އުއްތަމަ ފަނޑިޔާރު ރަސްމިއްޔާތެއްގައި: އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނާ ގުޅިގެން ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
16 އޮކްޓޯބަރ 2019 - 19:20
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ނެރުއްވި ބަޔާނާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައި، އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުވާން އެ ކޮމިޝަނުން އޮތީ އަންގައިފަ އެވެ. އުއްތަމަ ފަނޑިޔާރު ވަނީ އެ މައްސަލަތަކަކީ ޖޭއެސްސީއަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، މިއަދު ބަޔާނެއް ނެރުއްވައިފަ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވާން އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން އެކަމަށް ދެކޮޅު ހައްދަވައި، އެމަނިކުފާނު ސިޓީ ފޮނުއްވާފައިވާ ކަމަށާ އަދި އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތަކެއް އެމަނިކުފާނު އާންމު ކުރައްވާފައިވާ ކަމަށެވެ. އެކަމަކީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅައި، ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި އެހެން ސުލޫކީ މައްސަލައެއްގައި އެމަނިކުފާނާ މެދު އެޅި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ކަމުގެ ލިޔުން އެމަނިކުފާނާ ހަވާލު ކުރެއްވުމުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެކަންކަމާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނުގައި، ޖޭއެސްސީން މިހާރު ބަލަމުންދާ މައްސަލަތަކަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަަލަތަކެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ހުއްޓުވައި ދިނުމަށް ވެސް އެ ބަޔާނުގައި އެމަނިކުފާނު ގޮވާލައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނަވާ ބަލަ
18 October 2019
އިޚްލާސްތެރި ކަމެއް ހުރިނަމަ މިހާރު ވެސް އެހެން ހެދި ދާނެއެވެ. މަޖްލީސްގެ ރައީސް ނަޝީދު އާއި މަޖްލީހުން ޢައްޔަން ކޮށްފައިވާ މެމްބަރު ހިސާނު އާއި އޭޖީ ރިފްޢަތު އާއި 3 ބޭފުޅުން ޖޭއެސްސީގެ ޖަލްސާ ތަކަށް ޙާޒިރު ނުވަންވީ ނޫންތޯއެވެ. އެކަމަކު ވާގޮތަކީ ބާރާއި ނުފޫޒް އަކީ ނަޝީދަށް " ހިތި އެއްޗެކެވެ"ޤާނޫނު އަސާސީގައި އެބައޮތޭ މިވެނިހެން ކިޔާފައި ލަދު ގަންނަން ޖެހޭ މިންވަރަށް ބާރު ފޯރުވަނީއެވެ. ކޯޓް ތަށް ހިންގަނީ ޖުޑީޝަރީގެ ބޭރު ބައެކެވެ.ކިހާ ވިޔާނުދާ ސިފައެއްގެ ކަމެއްތޯއެވެ?
ވާލުސޮރު
17 October 2019
އުއްތަމަ ފަނޑިޔާރަށްވެސް ގާނޫނަށްވުރެ މަތީގަ ނުހުރެވޭނެ
ބަސްމަގު
17 October 2019
ޖޭއެސްސީގައި މަޖްލީހުގެ ރައީސް އާއި މަޖްލީހުގެ މެމްބަރަކު ނުތިބެވޭ ގޮތަށް ހަދަން ގޮވާލަމެވެ. އަދި ރައީސްގެ ފަރާތުން ވެސް އޭޖީ ނުވަތަ ރައީސް ޢައްޔަން ކުރައްވާ ކޮންމެވެސް އެއްބޭފުޅަކު ބެހެއްޓުންފެނެއެވެ.. .ފަނޑިޔާރުން ގެތެރިން ވެސް އެއް ބޭފުޅަކު ހުރުމަށް ފެނެއެވެ. އަދި ބާ ކައުންސިލުން ޢައްޔަން ކުރާ ވަކީލަކާއި ކަމުވޮށި ވެގެންވާ ޢާއްމު ރައްޔިތުންގެ ބޭފުޅަކާއި ފަނޑިޔާރުންގެ ޖަމުއްޔާ އިން ޢައްޔަން ކުރާ ރިޓެއަޑް ފަނޑިޔާރަކު ހުރުން ފެނެއެވެ.
ހަމަ ހޭ
17 October 2019
ޖޭއެސްސީ އަކީ ސިޔާސީ ބޮޑުން ޝަރީތަށް ނުފޫޒް ފޯރުވަން ހަދާފައިވާ ތަނެކެވެ. ހުކުމް ކުރަން ޖެހޭނީ އެމޯހުން ބުނާ ގޮތަށެވެ. މެމްބަރުން ފަރުދީ ގޮތުން ވެސް މައްސަލަ ތަކުގެ ތެރެއަށް ވަދެއެވެ. އެތަނަށް ވަކީލަކު ނުވަތަ މަޖްލީހުގެ ތެރެއިން މެމްވަރަކު ޢައްޔަން ކުރިއަސް ޢައްޔަން ކުރާނީ އެއްމެ ޑާޓީ އެެއްމެ ސިޔާސީ އަދި އެއްމެ ކޮރަޕްޓް މީހަކު ބަލާފައި އެމީހެކެވެ.
ނެގުނުކަތީބު
17 October 2019
އުއްތަމަށްފަނޑިޔާރާއި ދެންތިބި ބައެއް އެ ކޯޓުގެ ފަނޑިޔާރުންނަކީ ތަޞައްރަފު ކުރެވޭ ބައެއް ކަމާމެދު ދިވެހިންގެ 5/4 މީހުން ސުވާލު އުފައްދާނެއެވެ. އަދި އެބޭފުޅުންގެ މައްސަލަތަކެއް ހުރިކަމާމެދުވެހެވެ. ނަމަވެސް މިހާރު ޖޭއެސްސީއަކީވެސް ޕްރައިވެޓް ތަނެކޭ އެއްގޮތްކަމަށް ދެކޭ މީސްތަކުންވެސް މަދެއް ނުވާނެއެވެ. އެއްވެސް ކަމަކީ ދާއިމީ ކަމަކަށް އެކަކުވެސް ބަލައިގެންނުވާނެތާއޭ
ހަމަ ބުއްދި
17 October 2019
ސަޅި ވެރިކަމެއް ކުރަން އިބޫ ރައީސް އަށް ލިބުނު ފުރުސަތު ޚަރާބު ވަމުން ދަނީއެވެ. ކަމެއް ރީތިކޮށް ކުރަން ނޭގޭ ކަމާ މެދު ދެރަވެ ހިތާމަ ކުރަމެވެ. ޖުޑީޝަރީގެ ކަރާމާތް ހިފެހެއްޓުމަކީ އުއްތަމަ ފަނޑިޔާރުގެ އެލަނި ޒިންމާއެއް ނޫނެވެ.އެއީ ޤައުމީ ކަމެކެވެ.ދުސްތޫރީ ކަމެކެވެ. ޑޮމޮކްރެސީގެ ބޭނުމަށް ކުރަންޖެހޭ ކަމެވެ. ހަދާން ކުރަންޖެހޭ ދެވަނަ ކަމަކީ ޖުޑީޝަރީގައި ތިބޭ 200 ފަނޑިޔާރުން ނަކީ ވެސް ދިވެހިން ކަމެވެ. ދިވެހި ފެލެލީތަކެވެ.
މިއަދު
17 October 2019
މިގައުމުގެ.އަދުލުއިންދާފްގެދާއިރާ ފުޑުފުޑުކޮށްފި މިކަމުގެ ޒިންމާ އުފުލަންޖެހޭނީ ހިބަރުވަދުދޫކުރިމީހާ
ކަޅު ކުރު
17 October 2019
އޭނާ އެކަނިތޯ އެވެ؟ ޔާމީނު ވެސް ނަޝީދު ވެސް ްެކަމުގެ ޒިންމާ ނަގަން ޖެހެއެވެ. އަދި ކޮބާ ކަޅޭ ؟
އަމަނާ
17 October 2019
މިއީ ސަރުކާރުންކުރާ ވަރަށް ދެރަވަރުކަމެއް. ތިންބާރު މޮޑެލާ މުށުތެރެއަށްލާ، ނާއިންސާފުން ކަންކަން ކުރުމަށް މިކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލަން. އަދި ރަޢިއްޔަތުންނަށް އަނިޔާވެރިނުވުމަށްވެސް ގޮވާލަން. އެއްވެސް ވެރިޔަކު، އަނެއްދައުރުގެވެރިން ދުއްވާލުމަށް ފެށިފައިވާ ސަގާފަތް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލަން. ވެރިކަމަކީވެސް އަބަދަކު ކުރެބޭނެ ކަމެއްނޫންކަން ހަނދާންކޮށްދެން. އެދުވަހަކުން.....
ބޫމް
17 October 2019
ސްޕްރީމްކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތައް ބަލަން.... ސްޕްރީމްކޯޓުން ނުބެހޭ ކަންކަމާ ބެހި ރައުޔުތައް ނެރެ ބޭނުންހާ އެއްޗެއް ހެދިމާވެސް އެޔަށް ފާރަވެރިވެ ބެލޭނެ ބަޔަކު ނެތްނަމަ ނިޒާމް ހިނގަނީ ރަނގަޅަށް ކަމަށް ވާނެބާ؟ ފޯނެއް ހަދައިފި ނަމަ ކޮންމެ މީހެއްގެ މައްސަލަ ވެސް ބެލެންޖެހޭނެ. އެ ވަރިހަމަ ރައީސުލްޖުމްހޫރިއްޔާ އަކަސް.
ހަމަ ވިސްނުން
17 October 2019
ޖޭއެސްސީއަކީ ސިޔާސީ ލީޑަރުން ޝަރީއަތަށް ނުފޫޒް ފޯރުވަން ހަދާފައިވާ ތަނެކެވެ.މަޖްލީސްގެ ރަޢިސް އެއްމެ ބޮޑު ޕާޓީގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީގެ ރައީސް ޖޭއެސްސީގެ ގޮޑިއެއްގައި އިނދެވޭނަމަ އުއްތަމަ ފަނޑިޔާރު އަށް މަޖްލީހުގައި ވެސް އިނދެވެން ވާނެއެވެ.
ވަސީލް
17 October 2019
ދެން އަންނަ ސަރުކާރެއްގައި ޖޭއެސްސީ އޮންނާނީ ޖަލުގަ.