ޚަބަރު / ޓްރާންސްޕޯޓް އޮތޯރިޓީ

ގަރާޖަކަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީކޮށްދީފައިވޭ!

އުޅަނދުތަކެއް މާލޭގެ މަގުމަތީގައި ޕާކުކޮށްފައި: މަކަރު ހަދައިގެން ގަރާޖުތަކަށް ރަޖިސްޓްރީކޮށްދީފައިވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުސޫލާ ޚިލާފަށް، އެއް ގަރާޖަކަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ މާލޭގައި މީގެ ކުރިން އެއް ގެއަކަށް ގިނަ އަދަދެއްގެ އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. އެކަމަކު ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މިހާރު އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިމާޒް ވިދާޅުވި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އުޅަނދުތައް ރަޖިސްޓްރީކޮށްދެމުން އަންނަނީ ގަރާޖު ހުއްދައިގެ ސައިޒާއި އޮތޯރިޓީން ބަލާ ސައިޒާ ދިމާވޭތޯ ބެލުމަށް ފަހު އެވެ.

"އެހެންވެ މިހާރު އެކަހަލަ ކަމެއް ހިނގާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. [އެފަދަ ކަމެއް] ނުހިނގާނެއޭ ދަންނަވަން އަޅުގަނޑަށް ކެރޭނެ،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރީގައި ކޮށްފައި ހުރި ކަންތައްތަކުން އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މީގެ ކުރިން ގަވާއިދާ ހިލާފަށް އެތައް ސަތޭކަ އުޅަނދު ރަޖިސްޓްރީކޮށްދިން ކަމުގައި ވިއަސް އެ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ އެއްފަހަރާ ބާތިލް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަމަކީ ހަމައެކަނި ޓްރާންސްޕޯޓު އޮތޯރިޓީގެ މައްސަލައެއް ނަމަ ވަގުތުން ފިޔަވަޅު އެޅޭނެ އެވެ. ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރުމުގައި އުޅަނދުގެ ވެރިފަރާތާއި ޓްރާންސްޕޯޓާ ގުޅިފައިވާތީ، އެކަމުގައި ޝާމިލްވި އެއް ފަރާތަށް އެކަނި ފިޔަވަޅު އެޅުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވުމުން އެފަދަ ފިޔަވަޅުތައް އެޅުން ފަސޭހައެއް ވެސް ނުވާނެ ކަމަށެވެ. އެކަމަކު މަސްލަހަތު އޮތް ގޮތެއް ބަލައި އެ ކަންކަން ރަނގަޅު ކުރެވޭނީ ކިހިނެއްތޯ ބަލައި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އާ ސަރުކާރާ އެކު ޓްރާންސްޕޯޓުން އުޅަނދުތައް ރަޖިސްޓްރީކޮށްދެނީ ރަނގަޅަށް ބެލުމަށްފަހު ކަމަށާއި އެހެން ނޫނީ އުޅަނދުތަކަށް ހުއްދަ ނުދޭ ކަމަށް ވިދާޅުވި އެވެ.

ގަވާއިދުގައި އޮންނަ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކޮށްދޭނީ އެ ޕާކުކުރާނެ ގަރާޖެއް ދެއްކުމުންނެވެ. ނަމަވެސް އުޅަނދުތައް ރަޖިސްޓްރީކުރި ގަރާޖުގެ ދޮރުތައް ބަންދުވެ މާލޭގެ އެކި ސަރަހައްދުތައް ވަނީ އެ އުޅަނދުތަކުން ފުރިފަ އެވެ.

47 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 16%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

3މ/.

15 October 2019

ތިޔަ ޓްރާންސްޕޯޓަށް ވުރެ ރެކޯޑް ނުބެލެހެއްޓޭ މުޢައްސަސާއެއް މިޤައުމަކު ނެތް. އަމިއްލަ ތަޖްރިބާއިން މިބުނަނީ.

The name is already taken The name is available. Register?

ރާއްޖެ

15 October 2019

ގަރާޖު ސިޓީ ވިޔަފާރި ވަރަށް ފުޅާވެއްޖެ. ޑިމާންޑްވެސް ބޮޑު

The name is already taken The name is available. Register?

ހުވާ

15 October 2019

ރަޖިސްޓްރީ ކުރީމަނު އަދަދު ބުނަން އެނގުނީ. އަދި ކޮބާ ރަޖިސްޓްރީ ނުކޮށް އަހަރީފީ ނުދައްކާ ދުއްވާ އުޅަނދުތައް.

The name is already taken The name is available. Register?

ޢަލީބެ

15 October 2019

ގަރާޖަކަށް 1700 އުޅަނދު ރަޖިސްޓްރީ ކޮށްދިނީ މަސްމާރުކޭޓުންތޯ؟ ނޫނީ ދައުލަތުގެ މުއައްސަސާއަކުންތޯ؟ ކޮބައިތޯ އެފަރާތުގެ ޒިންމާ.؟ ބަލާކަށް ނުޖެހޭތޯ؟ މިހާރުވެސް ކުރާނެ. ދެންވެސްކުރާނެ. ތިޔައީވާ ތަނެއް.

The name is already taken The name is available. Register?

މީހަކު

15 October 2019

މިހާރުވެސް ލާރިދިނީމަ ރެޖިސްޓްރީ ކޮށްދޭ އަކަން އިނގޭތި ހަމަ ބުނެލީ، ވަރަށް ސަލާން

The name is already taken The name is available. Register?

ފިރިހެނެއް

15 October 2019

ތިއީ ތެދެއް.

The name is already taken The name is available. Register?

ކޮވެލި

15 October 2019

1700 އުޅަނދު އެއްގެއަކަށް ރަޖިސްޓްރީ ކުރަން ހުއްދަ ދިން މީހެއްގެ ނަމާއި ސޮއި މިނިސްޓްރީގެ ލިޔުން ތަކުން ފެންނަން ހުންނާނެވެ. ވީމާ، އެމީހަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސްޖެހެނީ ކީއްވެތޯއެވެ. އޭސީސީއިންވެސް އަމިއްލައަށް އިސްނަގައިގެންވެސް މި މައްސަލަ ބަލަން ޖެހެއެވެ. އަދި ފުލުހުން މިކަމުގައި ޖިނާއީ ތަހުގީގެއްވެސް ހިންގަންޖެހެެވެ.

The name is already taken The name is available. Register?

ޖަޖް

15 October 2019

މާތް ރަސްކަލާނގެ އަހަރެންނަށް ދެއްވި ދެފައިގާ ހިނގާފަ އެބައުޅެވޭ. ރޭގަނޑު ފައި ޕާކު ކުރަނީ އެނދުގައި. އިތުރު ގަރާޖެއް ހޯދާކަށް ނުޖެހޭ.

The name is already taken The name is available. Register?

ބަޑީ

15 October 2019

ހިގާފަ 2 ކުދިން 2 ސްކޫލަށްލާފަ އޮފީހަށް ގަޑިޔަށް ގޮއްސަ 2 ކުދިން ސްކޫލުން ނަގާފަ 2 ކުދިން ޓިޔުޝަން ކްލާސްތަކަށް ގެންގޮއްސަ..... މީ އަދި ކުޑަވަރެއް!! ކިހިނެއްތޯ ތިބޭފުޅާ ކުރައްވާ ކަންތައްތައް ހިންގަވާފަ ކުރައްވަނީ؟

The name is already taken The name is available. Register?

ހުސޭނީ

15 October 2019

އެންމެ ގަރާޖަކަށް 1700 ވެހިކަލް ރަޖިސްޓްރީ ކުރާއިރު ހަމަ ނޭގެނީބާ؟ ނޫނީ މާލޭ މީހާ މުއްސަނދި ކުރާ ޕްލޭނުގެ ބޮޅެއް ނޫންބާ؟

The name is already taken The name is available. Register?

ޏިސާ

15 October 2019

ހުއްދަދިނީ ރާއްޖެތެރޭމީހެއް. ވަރަށް އިގިގެން މިބުނީ

The name is already taken The name is available. Register?

ދޮންދީދީ

15 October 2019

ސަރުކާރަކުން ނުޖެހޭ ޕާކު ކުރާނެ ތަން ދައްކާކަށް. ކަލޭމެން ބޮޑު އަގުދީފަ ރަޖިސްޓްރީ ކުރި ގަރާޖްގަ ޕާކް ކުރޭ. ނުކުރެވޭނަމަ އަނަބުރާ ފައިސާ އަތުލާ. ތިޔަ ޓްރާންޕޯޓަކީ އަކީ އަބަދުވެސް ބައިއަޅަމުންދާތަނެއް.

The name is already taken The name is available. Register?

އިންސާފު

15 October 2019

އަޅުގަނޑު ކާރެއް ގެނެސް ރަޖިސްޓްރީ ނުވެފަ 1 އަހަރު ވެއްޖެ. ދިވިހި ރައްޔިތެއް ކަމުގަ ވަނީނަމަ ރަޖިސްޓްރީ ކޮށްދެވެން ޖެހޭނެ. މީހުންގެ އަގު ބޮޑެތި މުދާތައް މިސަރުކާރުން ފަނާކުރަނީ. ސަހަރާ އިން ވަޅުލަން ބިން ކޮޅެއް ލިބޭ ފަދައިން މިކަން ވެސް މި އޯގާތރެި ސަރުކާރުން ކޮށް ދޭން އެބަޖެހޭ.

The name is already taken The name is available. Register?

ާވާނުވާ

15 October 2019

ޕާރކް ކުރާނެ ތަނެއްނެތަސް ކާރު ދުއްވޭތޯބަަލާ އަދިވެސް.

The name is already taken The name is available. Register?

ރަންނަ

15 October 2019

ނުޖެހޭ ކޮންމެހެން. ބާއަވާނެތަނެއް ދައްކާއިރަށް ތިކަން ވާނެ.

The name is already taken The name is available. Register?

އިންސާފުއަށް

15 October 2019

ނުޖެހޭ ކޮންމެހެން. ދެން މުޅި ދައުލަތް ދަރާ ހުސްވާންވީ ތިމީހުންނަށް ހިލޭ ކަންކަންކުރަން. އެހެންވެ ބުނަނީ އަތުގަ ސްމާޓް ފޯނެއް އޮވެފަ އަދި ކާރެއް އޮތަސް ސިކުނޑި ތަރައްޤީއެއް ނުވެޔޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454