މިސްކިތަށް ދިން ހަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދޭން ގެންދަނީ. --ފޮޓޯ:އީޕީއޭ
19 އޮކްޓޯބަރ 2019 - 12:52
ކާބުލް (އޮކްޓޯބަރު 19) - އަފްޣާނިސްތާނުގެ އިރުމަތީގެ ނަންގަހާރް ޕްރޮވިންސްގައި އިއްޔެގެ ހުކުރު ވަގުތު މިސްކިތުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފި އެވެ.
ބޮމުގެ ހަމަލާގެ ބާރުގަދަވުމުގެ ސަބަބުން މިސްކިތުގެ ފުރާޅު ވެސް ވަނީ ހަލާކުވެފަ އެވެ. ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. ތާލިބާނުން ބުނެފައި ވަނީ އެއީ އެ މީހުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފަ އެވެ.
ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާން އަތާއުﷲ ޚޯގްޔާނީ ވިދާޅުވީ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 36 އަށް އަރާ ކަމަށެވެ.
"އެއީ ހިތް ހަލާކުވާފަދަ މަންޒަރެއް،" ހަމަލާގެ މަންޒަރު ދުށް މީހެއް ކަމަށްވާ މާލިކް މުހައްމަދު ގުލް ޝިންވާރީ ބުންޏެވެ.
ޕްރޮވިންސް ކައުންސިލްގެ މެންބަރެއް ކަމަށްވާ ސޮހްރާބު ގަދަރީ ވިދާޅުވީ މިސްކިތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުން މީހުން ފެންނަމުންދާތީ، މަރުވި މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިސްކިތުގައި ބޮމުގެ ހަމަލާ ދިން އިރު އދ. އިން ބުނެފައި ވަނީ މިދިޔަ ޖުލައިން ސެޕްޓެމްބަރުގެ ނިޔަލަށް އަފްޣާނިސްތާނުގައި ދިން ހަމަލާތަކުގައި އާއްމުންގެ 1،174 މީހުން މަރުވެފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
19 October 2019
ނިޔާވި އެންމެންނަށް ސުވަރުގޭގެދާއިމީ ނިއުމަތްލައްވާށި އާމީން
ހިތްހަލާލު
19 October 2019
މަންޒަރުފެންނަނީ ދިވެހި މުޖުތަމައުވެސް މިސްރާބު މިދިމާލަށް އެނބުރޭތަން، ހުރި ހިތާމައެއްގަ ބޮޑުކަމާއެވެ.
ބަބުރުކަލޯ
19 October 2019
ބޯހަލާކު.