ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ ފުރާވަޑައިގަންނަވަނީ. --ފޮޓޯ:ރައީސް އޮފީސް
19 އޮކްޓޯބަރ 2019 - 09:56
ރާއްޖެ އަށް އެންމެ ގިނައިން ހިލޭ އެހީދޭ އެއް ގައުމު ކަމަށްވާ ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ ޖަޕާނަށް ފުރާވަޑައިގެންފި އެވެ.
ޖަޕާން ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ޖަޕާނުގެ އާ އެންޕެރާ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ވެސް ޖަޕާނުން ރާއްޖެ އަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް ރައީސް މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެ އެވެ. އެގޮތުން ޖަޕާން ސަރުކާރުގެ އިސްފަރާތްތަކާއި އަމިއްލަ ބައެއް ޖަމުއިއްޔާތަކާ އަދި ކުންފުނިތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އާއި ޖަޕާނަކީ ބައިނަލްއަގުވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ގައުމެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ނޮވެންބަރު 14، 1967 ގަ އެވެ.
ރާއްޖޭގެ ތަރައްގީގެ ގިނަ ކުރިއެރުންތަކުގައި ޖަޕާނުގެ ހިއްސާ ވަރަށް ބޮޑެވެ. ރާއްޖޭގެ އުމްރާނީ، އިޖުތިމާއީ އަދި އިންސާނީ ވަސީލަތްތައް ބިނާ ކުރުމަށް ޖަޕާނުން ގިނަ އެހީތަކެއްވެފައިވެ އެވެ. ގިނަ ސުކޫލުތަކަކާއި ބަނދަރުތަކެއް އެ ގައުމުގެ ހިލޭ އެހީގެ ދަށުން ވަނީ ހަދައިފަ އެވެ. އަދި މަސްވެރިކަމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގައިވެސް ޖަޕާނުގެ ހިއްސާ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ
20 October 2019
އެންމެ ގިނައިން ދަތުރުކުރެއްވި ރައީސ
ޑރފަލަޑޭ
20 October 2019
ވިސާނެތި ދެވޭގޮތަށް ހަދާދީބަލަ!
އަލީމްބެ
19 October 2019
ޖަޕާން ރައްޔިތުންނަކީ ދިވެހިރާޢްޖެ އަންނަހިތްވާ ރަނގަޅު ތަރުބިއްޔަތު ލިބިފައިވާ ބައެއް. ތިދަތުރުގެ ސަބަބުން ދިވެހިންނާޢި ޖަޕާނު ރައްޔިތުންނާ ސަގާފީ ގޮތުން އިތުރަށް ގުޅިލާމެހިގެންދާނެގޮތެއްވުންވަރަށް ރަނގަޅު. ހާއްސަކޮށް ޖަޕާން އަންހެނުންނަށް ދިވެހިންނާ ކައިވެނިކުރެވޭނެގޮތްވުން.
ރާއްޖެ
19 October 2019
މި ފަހަރު އަރިހުގަ ކިތައްބޯ ގެންދިޔަ؟
އޮނަރަބްލް އަފީފު ދީދީ
19 October 2019
ޖެޕާން ދަރުރަށްފަހު ސައުތު ކޮރެޔާއަށް ދުތުރުފުޅެއް ކުރައްވާ ރާއްޖޭގެ އުތުރާއި ދެކުނުގައި އެންމެ ޒަމާނީ ޓާޝަރީ ހޮސްޕިޓަލް އެޅުމަށާއި ޓެލެކޮމިއުނިކޭޝަން ދާއިރާއިން އިންވެސްޓްކޮށް އިންޓަރނެޓްގެ ހިދުމަތް ދިނުމަށާއި ހަނިމާދުއާއި ކުޅުދުއްފުށި، ލާމް އަތޮޅާއި ފުވައްމުލަށް އަދި އައްޑޫ ސިޓީގައި ހައުސިންގ ސްކީމަށް އިންވެސްޓް ކުރުމުގެ ފުރުސަތާއި ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތަށް އިންވެސްޓް ކުރާން ޖާގަ ދެއްވާނެކަމަށް އިއުލާން ކުރައްވާ.
ޢެހެންތަ ހީވަނީ
19 October 2019
ވޭނެއްނުން ދައުރު ނިމެންދެން ނިދައިބަލަ 4އަހަރު ފަހުން ހޭލަން ތިހާވަރަށް ކަންކަމަށް އުއްމީދު ނުކޮއް
ބަޖޭ
19 October 2019
ބަޖެޓް ހުސްނުވަނީ ދޯ އަދި
ބާދަގަނޑަށް
19 October 2019
ޖަޕާނުން ބަލައި އެދިއައީ އަންނާނީ ހުސްއަތާ
ބަސް
19 October 2019
ކޮންއިރަކު ޗައިނާއަށް ދަނީ؟ ޗައިނާ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު. އިންޑިއާ ފުއްދުން ލަސް ނުވަތަ ނުފުއްދާ ވައުދުތައްވާނެ. ރައްޔިތުން އިންޑިއާއާދޭތެރޭ ނުރުހުން ފާޅުކުރަނީ މިހެންވެ. ޗައިނާއިން ކަމެއްކުރަން އެއްބަސްވުމާއެކު އެކަން ފަށާނެ.
ޖަޕާން އޯކޭ
19 October 2019
ދަތުރު ބަޖެޓް ހުސްވިވާހަކަ ނޫސްތަކުން ފެނުނު. ބަޖެޓް ހަމަޖެހުނީ ޖަޕާނު މަނަވަރުން ގެނައީތޯ ފައިސާ. މުޅިގައުމު އިންޑިޔާއަށް ހިބަކޮށްދީފަ ދެންކޯންޗެ އޮތީ ޖަޕާނުންދޭ އެހީއެއްގެ ބަދަލުގަދޭން.. ހުސް ހިލޭ އެހީގަ އިންޑިޔާއަށް ދިން އުތުރުތިލަފަޅާ އައްޑޫގެ މިލަޓަރީބޭސް ލގަ ހެލިކޮޕްޓަރެ އައްޑޫގަ ހެލިކޮޕްޓަރެ މިތަންތަނުގަތިބި އިންޑިޔާސިފައިންގެ އަދަދު ރައްޔިތުންނަނަކަށްނޭގޭ. ރައްޔިތުން ކަންބޮޑުވިޔަސް ނުވާބަޔަކުއެބަތިބި މިސަރުކާރަށް ސަނާކިޔުމުގަ
އަލީ!
19 October 2019
ޖަޕާނަކީ ވަރަށް ކުރީއްސުރެން ރާއްޖެއަށް ހިލޭ އެހީ ދޭ ޤައުމެއް. ޖަޕާނު ސަރުކާރު ހިލޭހެހީގަ މާލެ ވަށާ ބޮޑުގާ ޖެހީވެސް، މަގުތަށްވެސް އޭރުހެދީ.
އޮނަރަބްލް އަފީފު ދީދީ
19 October 2019
ރައީސްގެ ޖެޕާންދަތުރުފުޅުގައި "ސަލާންޖެއްސެވުމުގެ ބަދަލުގައި" ދެފަރާތުގެމަސްލަހަތުހުރި އިޤްތިސޯދީބައިވެރިއެއްކަމުގައިވެ ރާއްޖޭގެ އިޤްތިސޯދީ ތަރައްޤީގެހިއްސާގައިބައިވެރިވުމަށް "ޖެޕާނުސަރުކާރާއި ވިޔަފާރިވެރިންނަށް" އާދޭސްދަންނަވާ. # ޤައުމީ އެއަރލައިންއާއި ހަނިމާދޫ އަދި ގޭން އެއަރޕޯޓަށް އިންވެސްޓްކޮށް ހިއްސާގަތުމުގެ ފުރުސަތު ޖަޕާން ސަރުކާރު ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާފައިވާކަމަށް ވިދާލުވެދެއްވާ.