ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވިސްނުން ތޫނު ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި. --- ފޮޓޯ: މަޖިލިސް
18 އޮކްޓޯބަރ 2019 - 23:03
ކުރީގެ ސަރުކާރުތަކުން ވަރަށް ދެރަ ގޮތްގޮތަށް އަމަލުކޮށްފައި ވިޔަސް، މި ސަރުކާރުން އޭނާ ނިކަމެތިކޮށްނުލާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
"އެންމެންގެ ޖުމްހޫރީ ޕާޓީ" ނަމުގައި ވީޓިވީން ގެނެސްދިން ޕްރޮގްރާމެއްގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މަސައްކަތްތައް ހަލުވިކަމާ އެކީގައި ފެށީ އާ ރޫހަކާ އެކީގައި ގައުމަށް އިތުރު ހިދުމަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްވެސް ބަޔަކާ ދިމާކޮށްލައި، ޒާތީވެ، ފިތުނަވެރިކަމެއް އޮވެގެން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެކަމަކު، ގާސިމް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކުން އޭނާއާ މެދުގައި އަމަލުކުރީ ވަރަށް ދެރަކޮށެވެ. އެކަމަކު، މި ސަރުކާރުގައި އެކަހަލަ ކަމެއް ދިމާނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު، އެމަނިކުފާނު ރައީސް ކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ގާސިމެވެ. ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީ އެންމެ ފުރަތަމަ ހަވާލު ކުރެއްވީ ވެސް ގާސިމަށެވެ. އެކަމަކު، ކުރިމަތިވެވަޑައިގަތް ފިއްތުންތަކުގެ ސަބަބުން، ނަޝީދުގެ ވެރިކަމަށް 21 ވަނަ ދުވަހު، ގާސިމް މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން، ގާސިމް މަސައްކަތްކުރެއްވީ އޭރުގެ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށެވެ.
އެމްޑީޕީގެ ވެރިކަމަށް ފަހު 2013ގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވީ ވެސް ގާސިމްގެ ތާއީދާ އެކުގަ އެވެ. އޭގެ ފަހުން، ޔާމީނާއި ގާސިމާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ގާސިމް ވަނީ ސަރުކާރާ ފެޔަށް ޖެހިވަޑައިގެންފަ އެވެ. ރިޝްވަތުގެ ކުށުން ކުށްވެރިވެ، ގާސިމަށް ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ ވެސް ޔާމީންގެ ވެރިކަމުގަ އެވެ.
"މުސްކުޅިން ބުނެ އުޅޭ ތިނެތިން އެކަތި އޮވެއޭ ރާވެރިއެއްގެ ދަރިއަކަށް. ކުރީގައި ދެ އެތި ފަހަރު ހިނގައްޖެ. އެކަމަކު މިފަހަރު އެކަހަލަ ނިކަމެތި ކަމެއް (ނުލިބޭނެ). ރާވެރިއެއްގެ ދަރިއަކަށް (ތިނެތިން އެކަތި) އޮންނަ ނަމަ، މި ފަހަރު ސަލާމަތް ވާނެތާ،" މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކުގައި ކަންކަން ކުރައްވާ ބޭފުޅެކެވެ. އެހެންވެ، ޖުމްހޫރީ ޕާޓީ އާއި ރައްޔިތުންނާ ދޭތެރޭ މި ސަރުކާރުން މާ ރަނގަޅުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.
ޖުމްހޫރީ ޕާޓީ ބޮޑުކުރުމަކީ ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު
20 October 2019
ކަލެއަކީގައުމަށްހިދުމަތެއްކޮށްދެވޭނެމީހެއް ނޫން
ޙަމްދާ
20 October 2019
އެންމެންގެ އަތުން ޓެކްސް ނަގައިގެން ޖޭޕީ ބޮޑުކުރެވޭނީ
އާމިރުހޏ
20 October 2019
ގާސިިމާ އެެވެ މީހަށް އަނެކަކު ނިިކަމެޗެއް ނުކުރެވޭނެއެވެ ނަަމަވެސް ފައިސާ ހުއްޓަސް ﷲ އެމީހަކު ނިކަމެތި ކުރައްވާފިނަމަ އެމީހަކު ނިކަމެތިވާނެކަން ގަބޫލް ކުރާށެވެ ނުކަން ވިސްނާށެވެ ތިޔަ ހޭރނީ ނިކަމެތި އިންސާނުން ކައިރީގައެވެ
ވާލުސޮރު
20 October 2019
ގާސިމުނޫންތޯ މިހާރުވެސް ސަރުކާރު ނިކަމެތިކުރަން ފޫގަޅާފަ ތިހުންނެވީ. މަޖުލީހުގަ ސަރުކާރުން ހުށައަޅާ ބިލަކަށް ވޯޓެއްނުދޭ، ޔާމީނުގެ އެންމެން ގެނެސް ޕާޓީ ފުރާލައިފި، މިހާރުވެސް ތިއީ އިދިކޮޅު ލީޑަރުހެން ތި އުޅެނީ. ދެން އަބަދުވެސް ދައްކާނީ ތިމާއަށް އަނިޔާލިބޭ ވާހަކަ ދެރަ ލިބޭ ވާހަކަ، މި ނޫނީ ނޫޅޭނެ ވިކްޓިމް ހެދިގެން އުޅޭ މީހެއް. ގާސިމްގެ ހަޔާތަށް ހަދަންވީ ހިންދީ ޑްރާމާއެއް
ނީރާ
20 October 2019
އެއްވެސް އިރަކު އެމް ޑީ ޕީ ގެ ސަރުކާރަކުން ތިޔަމީހާ ނިކަމެތިކުރާކަށް ކަމެއް ނުކުރޭ. އެފަދަ ކޮންމެ ވަގުތަކު ތިޔަމީހާ ނިކަމެތިކޮށް ހަލާކުކޮށްލަނީ އަތުންފައިން ކަމެއް ނުކޮށް ހިހޫތަނުން ކާންވެގެން ތިޔަމީހާގެ ގާތަށްގޮސް ހުވަފެނުގައި ވެރިކަމުގެ ތަޚުތު ދައްކާހަދާމީހުން. މިހާރު އަދި އެފަދަމީހުން ތިޔަމީހާގެ ގާތުގައި މާގިނަ.
ހުވަދޫ ޑޮކް
20 October 2019
ކުރީގެ ރައީސް މުޙަންމަދު ނަޝީދު ގެ ބާރު މިސަރުކާރުތެރޭ އޮތްހާ ހިނދަކު، ތިޔަ ބުނި ދެރައާއި ހިތާމަތަކާއި ސަރުކާރުތެރެއިން އޮނަރަބަލް ޤާސިމް އިބްރާހިން ބައްދަލު ކުރާނެ!! ތިޔަވިދާޅުވި ގޮތުން މިހާރުވެސް އެބަހީވޭ ތިޔަ ކަހަލަ ވިއްސާރައިގެ ކުލަވަރު ދައްކާފަހެއް ތިޔަ އޮތީ!!
ނަޖްވާ
20 October 2019
މީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ކަތުރު ފަނި ކަމަށް ދެކެނީ! އެއީ، ފެންނަ ފެނުމުގައި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރުމަށް ވުރެ އަމިއްލަ އެދުން އިސްކުރާތަން މި ފެންނަނީ! ހަޤީޤަތުގަ މީނަ ބޭނުންވަނީ ރާއްޖޭގެ ވެރިކަން! އެކަމަކު، މިހާރަކު ހިޔެއް ނުވޭ ރާއްޖޭގެ ވޯޓާސް ޕްރޮފައިލް ހުރި ގޮތުން މީނައަކަށް ވޯޓަކުން ރާއްޖޭގެ ވެރިކަމަށް އާދެވިދާނެއެކޭ!
ކެތްތެރި
20 October 2019
ކިތައްމެ ކެތްތެރިޔަސް މިހާރު ހުވަޔާ ޤާނޫނު އަސާސީއާޚިލާފުވެއްޖެ. އެމްޑީއެމް އަށް އަދި ދީނަށްފުރައްސާރަކުރާމީހުން ބޭނުންގޮތަކަށް ރައްޔަތުންގެ ފައިސާއިން މުސާރަދީފަ ސަރުކާރުގެ މަޤާމުތަކުގަ ބާއިތިއްބާގެން އެއުޅެނީ ޤާސިމްގެ އަންހެނުން ހައްދާގެން ސަރުކާރުން ޤައުމަށް ކިތައްމެ ބޮޑު ޚިޔާނާތެއްވިއަސް ކޯލިޝަން ގެ ބަޔަކަށް ވަޒީފާދީ އަޅުވެތިކޮށްގެން އަގައިން ބުންޏަނުދީ ހިފަހައްޓާގެން އެއުޅެނީ. އަމިއްލަ އެދުމާގެން ފޯވެފަ.
އަލްޖިބްރާ
20 October 2019
ކަލެއަކީ ވަރަށް އަމިއްލައެދުން ބޮޑު މީހެއް ! މީގެ ކުރިން އަންނި ސަރުކާރުގަ ބޮޑުމަޤާމެއް ހަވާލުކުރީމަ ވެސް ފޫކަހާފަ އަމިއްލައަށް ދިޔައީ ކަލޭ ބޭނުންވީ ގޮތަށް ކަންތަށް ނުވާތީ ! ކަލެއަކީ އެއްވެސް ކަމަކަށް ކުފޫ ހަމަވާ މީހެއް ނޫން ! ފާޚާނާ ސާފުކޮށްދޭން ބުނެފާ ކެއްނުވެގެން އަމިއްލައަށް އަރުވާލެވިގެން ހުރީ ކާކުބުނެގެންތަ ؟ ކަލެއަކީ ހަމަ ދެފުއް ކެހެރިއެއް ! ކަލޭ އަދިވެސް މިޤައުމުގެ ވެރިންނާ އިދިކޮޅަށް ނިކުންނާނެ !
އައިސް
20 October 2019
ހަމަޖެހޭ ވާހަކަ ދައްކާ މީހެއް ނޫން.