އއއެސް އިން އއެދަނީ ސާބިތު ކޮށްދެމުން.

The name is already taken The name is available. Register?

ވޯލް

13 October 2019

ކަރުދާހުގައި އޮންނަ ނަތީޖާ އަކީ ހުރިހާ އެއްޗެއް ނޫން. ކުދިންނަށް ދަސްކޮށްދޭންޖެހޭ ގިނަ ޚަރަކާތްތަށް ތިބުނާ ސްކޫލްތަކުގެ ތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އޮންނީ ނުވެފައި. ތަނުގެ ޖާގަ އިތުރުކުރެވި އެއްދަންފަޅިއަށް ކުދިންގެ ކިޔެވުން ބަދަލުކުރެވުނީމަ އޭގެ ފައިދާ ބޮޑުވާނެ. ކިޔެވުމުގެ އިތުރުން ސްކޫލްގެ ތެރެއިން އިތުރު ކަރާކަތް ހިންގި ގެއަށް އައިސް އަލުން އެކި ތަންތަނަށް ކުދިން ދުއްވުމުގެ ބަދަލުގައި ސްކޫކގެ ތެރޭގައި އިތުރު ހަރާކާތް ހިނގު މުހިއްމު

The name is already taken The name is available. Register?

މުރާސިލް

13 October 2019

މިތަން އިބުރާ އަތުން ނެގީމައޭކިޔާފަ އިބުރާއަށް 50 މިލިޔަން ދިން ޚަބަރު އެހިން މީ ވަރާސް ދެެރަވަރުގެ ޚަބަރެއް

The name is already taken The name is available. Register?

96589ހހހ

13 October 2019

ދަރިފުޅާ ދެރަވަންޏާވާންވީ.ހަޒާނާގައިހުރި ފައިސާކޮޅު ފާޓީކުދިންގެ ކުންފުނިތަކަށް ބަދަލުގެގޮތުގައި ދީހުސްކޮށްފި. ނުވިތާކަށް 14 ބިލިއަނުން އިތުރަށް ގައުމު ދަރުވާލައިފި. ރައްޔިތުންނަށް ލިބުނީ ފެންފޯއްޕާކެއް. ސިއްހީ ހިދްމަތުގެ ފެންވަރު އެނގޭނީ އެތަނަށް ދިޔަމީހަކަށް. އިންޖެކްޝަން ގަނޑެއްވެއް ނުލިބޭ. ދިވެހިން އަމިއްލައަށް ހޯދި ހަލާކު. ﷲ ތައާލާ އިންސާނައަށް ޖައްސަވާ މުސީބާތްތަކަކީ އެއިންސާނާ އެއިލާހައް ނުކިޔަމަންތެރިކަހުރިވަރުންމެދުވެރިކުރައްވާކަންކަން.

The name is already taken The name is available. Register?

ސޯލިހުބޭ

13 October 2019

ސޯލިހުބޭގެ މެގަޕްރޮޖެކްޓްއެއް

The name is already taken The name is available. Register?

ބޮޑުމީހާ

13 October 2019

ކީއްތަވާނީ މުޅި ޔުނިވާރސިޓީ އެއްކޮށް އަތޮޅުތެރެއަށް ބަދަލުކުރިއްޔާ! އޭރުން ކޯސް ހަދާކުދިން މާލެއިން ޔުނިވާރސިޓީގެ ކެމްޕަސްތައް އެހެން ކަންކމަށް ބޭނުންކުރެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454