14 އޮކްޓޯބަރ 2019 - 06:27
އެންމެ ބޮޑު އެވޮކާޑޯއާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާފައި އޮތް އެވޮކާޑޯއެއްގެ ރެކޯޑް ކުޑަ ތަފާތަކުން މުގުރާލައި، ހަވާއީގެ އާއިލާއަކުން އަނެއްކާ ވެސް ރިކޯޑް ގާއިމުކޮށްފި އެވެ.
ހަވާއީން މި ފަހަރު ރެކޯޑް ހެދި އެވޮކާޑޯގެ ބަރުދަނުގައި ހުރީ 5.6 ޕައުންޑް (2.540 ކިލޯގްރާމް) އެވެ. މިދިޔަ އަހަރު ރެކޯޑް ހެދި އެވޮކާޑޯގެ ބަރުދަނުގައި ހުރީ 5.5 ޕައުންޑް (2.494 ކިލޯގްރާމް) އެވެ.
ރެކޯޑް ހެދި އެވޮކާޑޯ ހެއްދި ޖޫލިއަން ޕޯކިނީ ބުނީ އޭނާގެ އެވޮކާޑޯ އަކީ ބޭބެ މައުއީ އައިލެންޑުން މީގެ 10 އަހަރު ކުރިން ގެނެސްދިން އެވަކާޑޯ އޮށަކުން ގަސް ފަޅުވައިގެން ހައްދައި ބޮޑުކުރި ގަހެއްގައި އެޅި އެއްޗެއް ކަމަށެވެ.
ޖޫލިއަން ބުނިގޮތުގައި ބިންނަ ވަރަށް ފައްކާވަން އެ އެވޮކާޑޯ 10 މަސް ދުވަސް ނެގި އެވެ.
Holy Guacamole! A Hawaii family wins a spot with the Guinness World Records for the world's heaviest avocado at 5.6 pounds. https://t.co/wmZANX4aee #odd
— AP Oddities (@AP_Oddities) October 11, 2019
"ވަރަށް ބަލައިގެން މި އެވޮކާޑޯ ބިންނަ ހިސާބަށް ދިޔައީ. ދޭތެރެއަކުން ދަރިފުޅު އުޅޭނެ މިއަށް ކޮންމެވެސް ގޯނާއެއް ކޮށްލައިގެން،" ޖޫލިއަން ބުންޏެވެ. "މި އެވޮކާޑޯ 12 އަހަރުގެ ދަރިފުޅުގެ ބޮލަށް ވުރެ ވެސް ބޮޑު."
އޭނާ ކިޔައިދިން ގޮތުގައި މީގެ ކުރިން ވެސް ރެކޯޑު ހަދަން ހިތުލައިގެން ދެ ފަހަރެއްގެ މަތިން ބިޔަ އެވޮކާޑޯ ހައްދަން މަސައްކަތްކުރި އެވެ. އެކަމަކު އެކަން ވާގޮތެއް ނުވި އެވެ.
"މި ފަހަރު ވެސް ދެން އެހާ ބޮޑަށް އުންމީދުކޮށްގެނެއް ނޫން މިކަން ކުރީ. އެކަމަކު ކުރީގެ ރެކޯޑެއް މުގުރާލެވުނީމަ ވަރަށް އުފާވި،" ޖޫލިއަން ބުންޏެވެ. "އެކަން ކަށަވަރުވާން ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ނެގި. މާނައަކީ އެވަކާޑޯއާ ބެހޭ މައުލޫމާތު ގިނިސް ވޯލްޑް ރިކޯޑަށް ހުށަހެޅިތާ ތިން މަހެއްހާ ދުވަސްފަހުން ރެކޯޑް މުގުރައިލެވުނުކަން ކަށަވަރުވީ."
ރިކޯޑް ހެދި އެވަކާޑޯގެ ޑޮކިއުމަންޓްތަކަށް ފަހު އާއިލާ އިން ވަނީ އެއިން ގުއަކަމޯލް (ސެލެޑް ޑިޕެއް) ތައްޔާރުކޮށް ކައިފަ އެވެ. ވިއްސަކަށް މީހުންނަށް އެއިން ފުއްދައިލެވުނެވެ. އެއީ އާދައިގެ އެވަކާޑޯ އިން ނަމަ 10 އެވަކާޑޯ އިން ކެވޭނެ އަދަދެވެ.
އެވަކާޑޯއަކީ އާންމުކޮށް އާދައިގެ އަނބެއްގެ ބޮޑުވާ މޭވާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުބައި އެތި
14 October 2019
މީރު އެއްޗެއް ނޫނެވެ.