ފުވައްމުލައް ރިންގް ރޯޑުގައި ހިލަ ފަށަލަ އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްޓީސީސީ ސީއީއޯ ހަސަން ޝާހުގެ ޓްވިޓާ
14 އޮކްޓޯބަރ 2019 - 11:45
ފުވައްމުލަކުގެ ރިންގް ރޯޑުގައި ތާރު އެޅުން ފެށުމުގެ ކުރިން އެ ތަނުގައި ހިލަ ފަށަލަ ފެތުރުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފި އެވެ.
އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ތާރު އެޅުމުގެ ކުރިން ލާ "އެގްރިގޭޓް ބޭސް ކޯސް (އޭބީސީ)" ފަށަލަ ނުވަތަ ހިލަ ފަށަލަ ފެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ތާރު އެޅުމުގެ ކުރިން، ހިލައިގެ ބަދަލުގައި މިހާތަނަށް ރާއްޖޭގައި ފަތުރަނީ ވެއްޔާއި ސިމެންތީގެ ފަށަލަ އެކެވެ.
ހިލަ ފަށަލަ ބޭނުންކުރުމުން މަގުގެ ފެންވަރު ރަނގަޅުވެ، ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ ކަމަށް ޝާހް ވިދާޅުވި އެވެ.
ޝާހު ކުރެއްވި ފޭސްބުކް ޕޯސްޓެއް
ފުވައްމުލަކުގެ ވަށައިގެން އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ހަވާލުކުރި އިރު، އަންނަ މަހުގެ ނިޔަލަށް މި މަސައްކަތް ނިންމާނެ ކަމަށް ޝާހު ކުރިން ވިދާޅުވެފައި ވެ އެވެ. މި މަޝްރޫއަށް 32 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ.
ފުވައްމުލަކު ރިންގް ރޯޑްގެ އިތުރުން އެ ސިޓީގެ އެތެރެ މަގުތަކުގެ މަސައްކަތް ކުރަން ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް 270 މިލިއަން ރުފިޔާ ހޭދަ ވާނެ އެވެ.
ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން އިފްތިތާހު ކުރެއްވީ މިދިޔަ އޭޕްރިލް މަހު ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރްޑީސީއާ އެވެ. ނަމަވެސް އެ މަސައްކަތް ފަށާފައި ނެތުމުން މި ސަރުކާރުން ނިންމީ އެމްޓީސީސީއާ ހަވާލުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
14 October 2019
މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ހުރިހާ މަގެއް އެކީ އެއްފަހަރާ ހަދާ ނިންމާލުން
ރާއްޖެތެރޭއިބުރޭ
14 October 2019
މަގުތަށް ނެހެދިގެން ނެތް ނޫން ދޯ މި އުޅެނީ ރަނގަޅު ބޭސްފަރުވާ ލިބިގެން ދޯ މަގެއްގަ ހިނގޭނީ ވެސް
ރަދީފް
14 October 2019
ކޮބާ އައްޑޫ ސިޓީ ހުޅުމީދޫގެ މަގުގެ މަސައްކަތް؟؟!!
ހަވަރު ތިނަދޫ ބިގަރު ކައުންސިލ
14 October 2019
މިސަރުކާރުނަ ހަވަރު ތިނަދޫގައި އެޅި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ޕޯޓު އަދި ކާޑެއްދޫ އިންޓަނޭޝަނަލް ކުރުން އެއީ މުޅި ގދ އަދި ގއ ގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ހަވަރު ތިނަދޫ އައިސް ޕްލާންޓް ޖެޓީ ހަދާ ބޭރު ތޮށިލާ ފަޅުތެރޭގަ އަޅާފަ ހުންނަ އުޅަދުފަހަރަށް ގެއްލުން ނުވާގޮތް މިސަރުކާރުން ހައްދަވާދެއްވީތީ މިސަރުކާރަށް ގދ އަދި ގއ ރައްޔިތުންގެ ނަމުގަ ހާއްސަކޮން ތިނަދޫ ކައުންސިލްގެ ނަމުގަ ޝުކުރު އަދާކުރަމެވެ.
ތިނަދޫ މީހާ
14 October 2019
ތިއިން ތަނެއް އަދި ލޮލު ފެންނާނެ ދުވަހެއް ވެސް ނޭގޭ. މިސަރުކާރަކުން ތިނަދޫއަށް ކަމެއް ކޮއްދޭކަށް ނޫޅޭ އަސްލަމް ވެސް އެއުޅެނީ 1500 މީހުން ހަމަނުވާ ފަރެސް މާތޮޑާ ތަރައްގީނުވެގެން. ދެން އަންނަ ކައުންސިލް އިންތިހާބެއްގެ ކުރިން ނަމުން ތިނަދޫ ސިޓީއަކަށް ހަދާލީމާ ތިނަދޫގަ ތިބި އެމްޑީޕީ ބިގަރުން ތިނޭނީ ގުނބޯ ހެދިފަ. ބިގަރުންނޭ ކިޔަނީ ހަމަ ކިޔަންވެގެން
އަލީީީ
14 October 2019
ޖާގަ އޮތް ބޮޑެތި ރަށްރަށުގެ މައިމަގުފަދަ އެއްމެ ބާރުބޮޑުވާނެ މަގުތަށް ހަދަންޖެހޭނީ ސަލާމަތާއި ރައްކާތެރިކަމަށް އެއްމެ އެކަށީގެންވާ ރަގަޅު ފުޅާމިނެއްގަ ދެފަރާތަށްވެސް ދުއްވޭނެ ރަނގަޅު ޖާގައަކާއެކު، ނޫންނަމަ މުސްތަގުބަލުގައި މި މަގުތައް ވެގެންދާނީ މާލެފަދަ އުނދަގޫ ކާރޫބާރޫބޮޑު އަދި ވަރަށްހިތާމަވެރިހާދިޡާތައް ގިނަ ތަނަކަށް. ކަމާބެހޭފަރާތްތަކުން މުސްތަގުބަލަށް ވިސްނާލަންއެބަޖެހޭ.
ޝޮކްތެރަޕީ
14 October 2019
ރައިސް ޔަމިން ތިމަގު ހަދަން އުޅުނީ ވަރައްފުޅާކޮ. ސަރުކާރު ބަދަލުވުމާއެކީ މަގުތަ ހަނިކުރީ މިސަރުކާރުން.
ޔާމީނު އައް ހަަމަ ނުވީ
16 October 2019
ބުރިޖު މަގުތައްވެސް ހަނި ކުރީ މި ސަރުކާރުން އުތަ؟؟
ޒުވާނާ.
14 October 2019
ގާއެތުރުން ރަނގަޅުވާނީ ފެންހިނދޭ ގޮތައް
ވދފަ
14 October 2019
ކީއްވެހޭ މި މަގު ހަނި ކޮށްފަ މިއޮތީ؟ ކަންކުރީމޭ ބުނަން ކަންތައް ނުކުރާށޭ!
މުއްލިކުލަމް
14 October 2019
ކުރީ ސަރުކާރުން މިމަގު ޑިޒައިން ކުރިއިރު ބަނދަރުން ފެށިގެން ގާޒީ މަގާ ހަމަޔަށް އަޅާފައޮތް ތާރު މަގަށް ބެލުމެއްނެތި މިމަގު ޑިޒައިން ކުރީ. މިމަގު ކުރީގަ އޮތް ފުޅާމިނުގަ ހެދިނަމަ އެއްމަގެއްގެ ދެ ހިސާބެއްގެ ފުޅާމިން ތަފާތު ވާނެތީ މިހާރު ހަދާފައޮތް ތާރުމަގާ އެއްވަރު ކުރަންވެގެން މަގު ހަނިކުރީ.
ވދފަ
14 October 2019
އެއްމެ ދުއްވާ އެޗިސް ގިނަވާ ހިސާބު، އަދި ހޮސްޕިޓަލް އާއި އެހެނިހެން އޮފީސް ތައް ގިނަ ހިސާބުން ފެށިގެން މަގު ފުޅާވުމަކީ ބައި ޑިޒައިން ގޯސް ކަމެއް ނޫން. އެއް މަގެއް ނުޖެހޭ އެއް ފުޅާމިނެއްގަ އޮންނާކަށް! ކުރިން ތާރު އަޅާފަ އޮތްތަން ވެސް ވަކިހިސާބަކުން ފެށިގެން ފުޅާ ކުރަން ވީ ޖާގަ އޮތް އިރު. ދުރަށް ވިސްނާ! މިހާރު އޯކޭ ވެދާނެ ތިހެން، އެކަމް ދުއްވާ އެއްޗިސް ގިނަ ވީމަ އުނދަގޫވާނެ، އިންފްރާސްޓަރްކްޗާ އެއީ ވަގުތީ ހައްލަކަށް ވެވިގެން ނުވާނެ
ބަބުރަންޖީ ހާޖީ
14 October 2019
ތި މަގުގައި ރަނގަޅަށް ބަންޕަރު ހަރުކުރާތި. ދެފޫޓު އުސްކޮށް. ނޫނީ ގޮޅިޖެހި ގަމީސް ލައިގެންއުޅޭ ކުދިންގެ ކަންތައް ނިކަންބޮޑުވާނެ.